އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި ޖެހުމުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ކުރިމަތިލުން

އަލްޒައިމާ ބަލި ޖެހުމުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ކުރިމަތިލުން

alzheimer-kurimathilun
* ދިގުމުއްދަތަކަށް ބަލީގައި އުޅެންޖެހުމުން ކުރިމަތިވެދާނެ ކަންތައްތައް
* ސްޓްރެސްގެ ސަބަބުން އަލްޒައިމާ ބައްޔަށް އަސަރުކުރަނީ ކިހިނެއް؟
* ދިރިއުޅުން ހަމައަކަށް އެޅުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

އަހެރެމެންނަށް އަރިދަފުސް ރޯގާ ފަދަ ބައްޔެއް ޖެހުމުން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ރަގަޅުވާނެކަން އެގެއެވެ. އެކަމަކު އަލްޒައިމާ ބަލި މިއާމުޅިން ތަފާތެވެ. މުޅިން ރަގަޅުނުވާ މިބަލީގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުމަށް ހީނުކުރާ ފަދަ ބޮޑެތި ބަދަލުތައް ގެނުވައެވެ.

ދިގުމުއްދަތަކަށް ބަލީގައި އުޅެން ޖެހުމުން ކުރިމަތިވެދާނެ ކަންތައްތައް

އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް އާންމުގޮތެއްގައި އާދަޔާ ޚިލާފަށް ވަރުބަލިކަން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިން އަމިއްލައަށް ކުރަމުންއައި ކަންތައްތައް ކުރަން ނުކުޅެދޭގޮތް ވެއެވެ. ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކުގެ ސަބަބުން، މީހާގެ އުޅުމާއި، ފެންނަ ފެނުމަށް ބަދަލު އައިސް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ދިރިއުޅުމާއި މެދު މާޔޫސްވެވޭގޮތް ވެއެވެ.

ތިމާގެ އަމިއްލަ ނަފްސު ރަގަޅުނޫންކަން އިހްސާސްވާން ފެށުމުން އެހެންމީހުންނާއި، ވަކިން އެކަނި ވަގުތުތައް ހޭދަކުރަން ބޭނުންވެއެވެ. އާއިލީ އަދި އިޖްތިމާޢީ އެއްވުންތަކުން އެއްކިބާވެ، އެކަހެރިގޮތުގައި ވަގުތުތައް ހޭދަކުރެވެން ފަށައެވެ. ކުރިންވެސް ބަޔާން ކުރެވިފައިވާ ފަދައިން ކުއްލި ކުއްލިއަށް މިޒާޖަށް ބަދަލު އައުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. މިސާލަކަށް ކުއްލިއަކަށް ރުޅިއައިސްފައި އޭގެ އިރުކޮޅެއް ފަހުން އުފާވެ، ހަމަޖެހިފައި ހުރެދާނެ އެވެ. ނޫނީ ހާސްވެ ކަންބޮޑުވެފައި ހުރެދާނެ އެވެ. ހިތްހަމަ ނުޖެހުމާއި، އެކަހެރިކަން، އަދި ކަންކަމާއި، ޚިޔާލުތަފާތުވެ، މީހުންނާއި، މެދު ހިތް ޝައްކުވެފައި ހުރެވުމަކީ ވަރަށް އާންމު ކަންތައްތަކެވެ.

ބަލިޖެހުމުން ތިމާގެ ބައިވެރިޔާ، އާއިލީމީހުން، އަދި ޞިއްޙީ ލަފާދޭ މީހުންގެ އެހީ ވަރަށްބޮޑަށް ބޭނުންވެއެވެ. ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ކުރިމަތިވާ ހިތްހަމަ ނުޖެހުން ކުޑަކުރުމަށް އެކުގައިއުޅޭ މީހުންގެ އެހީއާއި، އެއްބާރުލުމަކީ ވަރަށް މުހިއްމު އެއްޗެކެވެ.

ސްޓްރެސްގެ ސަބަބުން އަލްޒައިމާ ބައްޔަށް އަސަރު ކުރަނީ ކިހިނެއް؟

ސްޓްރެސް އިތުރުވުމަކީ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް އެކަމުގެ އަސަރު ފޯރާނެ ކަމެކެވެ. ދިގުމުއްދަތަކަށް ސްޓްރެސްގައި އުޅެން ޖެހިއްޖެނަމަ ނުތަނަވަސްކަމާއި، ހިތްހަމަ ނުޖެހުން، ނާއުއްމީދާއި، ހާސްވެ، ކަންބޮޑުވުން ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ. މިބުނި ހުރިހާ ކަންތައްތަކެއްގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ އަލްޒައިމާ ބަލީގެ ޙާލަތު އިތުރަށް ނުރައްކާވެގެން ދިއުމެވެ. ބަލީގެ އުދަގޫތައް ފޯރަނީ ހަމައެކަނި ބަލިޖެހިފައިވާ މީހާކާއަށް އެކަންޏެއްނޫނެވެ. އަދިކިއެއްތަ، އޭގެ އުދަގޫ އޭނާގެ އާއިލާގެ މެންބަރުންނާއި، އެކީގައި އުޅޭ މީހުންނަށް ވެސް ފޯރައެވެ.

އަލްޒައިމާ ބަލި ޖެހުމުން ދިރިއުޅުން ހަމައަކަށް އެޅުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

- ވީވަރަކުން ބައްޔާއި ބެހޭ މައުލޫމާތު ހޯދައި އެއްކުރާށެވެ. އާއިލާގެ މެންބަރުންނާއި، ތިމާގެމީހުން އަދި ރައްޓަހިންނާއި، ބައްޔާއި ގުޅޭގޮތުން ވާހަކަ ދައްކާށެވެ. އެހެން މީހުންނާއި އެކަހެރި ނުވާށެވެ. އެހެނީ އެހެން މީހުންގެ އެހީތެރިކަމަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

- ކުރަން ބޭނުންވާ ކުރާހިތްވާ ކަންތައްތައް ކުރާށެވެ. މިސާލަކަށް ޓީވީ ބަލާހިތްވުމުން އެބަލާހިތްވި، ޕްރޮގްރާމެއް ބަލާލާށެވެ. ނުވަތަ ވާހަކަ ފޮތެއް މަޖައްލާއެއް ފަދަ އެއްޗެއް ކިޔަން ބޭނުންވުމުން ކިޔާލާށެވެ.

- ޑޮކްޓަރުންނާއި، ނަރުހުން އަދި އެހެނިހެން ޞިއްޙީ ލަފާދޭ މީހުންގެ ކައިރީގައި ބޭނުންވާ ސުވާލެއް އަހަން ފަސްނުޖެހޭށެވެ. އެމީހުންނަކީ އަބަދުވެސް ތިބާގެ ޚިދުމަތުގެ ތިބި ބައެއް ކަމުގައި ދެކޭށެވެ.

- އަލްޒައިމާ ބައްޔަށް އެހީ ލިބޭނެ ވަޞީލަތެއް މުޖުތަމައުގައި ވާނަމަ އެވަޞީލަތެއްގެ ބޭނުން ހިފާށެވެ. މިސާލަކަށް ކައުންސިލިންގ ދޭ ފަރާތްތައް، ނުވަތަ ބައްޔާއި ބެހޭ މައުލޫމާތުދޭ ފަރާތްތަކާއި ބައްދަލުކޮށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދިދާނެއެވެ.

- ސްޓްރެސް އާއި އެކު އުޅެން ދަސްކުރާށެވެ. އަދި ސްޓްރެސް ވީވަރަކުން ކުޑަކުރެވޭތޯ ބަލާށެވެ. ދުވާލުގެ ވަގުތުތައް ސްޓްރެސް ކުޑަކުރުމަށްޓަކައި ވަކިގޮތަކަށް ރާވާލައިގެން އެގޮތުގެ މަތީން ކަންތައްތައް ކޮށް ނިންމިދާނެއެވެ. ސްޓްރެސް އަކީ ބަލީގެ ނުރައްކާތެރިކަމާއި، ޙާލަތު އިތުރަށް ގޯސްކުރުވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.