ބުދަ20201118

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: އެޖިޓޭޝަން އަށް ފަރުވާކުރުން

އަލްޒައިމާ ބަލި: އެޖިޓޭޝަން އަށް ފަރުވާކުރުން

alzheimer-agitationއެޖިޓޭޝަން އަށް ފަރުވާކުރުން

އެޖިޓޭޝަން(Agitation) ގެ މާނައަކީ ސުލޫކް އެވެ. އެހެންގޮތަކަށް ބުނާނަމަ މީހާގެ އަމަލުތައް ހުންނަ ގޮތެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ އަލްޒައިމާ ބައްޔާއި ގުޅިގެން މީހާގެ އުޅުމާއި، ސްލޫކަށް އަންނަ ބައެއް ކަހަލަ ބަދަލުތަކެވެ. މިސާލަކަށް ހަޅޭލެވުން، ހަރުއަޑުން ވާހަކަ ދެއްކުން، މީހުންނާއި ދިމާލަށް ރުޅިއައިސްގެން އެއްޗެތި ގޮވުން، ކަމަކާއި ރުޅިއައިސްގެން ޝަކުވާކުރުން، ދާނެ ދިމާލެއް ނޭގި ދެކޮޅަށް ހިގައިހިގައި ހުރުން، ތިމާ އުޅެބޮޑުވި ހިސާބުގައި ތިމާއުޅޭ ގެއަށް ދާންނޭގި ގެއްލިގެން އުޅުން، ހާސްވެ ކަންބޮޑުވުން، އަސްލެއް ނެތި މީހަކާއި މެދު ޝައްކުކޮށް އެމީހަކު ދެކެ ބިރުގަނެގެން އުޅުން، ވުޖޫދުނުވާ ތަކެތި ފެނުން، ވުޖޫދު ނުވާ އަޑުއަޑު އިވުން، އަދި މިނޫނަސް ތަފާތު ކަންތައްތައް ހިމެނެއެވެ.

މިކަންތައްތަކުގެ ސަބަބުން ދިރިއުޅުމުގައި އުދަގޫތަކާއި، ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު އެއްކޮށްއުޅޭމީހުންނަށް ވެސް ބަލިމީހާގެ ކިބައިން ފެންނަ މިފަދަ އާދަތަކުގެ ސަބަބުން ކޮންމެވެސް މިންވަރެއްގެ ހިތްހަމަނުޖެހުމެއް ގެނެސްދެއެވެ.

މާބޮޑަށް ބިރުގަތުން، މާބޮޑަށް ވަރުބަލިވުން، އުޅޭ ވެއްޓަށް ބަދަލުއައުން، އިންފެކްޝަން އަށް ހުށަހެޅުން، އަދި އެހެން ބައެއް ޞިއްޙީ މައްސަލަތަކުގެ ސަބަބުން ވެސް ބަލިމީހާގެ ސްލޫކަށް އަންނަ މިކަހަލަ ބަދަލުތައް އިތުރުކޮށް، އޭގެ ޙާލަތު ނުރައްކާތެރި ކުރުވައެވެ.

އެޖިޓޭޝަން އަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

- އެންޓިސައިކޯޓިކްސް: މިއީ ކަމަކާމެދު ގޮތެއް ކަނޑައަޅަން ނޭގި އަރައިރުންވުން، އަދި އަސްލެއް ނެތި މީހަކު ދެކެ ބިރުގަނެގެން އުޅުން ފަދަ ކަންކަމަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ ބޭސްތަކަކަށް ކިޔާނަމެކެވެ.

މިބޭސްތަކުގެ ސަބަބުން ތާއްޔަށް ޖެހުން، އަދި އާދަޔާ ޚިލާފް ހަރަކާތްތައް ކުރެވުން ފަދަ ނުރަގަޅު އަސަރު ތައް މެދުވެރިވެދާނެ އެވެ.

- އެންޓިޑިޕްރެސެންޓް: މިއީ ހާސްވެ ކަންބޮޑުވުން ފަދަ ޙާލަތްތަކަށް ފަރުވާކުރުމަށް ދީއުޅޭ ބޭހެކެވެ. މިބޭސް ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރުތަކުގެ ތެރޭގައި ތާއްޔަށް ޖެހުން، ހިތްހަމަ ނުޖެހުން، އަނގަތެރެ ހިކުން، އަދި ބަނޑުހިކުން ފަދަ މައްސަލަތައް ހިމެނެއެވެ.

- އެންޓި އެންޒައެޓީ ޑްރަގްސް: މިބޭސްތަކުގެ ސަބަބުން ތާއްޔަށް ޖެހުން މެދުވެރިކުރުމަކީ ގާތްކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.