އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ޑައުން ސިންޑްރޯމް އަދި އަލްޒައިމާ ބަލި

ޑައުން ސިންޑްރޯމް އަދި އަލްޒައިމާ ބަލި

alzheimer-down-syndromeއުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ޞިއްޙީ މައްސަލަތައް ފެންމަތިވަމުން އާދެއެވެ. ނަމަވެސް މި މައްސަލަތަކަކީ ގިނަފަހަރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މުސްކުޅިވަމުން އަންނަ މީހުންނަށް ވެސް ދިމާވެދާނެ ކަންކަމެވެ. ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ 21 ނަންބަރު ކްރޮމޯސޯމްގެ އިތުރު ކޮޕީއެއް އިނުމުގެ ސަބަބުން އެމީހުންގެ ދިފާޢީ ނިޒާމްގައި އައިބުތައް އުފެދުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެ ނަމަ ތަފާތު ބަލިތަކަށް ފަސޭހަކަމާއި އެކު ހުށަހެޅޭގޮތް ވެއެވެ.

މިގޮތުން ލޭގެ ކެންސަރު، ވާގިއެރުން، ނުވަތަ ފިޓް ޖެހުން، ލޯފުސްވުން، ހިތުގެ މައްސަލަތަކާއި، ނޭވާލުމުގެ މައްސަލަތައް މެދުވެރި ކުރުވައެވެ.

ޑައުން ސިންޑްރޯމްގެ އަހުލުވެރިން މާއަވަހަށް މުސްކުޅިވާކަން ފާހަގަކުރެވެއެވެ. އެހެން ކަމުން އަލްޒައިމާ ބަލި ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. އާންމުގޮތެއްގައި މިބަލި ޖެހިފައި ތިބޭމީހުންގެ އުމުރުން 30 ނުވަތަ 40 ގެ އަހަރު ތަކުގެ ތެރޭގައި އަލްޒައިމާ ބަލީގެ އުދަގޫތައް ފޯރަންފަށާ ކަމަށްވަނީ އެގިފައެވެ. އާންމު އާބާދީގެ ތެރޭގައި ހިމެނޭ މީހުންނަށް އުމުރުން 65 އަހަރު ވުމުގެ ކުރިން އަލްޒައިމާ ބަލި ކުރިމަތި ވުމަކީ ނާދިރު ކަމެއް ކަމުގައި ބުނެވެއެވެ.

ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުން އެބަލީގެ އަލާމާތްތައް ފެންނަގޮތް ނުވަތަ ކުރިމަތިވާގޮތް އާދައިގެ މީހުންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުން ފެންނަގޮތާއި، ތަފާތު ކަމެއް ހުންނަކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. މިސާލަކަށް އަލްޒައިމާ ބަލީގެ ކުރީކޮޅު ދިމާވާ ''ހަދާން ނެތުން'' ފަދަ ކަންތައްތައް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ކުރީކޮޅު ކުރިމަތިވާކަން ފާހަގަ ވެފައެއް ނުވެއެވެ.

އަދި ހަމަމިހެން އާންމުކޮށް ފެންނަ ހުރިހާ އުދަގޫތައް ކުރިމަތި ނުވެވެސް ހިގައިދާނެ އެވެ. އާންމު ދިރިއުޅުމުގައި ހުންނަ ބައެއް ކަންތައްތަކަށް ބަދަލު އައިސް، ފިޓް ޖެހުން ފަދަ ކަންތައްތައް ކުރިމަތިވާން ފަށައެވެ. މީގެ އިތުރުން ވިސްނުމަށް ބަދަލު އައުން، ކަންކަމަށް ނިޔާކަނޑައަޅަން ނޭގުން، ފަދަ ކަންތައްތައް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުން މެދުވެރި ކުރުވައެވެ.

ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ މެދުގައި އަލްޒައިމާ ބަލި އާންމުވެފައިވަނީ ކިހާ މިންވަރަކަށް؟

ތަފާތު ހިސާބުތައް ލަފާކުރާގޮތުން ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ ތެރެއިން %25 މީހުންނަށް އުމުރުން 35 އަހަރު ވުމަށްފަހު އަލްޒައިމާ ބަލީގެ އުދަގޫތައް ފެންނަށް ފަށައެވެ. އުމުރުން ދުވަސްވާ ވަރަކަށް މިނިސްބަތް އިތުރުކުރުވައެވެ. ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް އަލްޒައިމާ ބަލި ޖެހުމުގެ ފުރުސަތު 5 ގުނަ އިތުރުކަމަށް ބުނެވެއެވެ.

ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް އަލްޒައިމާ ބަލި ޖެހެނީ ކީއްވެ؟

ފަހުގެ ދިރާސާތައް ދައްކާގޮތުން ޑައުން ސިންޑްރޯމް އަހުލުވެރިންގެ ހަށިގަނޑުގައި އިތުރު ކްރޮމޯސޯމް އެއް އިނުމަކީ ފަހަރުގައި އަލްޒައިމާ ބަލި މެދުވެރިކުރުވުމުގެ ސަބަބަކަށް ވެދާނެ އެވެ. އަދި ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް މާއަވަހަށް މުސްކުޅިވުން ކުރިމަތިވުން މިއީ ވެސް އަލްޒައިމާ ބަލި ޖެހުމުގެ ސަބަބެއް ކަމަށް ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.