ހުކުރު20201016

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ދަތުގައި ކޮބަޑިޖެހުމުން ދުރުވާނީ ކިހިނެއް؟

ދަތުގައި ކޮބަޑިޖެހުމުން ދުރުވާނީ ކިހިނެއް؟

dhaiކޮބަޑި ނުވަތަ ޕްލޭގް އަކީ، ދަތުގެ ބޭރުގައި، އުފެދޭ، ބެކްޓީރިޔާގެ ފަށަލައެކެވެ. މިއީ ތަތްކަން ހުންނަ ފަށަލައެކެވެ. މިކަމުގެ ސަބަބުން، ދަތުގައި ދޫޖެހޭއިރު، އަޅައިގަންނަގޮތް އިޙްސާސްވާނެއެވެ. ދަތްނޫނގުޅާ ގިނަ އިރު ހުރުމުން މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ.

ކޮބަޑި އުފެދެނީ ކިހިނެއް؟ އަދި އެއީ ނުރައްކާތެރިކަމަކަށްވަނީ ކީއްވެ؟

ކޮބަޑި އުފެދެނީ، ކިރާއި، ކޭކާއި މެޓާފަދަ ކާބޯހައިޑްރޭޓްސް( ހަކުރާއި ސްޓާޗު ) ހިމެނޭ އެއްޗެހި ކައިފައި ދަތް ސާފުނުކޮށް ބެހެއްޓުމުންނެވެ. އަނގައިގައި އުޅޭ ބެކްޓީރިޔާ މިމާއްދާތަކުގެ ބޭނުންކުރުމުގެ ސަބަބުން، އެސިޑް އުފައްދައެވެ. މިއެސިޑްތަކުގެ ސަބަބުން، ދަތުގެ އިނޭމްލް ބައި ހަލާކުކޮށްލައެވެ. އިނޭމްލް ބައި ހަލާކުވުމުން ދިމާވާ ކަމަކީ ދަތްފަނި ކެއުމޭ (Tooth decay  ) އަޅުގަނޑުމެން މިކިޔާ ކަންތަކެވެ.

ހިރުގަނޑުގެތެރެއަށް ފައިބާފައި ހުންނަ، ދަތުގެ ބުޑުގައިވެސް، ކޮބަޑި ޖަހާފާނެއެވެ. މިކަމުގެ ސަބަބުން، ދަތް ހިފަހައްޓައިދޭ ކަށިކޮޅު ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮބަޑިޖެހުން ހުއްޓުވާނީ ކިހިނެއް؟

dhai2- ކޮންމެ ދުވަހަކުވެސް، އެންމެ މަދުވެގެން ދެފަހަރު ދަތް އުނގުޅާށެވެ. ދަތް އުނގުޅާއިރު، ހިރުގަނޑާއި ދަތް ބައްދަލުވާ ހިސާބު ސާފުކުރުމަށް ވަކިން ޚާއްޞަ ސަމާލުކަމެއްދޭށެވެ. މިކަމަށް ބޭނުންކުރާ ބުރުހުގެ ދަތްތައް މަޑުވިވަރެއް ރަނގަޅުވާނެއެވެ. އަދި ފްލޮރައިޑް އެކުލެވޭ ދަތް އުނގުޅާ ބޭސް ބޭނުންކުރާށެވެ.

- ދަތްސާފުކުރާރޮދި ބޭނުންކޮށްގެން، އެންމެ މަދުވެގެން ކޮންމެ ދުވަހަކު އެއްފަހަރު، ބެކްޓީރިޔާއާއި، ކާއެއްޗެހީގެ އެތިކޮޅުކޮޅުތައް ދުއްވާލުމަށް، ދަތްތަކުގެ ދޭތެރެތައް ސާފުކުރާށެވެ

- ދަތުގެ ސަލާމަތާއި ޞިއްޙަތާއިމެދު ޔަޤީންކަން ހޯދުމަށްޓަކައި، ކޮންމެ 6 މަހުން އެއްމަހު، ދަތުގެ ޑޮކްޓަރަށް ޒިޔާރަތްކުރާށެވެ

- ދަތުގެ ޑޮކްޓަރ ގާތު އަހައިގެން، ތިބާއަށް، ޑެންޓަލް ސީލަންޓްއެއް( Sealant) ބޭނުންވޭތޯ ބަލާށެވެ. ސީލަންޓްއަކީ، ފަނިކެއުންފަަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ކާއެއްޗެހި ހެފުމަށް ދަތުން ބޭނުންކުރެވޭ ބައިގައި އަޅާ، ތުނިތުނި ޕްލާސްޓިކް ކޯޓެކެވެ.

- ކާއިރު، ކާނާގެ ބައިތައް ހަމަހަމައަށް ހިމެނޭ ( ބެލެންސް ޑައިޓެއް ) ކެއުމެއް ކާށެވެ. އަދި މައިގަނޑުކެއުންތަކުގެ އިތުރަށް، ދޭތެރެ މެދުތަކުގައި ކާކެއުން މަދުކުރާށެވެ. ދެކެއުން ދޭތެރޭގައި އެއްޗެއްކާނަމަވެސް، އެއީ ފައިދާހުރި އެއްޗަކަށް ހަދާށެވެ. އެގޮތުން ޚާލިޞް ޔޯގަޓާއި، ޗީޒްއާއި، މޭވާއާއި، ރޯތަރުކާރީ އިޚްތިޔާރުކުރެވިދާނެއެވެ. ތަރުކާރީއަކީ، އަނގައިގެތެރޭގައި ބާކީވެފައި ހުންނަ ކާއެތިކޮޅުކޮޅު ދަތުން ނައްޓާލަދިނުމަށް އެހީތެރިވެދެއެވެ. އަދި ޕްލޭގް އުފެދުމަށް މެދުވެރިކާ އެސިޑްތަކުގެ ބާރުކަނޑުވާލަދިނުމަށް، ތަރުކާރީން ކުޅަށްވެސް އެހީތެރިވެދެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.