Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ޖެނިޓަލް ވޯރޓްސް

ޖެނިޓަލް ވޯރޓްސް

std-h-p-v

ޖެނިޓަލް ވޯރޓްސް އަކީ ކޮބާ؟

މިއީ ހިއުމަން ޕެޕިލޯމާ ވައިރަސ(Human Papilloma virus)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި ޖިންސީގުޅުން ހިންގުމުންނެވެ. މިބަލި ޖެހުމުން އޭގެ އަލާމާތްތައް ގިނަ ފަހަރު ނުފެނި ދެއެވެ. ނަތީޖާއެއްގެ ގޮތުން ބަލިހުރެ، އެކަންނޭގި، އެހެންމީހުންނަށް ޖިންސީ ގުޅުމުގެ ޒަރީއާއިން ބަލި އެރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އަލާމާތްތައް ފެންނަނަމަ ބަލިޖެހިފައިވާ މީހާއާއި ޖިންސީ ގުޅުން ހިންގާތާ ދެތިން ހަތަރު ހަފްތާގެ ތެރޭގައި އަލާމާތްތައް ފެންނާނެ އެވެ.

ޖެނިޓަލް ވޯރޓްސް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ ؟

ބަލި ޖެހުމުން ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބުތަކުގައި އުންތަކެއް ހެންހުންނަ ހަންކޮޅުތަކެއް އުފެދެއެވެ. އާންމުގޮތެއްގައި މިހަންކޮޅުތައް އުފެދެނީ ފުރަގަސްފަރާތް އަދި ޖިންސީ ގުނަވަން ފަދަ ހޫނު ތެތްކަން އެކުލެވޭ ހިސާބުތަކުގައެވެ. މިބުނި ހަންކޮޅުތައް އެންމެ ހަންކޮޅެއް ނުވަތަ ބައިވަރު ހަންކޮޅުތަކެއްގެ ސިފައިގައި ވެސް ފާޅުވެދާނެއެވެ. ކުދިކުދި ކޮށް ނުވަތަ ބޮޑުކޮށް ހުރުމަކީ ވެސް ވެދާނެގޮތެކެވެ. ހަމަމިހެން ބައެއް ފަހަރު ''ކޮލިފްލާވަރ''ގެ ސިފަޔަށް ވެސް މިބުނި ހަންކޮޅުތައް އުފެދިފައި ހުރެއެވެ. އުންތަކެއް ހެން އުފުލިފައި ހުންނަ މިހަންކޮޅުތަކުގެ ސަތަހަ ހުންނަނީ މަޑުރަތްކުލައިގައެވެ. ފަސޭހަ ކަމާއި މިބުނި ހަންކޮޅު ތަކުން ލޭހިލޭގޮތް ވެއެވެ.

މިބަލި ޖެހުމަކީ އަންހެނުންގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.

ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވާނީ ކިހިނެއް؟

އަންނަނިވި ކަންތައްތަކަކީ ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

Comments