ހުކުރު20201120

އާކުރެވުނީ: 08:43:52

ޖެނިޓަލް ހާރޕީޒް(Genital herpes)

std-herpes

ޖެނިޓަލް ހާރޕީޒް އަކީ ކޮބާ؟

މިއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސްގެ ދެވައްތަރެއް ވެއެވެ. އާންމުކޮށް މިބަލި ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސްގެ ސަބަބުންނެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި އެއްވެސް ސިފައެއްގައި ޖިންސީގުޅުން ހިންގުމުންނެވެ. އަންހެނުންނަަށް މިބަލި ޖެހޭ ނިސްބަތް އިތުރުކަމަށް ވެސް ފާހަގަކުރެވިފައި ވެއެވެ.

ޖެނިޓަލް ހާރޕީޒް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

ބަލިޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، އުނަގަނޑު މައްޗަށް ތަދުވުން، ވަރުބަލިވުން، ހަށިގަނޑުގެ އެކިއެކި ހިސާބު ތަކުގައި ގޮށްލުން، އަދި ޖިންސީގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބުގައި ހިރުވައި ފޮޅު ނެގުން، ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު މިފޮޅުތައް ފަޅައިގެން ދިއުމުން ފާރުވެ، ކުޑަކަމުދާއިރު ރިއްސާ ތަދުވާގޮތް ވެއެވެ.

އަންހެނުންނަށް މިބަލި ޖެހުމުން ފަރުޖުން ނުބައިވަސް ހުންނަ ދިޔައެއް ބޭރުވެއެވެ. މާބަނޑުވެފައިވާ މީހަކަށް މިބަލި ޖެހިއްޖެނަމަ ރަހިމުގެ ކަރަށް ބަލީގެ އަސަރު ފޯރުމުން ރަހިމުގައިވާ ކުޑަދަރިފުޅަށް އޭގެ އަސަރު ފޯރައި ބައިގެން ދިއުން ފަދަކަމެއް މެދުވެރިވުމަކީ ވެސް ގާތްކަމެކެވެ.

ފިރިހެނުންނަށް އާންމުކޮށް މިބަލީގެ އަސަރު ފޯރަނީ ފިރިހެން ހަށި އަދި އޭގެ ބޯކޮޅަށެވެ. ބައެއްފަހަރު ކުޑަކަމުދާ ހޮޅިއަށް ބަލީގެ އަސަރު ފޯރައި، ކުޑަކަމުދާން އުދަގޫވުން، އަދި ފެންފަދަ ދިޔައެއް ކުރިމަތި ފަރާތުން ބޭރުވާގޮތް ވެއެވެ. މިބަލީގެ އަލާމާތްތައް ދޭތެރެ ދޭތެރެއިން ފެންނާނެއެވެ.

ޖެނިޓަލް ހާރޕީޒް އިން ރައްކާތެރިވާނީ ކިހިނެއް؟

އަންނަނިވި ކަންތައްތަކަކީ ޖެނިޓަލް ހާރޕީޒް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.

- މާބަނޑު ދުވަސްވަރު ޖެނިޓަލް ހާރޕީޒް ކުރިމަތިވިނަމަ ލަސްނުކޮށް ފަރުވާކުރުން

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.