ހޯމަ20200629

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ލިމްފޯގްރެނިއުލޯމާ ވިނީރިއަމް (Lymphogranuloma Venereum)

ލިމްފޯގްރެނިއުލޯމާ ވިނީރިއަމް (Lymphogranuloma Venereum)

std-lymphoމިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamediae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. ހޫނު ގަދަ ގައުމުތަކުގައި މިބަލި އާންމުކަމަށް ފާހަގަކުރެވިފައި ވެއެވެ. މިބަލި ޖެހެނީ ޖިންސީ ގުޅުމުގެ ޒަރީއާއިންނެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވާސިލްވުމަށް ފަހު އޭގެ އަލާމާތްތައް ފެންނަނީ 7-12ދުވަހާއި ދެމެދުގެ މުއްދަތެއް ގައެވެ.

ބަލިޖެހުމުން ބިއްސެއް ނުވަތަ ފޮޅެއްފަދަ އެއްޗެއް ޖިންސީގުނަވަނުގައި އުފެދި، އެފަޅައިގެން ގޮސް ފާރުކޮޅަކަށް ބަދަލުވެއެވެ. މިފާރުކޮޅުގައި ތަދެއް ނުހުންނާނެއެވެ. ބައެއްފަހަރު މިފޮޅު ނުވަތަ ނުވަތަ ބިހިތައް ފާހަގަނުވެ ވެސް ހިގައިދާނެއެވެ. ފާރުކޮޅު ރަގަޅުވާތާ ދުވަސްކޮޅެއް ފަހުން އުކުޅުވަޅާއި، ނަސްލު އުފެއްދޭ ނިޒާމްގެ ބައިތައް އެކުލެވޭ ހިސާބުގެ ލިމްފްގޮށްތަކާއި އެހެނިހެން ޓިޝޫތަކަށް އިންފެކްޝަން ފެތުރިގެން ދެއެވެ. ލިމްފްގޮށްތައް ބޮޑުވެ، ފަޅައިގެން ގޮސް ދޮސް އައުމަކީ ވެދާނެ ގޮތެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.