ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބަލިތައް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
ބަލި ޖައްސާ ޖަރާސީމް | ޖިންސީގުޅުމުން ފެތުރޭ ބަލި | |
Treponema Pallidum
|
1 | |
Neisseria Gonorrhoea
|
2 | |
Herpes Simplex Virus
|
3 | |
Human Papilloma Virus
|
4 | |
Trichomonas Vaginalis
|
5 | |
Candidida Albicans
|
6 | |
H.I.V
|
7 | |
Haemophilus ducreyi | 8 | |
Chlamydia Trachomatis (Serotype D-K)
|
9 | |
Chlamydia Trachomatis (Serotype-L1-L3)
|
10 | |
Klebsiella Granulomatis
|
11 | |
Hepatitis B Virus
|
12 |
* ނޯޓް: މިބަލިތައް ނޫނަސް ޖިންސީ ގުޅުމުން ޖެހޭ ބަލިތައް ހުރެއެވެ. މިސާލަކަށް މޫލަސްކަމް ކޮންޓެޖިއޯސަމް، ބެކްޓީރިއަލް ވެޖައިނޯސިސް އަދި މިނޫނަސް ތަފާތު ހަމުގެ ބައެއް ބަލިތައް ވެސް ހިމެނެއެވެ.
ފެށުން
ޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ޖެހޭ ބަލިތަކަކީ ޖުމްލަގޮތެއްގައި ވަރަށް ނުރައްކާތރި ބަލިތަކެވެ. ވޭން ހުރި މިބަލިތަކުގެ އަލާމާތްތައް ބައެއް ފަހަރު ނުފެނި ވެސް ހިގައިދެއެވެ. މިފަދަ ހާލަތުގައި ބަލި ހަށިގަނޑު ގައި އަށަގެންފައި ހުރިކަން ނޭގޭ ހިނދު އެހެންމީހުންނަށް ބަލި ފަސޭހައިން ފެތުރިގެންދާ ގޮތް މެދުވެރި ވެއެވެ. ގިނަ ފަހަރު މިބަލިތައް ޖެހެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށެވެ. ފިރިހެނުންނަށް ބައެއް ބަލިތައް ޖެހޭ ނިސްބަތް މަތިއިރު އަނެއްބައި ބަލިތައް އަންހެނުން ޖެހޭ ނިސްބަތް އިތުރެވެ. މިފަދަ ބަލިތައް އިތުރަށް ފެތުރިގެން ދިއުމަށް މަގުފަހިވާ އަނެއް ސަބަބަކީ ބައްޔެއްގެ އަލާމާތެއް ފެނުނު ނަމަވެސް ގިނަބަޔަކު ޑޮކްޓަރުން ނުވަތަ ޞިއްހީލަފާ ދެއްވާ މީހުންގެ ގާތަށް ދިއުމަށް ފަސްޖެހިދިއުމެވެ. މިކަމުގެ ސަބަބުން ބަލިތައް އިތުރަށް ފުޅާވެ، ނުރައްކާތެރި ދަރަޖައަށް މީހާގެ ޞިއްޙީ ހާލަތު ބަދަލު ކުރުވައެވެ.
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް މީހުން ގިނަ ބައިބޯ މުޖުތަމައު ގައި އިތުރުކަން ފާހަގަކުރެވެއެވެ. މާގިނަ މީހުން އެއްތަނެއްގައި އުޅެންޖެހުމަކީ އަޚްލާގީ މައްސަލަތައް ފެންމަތިވެ، މިފަދަ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ސުނާމީ އާއި ގުޅިގެން އެއްރަށުން އަނެއްރަށަށް އެތައްބަޔަކު ހިޖުރަކޮށް އުޅެންޖެހިފައިވާ ގޮތުގެ ސަބަބުން މިމައްސަލަ ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ވަނީ ފެންމަތި ވެފައެވެ. އެކަކަށްވުރެ ގިނަ މީހުންނާއި އެކު ނޭދެވޭގޮތެއްގައި ޖިންސީ ގުޅުންހިންގުމުގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ ހަށިގަނޑު މިފަދަ ބަލިތަކަށް ހުށަހެޅުމެވެ.
ދިވެހި މުޖުތަމައަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ބޭސްފަރުވާ އަށާއި އެހެން ކަންކަމުގައި އިންޑިޔާ ބެންކޮކް ފަދަ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އަދި ވަރަށް ގިނަ ބަޔަކު އަވައްޓެރި އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި ދިރިއުޅެމުން ގެންދެއެވެ. ބެންކޮކް ފަދަ ގައުމުތަކަކީ ނިސްބަތުން މިފަދަ ބަލިތައް އިތުރުކަން ޚާއްޞަކޮށް އޭޑްސް ފަދަ ބަލިތައް ވަރަށް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ގައުމުތަކެވެ. ހަމަމިހެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކިޔެވުމަށާއި، ބޯޓުދަތުރުކުރުން ފަދަ ކަންކަމުގައި ގޮސް އުޅޭ ދިވެހިންތައް އުޅެއެވެ. ކުރިން ބުނިހެން ބޭރުގެ ގިނަ މުޖުތަމައުތަކަކީ މިފަދަ ބަލިތައް ފަސޭހައިން ފެތުރެމުންދާ މުޖުތަމައަކަށް ވުމާއި އެކު އެގައުމު ތަކަށް ގޮސް އުޅޭއިރު އިސްލާމްދީނާއި ޚިލާފުނުވާ ގޮތުގެ މަތީން ތިމާގެ ޖިންސީ އަމަލުތަކާއި އެހެނިހެން ކަންތައްތައް ބެހެއްޓުމަކީ މިފަދަ ބަލިތަކުން މިންޖުވަށް އޮތް އެންމެ ރަގަޅު އެއްމަގު ކަމުގައި ބުނެވިދާނެއެވެ.
ބިދޭސީންގެ ނިސްބަތް ދިވެހި މުޖުތަމައުގައި އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. މަސައްކަތު މީހުންނާއި ޓުއަރިސްޓުންނާއި އަދި މިނޫން ބޭނުންތަކުގައި ރާއްޖެއަށް އަންނަ މީހުންގެ ސަބަބުން ވެސް މިފަދަ ބަލިތައް ފެތުރިގެން ދެއެވެ.
* މަތީގައިވާ ޓޭބަލުގެ ތެރެއިން، ކޮންމެ ބައްޔެއްގެ ތަފްޞީލު ވިދާޅުވެވޭނެއެވެ.