އާދީއްތަ20180909

އާކުރެވުނީ: 08:43:52

އަލްކޮހޯލް

alchiholއަލްކޮހޯލްއަކީ މޭބިސްކަދުރު، ގޮދަން، އުއްދަނޑި ފަދަ ގަސްގަހުގައި އަޅާ ބާވަތްތަކުން ނެގޭ ، ހިމޭން ކުރުވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

އަލްކޮހޯލަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށްވެސް އޭގެ ނުބައި އަސަރު ކުރުވާ ވަރަށް ވަރުގަ މާއްދާއެކެވެ. ހަށިގަނޑު ތެރެއަށް އަލްކޮހޯލް ދިއުމުން އޭގެ ތާސީރު ލޭގެ ޒަރީޢާއިން ސިކުނޑި ، ގޮހޮރު މޭގަނޑު ކިޑްނީ ފަދަ ގުނަވަންތަކަށް ކުރެއެވެ. ގާތްގަޑަކަށް 5 މިނިޓާ 10މިނިޓާ ދެމެދުގެ ވަގުތު ކޮޅެއްގެ ތެރޭގައި އަލްކޮހޯލްގެ ތާސީރު މުޅި ހަށިގަނޑަށް ކުރާނެއެވެ. އަދި އެތައް ގަޑިއިރެއްވަންދެން މީގެ ސީދާ އަސަރު ހަށިގަނޑުގައި ދެމި ހުރެއެވެ.

ސީދާ އަސަރޭ މި ދެންނެވީ އެ ބުއިމުން ވާ މަސްތުގެ ވާހަކައެވެ. އެކަމަކު އަލްކޮހޯލް ބޭނުން ކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުން އެއީ އެތަށް އަހަރަކަށް ދިގު ދެމިގެން ދާ ގެއްލުން ތަކެކެވެ. އަދި ދިގު މުއްދަތަކަށް މި ބޭނުން ކުރުމުން ލިބޭ ގެއްލުން މުޅު ޢުމުރަށް ދެމިގެން ދާނެއެވެ.

އަލްކޮހޯލްއަކީ ސިކުނޑި އަށާއި ހަށިގަނޑުގެ މައި ނާވަސް ސިސްޓަމަށް އަސަރު ކުރުވާ އެއްޗެކެވެ. މި ބޭނުން ކުރާ މީހުންގެ ހަމަ ހޭ ކެނޑި ، ހަމަ ބުއްދި ފިލައިދެއެވެ. އަދި އެ ބޯ މީހުންނަށް އެވަގުތު އިޙްސާސް ކުރެވޭނީ މާ '' ގައްޑާ '' މީހެއްގެ ގޮތުގައެވެ. ނަތީޖާއަކަށް ވާނީ ކޮންމެ ފަދަ ކަމެއްވެސް އެއްވެސް ޖެހިލުމަކާ ނުލައި ކޮށްލުމެވެ. އެއީ މީހެއް މަރާލުން ، ވައްކަން ކުރުން ، ފޭރުން ، ރޭޕްކުރުން ، އަންހެނުން ނުވަތަ ދަރިން ގައިގައި ތެޅުން ، ބަދުއަޚްލާޤީ ޢަމަލު ހިންގުން ފަދަ ކަންކަން ، އަލްކޮހޯލް ބޭނުންކޮށްގެން ތިބޭ މީހުން އެއްވެސް ޖެހިލުމެއް ނެތި ކުރާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.