ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ދުންފަތުން ... ހައްތާވެސް ގެއްލުން

ދުންފަތުން ... ހައްތާވެސް ގެއްލުން

2005dhunfathun-hattaves-gellunވަނަ އަހަރު ޖެހޭއިރު، އަހަރަކު މަރުވާ މީހުންގެ ޢަދަދު 10 މިލިއަނަށް އަރާނެއެވެ. މިވަގުތު ދުންފަތުގެ އިސްތިޢުމާލު ކުރާ 650 މިލިއަން މީހުންނަކީ، ޞިއްޙި ގޮތުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާން ތައްޔާރުވެފައި ތިބިބައެކެވެ.

ބަލިތައް ޖެއްސުމުގެ ހުރިހާ ސަބަބުތަކުގެ، ލިސްޓުގެ ހަތަރުވަނާގައި ވަނީވެސް ދުންފަތްކަން ހަނދާންކޮށްލަން ޖެހެއެވެ. މި ނުރައްކާތެރި ވަބާގެ ސަބަބުން ދުނިޔެއާއި ކުރިމަތިވެފައި ވަނީ ހަމައެކަނި ޞިއްޙީ ނުރެއްކަލެއް ނޫނެވެ. ކިއެއްތަ މި ވަބާގެ އަސަރު ދުނިޔޭގެ އިޤްތިސާދަށާއި ޤައުމުތަކުގެ އިޤްތިޞާދަށްވެސް، މީހަކަށް ޚިޔާލަށްވެސް ނުގެނެވޭ މިންވަރެއްގެ ގެއްލުން ވަމުން އެބަދެއެވެ. އެހެނީ މީހުންގެ އުފެއްދުންތެރިކަން އޭގެ އެންމެ މައްޗަށް ދާ ޢުމުރަށް ދިއުމުގެ ކުރިން، ދުންފަތާއި ހެދި މަރުވެއެވެ. ދުންފަތުގެ ދުންފަތާއި ގުޅުން ހުރި ތަފާތު ބަލިތަކާއި، އެ ބޭނުން ކުރަން ނަގާ ވަގުތުގެ ސަބަބުން، ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އުފެއްދުންތެރިކަންވެސް އެ ނުން މީހުންނަށްވުރެ، ދަށެވެ. 1994 ވަނަ އަހަރު ކުރެވުނު ދިރާސާކަން ދެއްކި ގޮތުގައި، ދުންފަތުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަހަރަކު، 200 ހާސް މިލިއަން ޑޮލަރުގެ ގެއްލުންވެއެވެ. މީގެތެރެއިން ތިންބައިކުޅަ އެއްބަޔަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވާ ގެއްލުމެވެ.

މުއްސަނދީން ސިގިރޭޓު ބުއިމުން ލިބެނީ ހަމައެކަނި ޞއްޙީ ގެއްލުމެކެވެ. ނަމަވެސް ފަޤިރުން މި ބުއިމާ، އެމީހުންގެ ފަޤީރުކަން އިތުރުވާކަން މިފަދަ މީހުންނަކަށް ނޭނގެއެވެ. އެންމެ ދަށް އާމްދަނީ ލިބޭ ޤައުމުތަކުގައިވެސް، ޢާއިލާތަށް ބަލަހައްޓަން ޖެހޭމީހުން، އާމްދަނީގެ 10 އިންސައްތަ ހޭދަކުރަނީ ދުންފަތަށެވެ. މީގެ މާނައަކީ ކުދިންގެ ތަޢުލީމަށާއި، ކާނާ އަދި ޞިއްޙީ ފަރުވާ ހޯދުމަށް، މިފަދަ ޢާއިލާތަކުގައި ހުންނަ ފައިސާ މަދުވުމެވެ. އަނެއްކޮޅުން ބައްޕަ ނުވަތަ މަންމަ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ކުދިންގެ ޞިއްޙަތު ދަށްވެ، ލިބިފައި ތިބޭ ކުދިންނަށް ނުސީދާގޮތުގައި ބޮވޭ ދުމުގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ.

ދުންފަތުގެ ސަބަބުން މުޖްތަމަޢުތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަކީ އަވަސް ގޮތެއްގައި، ހުއްޓުވަން ޖެހިފައިވާ ކަމެކެވެ. ބައެއް ތަޖުރިބާތަކުން ސާބިތުވެފައިވާ ގޮތުގައި، ދުންފަތުގެ ވަބާ ހުއްޓުވިދާނެ ހަރުދަނާ ފިޔަވަޅުތަކެއް، ކެރިގެން އަޅައިފިނަމަ، އެޅެން އެބަހުއްޓެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ފުޅާދާއިރާއެއްގައި ދުންފަތާއި މެދު، ޢާއްމުން ހޭލުންތެރި ކުރުމެވެ. އަދި ސީދާ ނުވަތަ ނުސީދާ ގޮތުގައި ކުރެވެ ސިގިރޭޓު އިޝްތިހާރު މަނާކުރުމާއި، ޑިއުޓީ މަތިކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ހަމައެހެންމެ ހުރިހާ ޢާއްމުތަންތަނެކީ ދުންފަތުން ސަލާމަތް ކުރެވިފައިވާ ތަންތަނަށް ހެދުމާއި، ސިގިރޭޓި ފޮށީގައި އެންމެންނަށްވެސް ކިޔަން އެގޭނެހެން އަމިއްލަ ބަހަކުން، ދުންފަތުން ލިބޭ ގެއްލުން ހާމަކޮށްފައި ލިއުން ކޮޅެއް ބެހެއްޓިދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.