އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ދުންފަތުގެ ދުމުން ލިބޭ ގެއްލުންތައް

ދުންފަތުގެ ދުމުން ލިބޭ ގެއްލުންތައް

negetive smoking

ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވެގެންދާ ދުން އެކަން ނުކުރާ މީހެއްގެ ހަށިގަނޑަށް ވާޞިލްވުމެވެ. މައިމީހާ އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށްވެފައި ބަފައި މީހާއަކީ ދުންފަތު އިސްތިއުމާލު ކުރާ މީހެއްނަމަ، ބަފައި މީހާ މައިމީހާގެ ކައިރީގައި ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރާ ހިނދު، މައިމީހާގެ ހަށިގަނޑަށް ދުންފަތުގެ ދުން ވިހަ މާއްދާތަކާއެކު ވާޞިލްވެގެން ދެއެވެ. ނަތީޖާ އަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.

negetive smoking2ނުސީދާ ދުމުން އިންސާނާގެ ހަށިގަނޑަށް ގެއްލުންވާކަން ފުރަތަމަ ހޯދިފައިވަނީ 1981 ވަނަ އަހަރު ޖަޕާނުގެ ޢިލްމު ވެރިއެއް ކަމުގައިވާ "ޓަކޭޝީ ހިރަޔާމާ" ހެއްދެވި ދިރާސާ އަކަށް ފަހު އެވެ. އެއީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކާ ކައިވެނިކޮށްގެން އުޅުނު ދުންފަތުގެ އިސްތިޢުމާލުނުކުރާ އަންހެނަކަށް ފުއްޕާމޭގެ ކެންސަރު ޖެހުމުންނެވެ. އޭގެ ފަހުން އެތަކެއް ދިރާސާތަކެއްގައި ނުސީދާ ދުމުން އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ ކަމުގެ ޢިލްމީ ހެކިތައް ހޯދި ސާބިތުވެފައި ވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ނުސީދާ ދުމަށް ހުށަހެޅުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު 20 އިންސައްތަ އިތުރުކުރާ ކަމެކެވެ. އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު 23 އިންސައްތަ އިތުރުކުރުވައެވެ. ދުންފަތުގެ ދުމަށް ހުށަހެޅުމުގައި ވަކި މިންވަރަކަށް ހުށަހެޅުމަކީ ރައްކާތެރި ކަމެކޭ ބުނެވޭކަން ނެތެވެ. މާނައަކީ ކިތައްމެ ކުޑަ މިންވަރަކަށް ހުށަހެޅުނު ނަމަވެސް އެކަމުގެ ގެއްލުން ހަށިގަނޑަށް ކުރާނެ އެވެ. ބައިނަލް އަގުވާމީ ފެންވަރެއްގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލައިފައިވާ މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ގެ 8ވަނަ އާޓިކަލް ގައި ބުނާގޮތުން " ދުންފަތުގެ ދުމަށް ހުށަހެޅުމުގައި ރައްކާތެރި މިންގަނޑެއް ނުވެއެވެ".

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ނުވަތަ ނުސީދާގޮތެއްގައި ދުންފަތުގެ ދުމަށް ހުށަހެޅުމުންނެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކުދިން ނޭވާލަނީ ދުންފަތުގެ ދުމުން ތަޣައްޔަރުވެފައިވާ މާހައުލަށް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އާބާދީގެ 40 އިންސައްތަ ކުދިންގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. މާނައަކީ ގޭތެރެއިން އެކުދިން ދުންފަތުގެ ދުމަށް ހުށަހެޅެއެވެ. ދުންފަތުގެ ދުމަށް ހުށަހެޅިގެން މަރުވާ މީހުންގެ ތެރެއިން 31 އިންސައްތަ އަކީ ކުޑަކުދިންނެވެ. ގޭތެރެއިން ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުން އަވަސްކުރާ ކަމެކެވެ. ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް މަގުފަހިކުރާ ކަމެކެވެ.

2007 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 7، 8، 9 އަދި 10 ގެ ދަރިވަރުންގެ މެދުގައި ކުރެވުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާރވޭގެ ނަތީޖާ އިން އެގުނު ގޮތުގައި ޖުމުލަ 48.7 އިންސައްތަ ކުދިން ބުނިގޮތުގައި އެކުދިންގެ ގޭގައި އެހެންމީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަދި ގެއިން ބޭރުގައި އުޅޭއިރު 69 އިންސައްތަ ކުދިން އުޅެނީ ދުންފަތުގެ އިސްތިއުމާލު ކުރާމީހުން އުޅޭތަންތާގައެވެ. 49 އިންސައްތަ ކުދިން ގެ މައިންބަފައިން ކުރެ މަދުވެގެން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.6.7 އިންސައްތަ ކުދިންގެ ހުރިހާ ނުވަތަ ގިނަ ރައްޓެހިން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް އެތެރެވެގެންދާ ދުމުގައި 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވިފައި ވެއެވެ. އޭގެ ތެރޭގައި 250 އަށްވުރެ ގިނަ ހަށިގަނޑަށް ގެއްލުންދެނިވި، ތަފާތު ވިހަ ކެމިކަލްތައް ހިމެނެއެވެ. އަދި އޭގެތެރެއިން 70 ވަރަކަށް ކެމިކަލް އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާތަކެއްކަން ވަނީ ހޯދިފައެވެ. އެގޮތުން މިދުމުގެ ތެރޭގައި ހިމެނޭ ވިހަ ކެމިކަލްތަކުގެ ތެރޭގައި ނިކޮޓީން، ތާރު، ކާބަން މޮނޮކްސައިޑް، ނައިޓްރޯޖަން އޮކްސައިޑް، ހައިޑްރޯޖަން ސައިނައިޑް، އެމޯނިޔާ، ބެންޒީން، ވިހާރަކަ، ތިމަރަ، ކެޑްމިއަމް، އަދި މިނޫނަސް ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް ވެސް ހިމެނެއެވެ. މިމާއްދާތަކުގެ ތެރޭގައި އޭގެ ސަބަބުން ކެންސަރު ޖައްސަނިވި ބައެއް މާއްދާތައް ހިމެނޭކަން ވެސް ފާހަގަކޮށްލަން ޖެއެވެ.

މާބަނޑު އަންހެނާ ތުއްތު ދަރިފުޅު / ކުޑަކުދިން ބޮޑެތި މީހުން
•    ދުވަސް ނުފުރާ ވިހެއުން •    ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން ުފުއްޕާމޭގެ ކެންސަރު ޖެހުން
•    ބައިގެން ދިއުން •    ވިހާއިރު ބަރުދަން ލުއިވުން •    ނޭވާ ހިއްލުން
•    ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން •    ދަރިފުޅު އުފެދުމުގައި އައިބު ހުރުން •    ކުރިޔަށް ހުރި ނޭވާލާ ނިޒާމާއި ގުޅުންހުރި މައްސަލަތައް އިތުރަށް ގޯސްވުން މިސާލަކަށް: ނޭވާހިއްލުން
•    ވިހާއިރު ބަރުދަން ލުއިވުން •    ޅަފަތުގައި ކުއްލިއަކަށް މަރުވުން •    ލޭހޮޅިތައް ބެދުން
•    ދަރިފުޅު އުފެދުމުގައި އައިބު ހުރުން •    ނޭވާ ހިއްލުން •    ހާޓްއެޓޭކް ޖެހި ހިތް ހުއްޓުން
•    ރަހިމުން ބޭރުގައި ގަރުބަގަތުން •    ފުއްޕާމޭގެ އިންފެކްޝަން : ނިއުމޯނިޔާ، ވައިނޮޅީގެ ކަފި ދުޅަވުން، ކެއްސުން •    ސްޓްރޯކްޖެހި ވާގިނެތުން
•    މާބަނޑު ދުވަސްވަރު ރަހިމުން ލޭފޭބުން •    ވިސްނުމުގެ އުނިކަން •    ލޯކަރާ ފެންއައިސް، މާގިނައިން އެސްފިޔަޖެހުން
•    މާބަނޑުދުވަސްވަރާއި ވެހުމުގައި ދިމާވާ އެކި ނުރައްކާތައް •    ކަންފަތުގެ އިންފެކްޝަން •    ނޭފަތުތެރެ ހިރުވުން
34 •    ހެދިބޮޑުވުމަށް ހުރަސްއެޅުން •    އިސްތަށިގަނޑުން ނުބައިވަސް ދުވުން
  •    ވަސް ރަގަޅަށް ނުދުވުން •    އެކިވައްތަރުގެ ކެންސަރު ޖެހުން : މިސާލަކަށް އަނގައިގެ ކެންސަރު، ކަރުގެ ކެންސަރު، އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތައް

 

 ދުންފަތުގެ ދުމަށް ހުށަހެޅުމުން ތުއްތު ކުދިންނަށް ކުރާ އަސަރު

- ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
- ވިހާއިރު ބަރުދަން ލުއިވުން
- ދަރިފުޅު އުފެދުމުގައި އައިބު ހުރުން
- ޅަފަތުގައި ކުއްލިއަކަށް މަރުވުން
- ނޭވާ ހިއްލުން
- ފުއްޕާމޭގެ އިންފެކްޝަން : ނިއުމޯނިޔާ، ވައިނޮޅީގެ ކަފި ދުޅަވުން، ކެއްސުން
- ވިސްނުމުގެ އުނިކަން
- ކަންފަތުގެ އިންފެކްޝަން
- ހެދި ބޮޑުވުމަށް ހުރަސް އެޅުން
- ވަސް ރަގަޅަށް ނުދުވުން

ދުންފަތުގެ ދުމަށް ހުށަހެޅުމުން މާބަނޑު މީހާއަށް ކުރާ އަސަރު

-    ދުވަސް ނުފުރާ ވިހެއުން
-    ބައިގެން ދިއުން
-    ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން
-    ވިހާއިރު ބަރުދަން ލުއިވުން
-    ދަރިފުޅު އުފެދުމުގައި އައިބު ހުރުން
-    މާބަނޑުދުވަސްވަރާއި ވެހުމުގައި ދިމާވާ އެކި ނުރައްކާތައް

ނުސީދާ ދުމުން ބޮޑެތި މީހުންނަށް ކުރާ އަސަރު

ދުންފަތުގެ އިސްތިޢުމާލު ކުރާމީހެއްގެ ގާތުގައި އުޅޭ މީހުން އޭނާގެ އަނދަމުންދާ ސިނގިރޭޓްގެ ކޮޅުން ނުކުންނަ ދުމާއި އަދި ސިގިރޭޓް ބޯއިރު ބޭރަށް ނޭވާލުމުން ނުކުންނަ ދުމަށް ހުށަހެޅެއެވެ. މިގޮތަށް ސިގިރޭޓް ބޯމީހުން އުޅޭ ގެއެއްގައި އުޅޭ މީހުންނާއި، މިޢަމަލުކުރާ ހޮޓާ،ރެސްޓޯރަންޓްފަދަ ތަންތާންގައި މަސައްކަތް ކުރާ މީހުންނާއި ރައްޓެހިންގެ ގްރޫޕެއްގައި ހިމެނޭ ސިގިރޭޓްނުބޯ މީހުން އާދަވެގެން ސިގިރޭޓްބޯ މީހެއްގެ "ނުސީދާ ދުމަށް" ހުށަހެޅުމުން މައިގަނޑު ގޮތެއްގައި ބޮޑެތި މީހުންނަށް ދިމާވާ ޞިއްޙީ ގެއްލުންތަކަކީ:

- ފުއްޕާމޭގެ ކެންސަރު ޖެހުން

- ނޭވާ ހިއްލުން

- ކުރިޔަށް ހުރި ނޭވާލާ ނިޒާމާއި ގުޅުންހުރި މައްސަލަތައް އިތުރަށް ގޯސްވުން މިސާލަކަށް: ނޭވާހިއްލުން

- ލޭހޮޅިތައް ބެދުން

- ހާޓްއެޓޭކް ޖެހި ހިތް ހުއްޓުން

- ސްޓްރޯކްޖެހި ވާގިނެތުން

- ލޯކަރާ ފެންއައިސް، މާގިނައިން އެސްފިޔަޖެހުން

- ނޭފަތުތެރެ ހިރުވުން

- އިސްތަށިގަނޑުން ނުބައިވަސް ދުވުން

- އެކިވައްތަރުގެ ކެންސަރު ޖެހުން : މިސާލަކަށް އަނގައިގެ ކެންސަރު، ކަރުގެ ކެންސަރު، އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތައް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.