ހޮނިހިރު20171014

އާކުރެވުނީ: 09:46:14

ހިމަގްލޯބިން

hemoglobin-1ހިމަގްލޯބިން އަކީ ލޭގެ ރަތް ސެލް ގެ ތެރޭގައި ހުންނަ ދަނގަޑު އެކުލެވިގެންވާ އޮކްސިޖަން އުފުލައިދޭ ''މެޓަލޯޕްރޮޓީން'' އެކެވެ. ފުއްޕާމޭ އިން ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ގެންގޮސްދެނީ ހިމަގްލޯބިން އެވެ. ހިމަގްލޯބިން ހަށިގަނޑުގައި އޮކްސިޖަންގެ މިިންވަރު އެންމެ މަތީ މިންވަރަކަށް އެކުލެވޭބައި ( ފުއްޕާމޭ)ގައި އޮކްސިޖަންއާ ތަތްވެ،ނުވަތަ އެއްވެއެވެ. އެއަށްފަހު އޮކްސިޖަންގެ މިންވަރު ދަށް ނުވަތަ މަދުބައިތަކަށް (ކުދިލޭހޮޅިތަކަށް) އޮކްސިޖަން ގެންގޮސްދެއެވެ. ތަބީއީގޮތެއްގައި އިންސާނާގެ ހަށިގަނޑުގައި އެކުލެވޭ ހިމަގްލޯބިން އަށް ކިޔަނީ ހިމަގްލޯބިން-އޭ(Hb-A) އެވެ.

ތަފްޞީލު...



ލޭގެ ހުދު ސެލް

hudhu-cell-2ލޭގެ ހުދު ސެލް (White blood cells)އަކީ ލޭގެ ތެރޭގައި ބޮޑު ނިއުކްލިއަސްއެއް ލާފައި ހުންނަ ސެލްއެވެ. މިސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މާނައަކީ ބަލިތަކާއި ދެކޮޅަށް ހަގުރާމަކުރުމުގައި އެހީތެރިވެދެއެވެ. ލޭގެ ތެރޭގައި އަބަދުވެސް މިސެލްތައް ދައުރުވެ،ދައުރުވެ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ބައްޔެއް އުފެދުނަސް އެހިސާބަކަށް ވާސިލްވެއެވެ. ލޭގެ ހުދު ސެލްތަކަށް ''ލިއުކޯސައިޓް''(Leucocyte) އޭވެސް ކިޔައެވެ. ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި 10،000-4000 ދެމެދުގެ އަދަދަކަށް ލޭގެ ހުދު ސެލްތައް ހުރެއެވެ.

ތަފްޞީލު...



ލޭގެ ރަތް ސެލް

rah-cell-1ލޭގެ ރަތް ސެލް(Red blood cell) އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލް ގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. ލޭގެ ރަތް ސެލް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. ލޭގެ ރަތް ސެލް ތަކަށް ''އިރިތްރަސައިޓް''(Erythrocyte) އޭ ވެސް ކިޔައެވެ.

ތަފްޞީލު...



ޕްލޭޓްލިޓް

platelet-1ޕްލޭޓްލިޓް(Platelet) އަކީ ކަށީގެމަދުގައި ހުންނަ އާދަޔާޚިލާފަށް ބޮޑު ސެލްއެއް ކަމުގައިވާ ''މެގަކެރީއަސައިޓް''(Megakaryocyte) އިން އުފެދޭ ކުދިކުދިބައިތަކެކެވެ. މެގަކެރީއަސައިޓަކީ ކަށީގެމަދުގެ ތެރޭގައި ''ސްޓެމް ސެލް''(Stem cell) އިން އުފެދި ފުރިހަމަވުމަށްފަހު އޭގެތެރޭގައި ދެމިހުންނަ ސެލްތަކެކެވެ. ޕްލޭޓްލިޓް ތަކުގައި ނިއުކްލިއަސްއެއް ނުހުރެއެވެ. އަދި އޭގެ ޒާތުގައި އަލުންއުފެދުމުގެ ގާބިލިއްޔަތުކަން ވެސް ލިބިފައެއްނުވެއެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ޕްލޭޓްލިޓް ބޭނުންވާ ކޮންމެ ފަހަރަކު ''މެގަކެރީއަސައިޓް''ތަކުން ޕްލޭޓްލިޓް އުފައްދައެވެ.

ތަފްޞީލު...



ލޭގެ ޕްލާޒްމާ

plasma-1ލޭގެ ޕްލާޒްމާ(Plasma) އަކީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަވަރެވެ. ނުވަތަ މިއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ. މުޅި ލޭގެ ވޮލިއުމްގެ 60-55 އިންސައްތަ އަކީ ޕްލާޒްމާ އެވެ. ޕްލާޒްމާ އަކީ ސާފު ރީނދޫ ކުލައަކަށް ހުންނަ ދިޔައެކެވެ. ޕްލާޒްމާގެ 90 އިންސައްތަ އަކީ ފެނެވެ. 10 އިންސައްތަ އަކީ އެހެނިހެން މާއްދާތަކެވެ. އެހެނިހެން މާއްދާތަކުގެ ތެރެއިން 7.1 އިންސައްތަ އަކީ ''ޕްލާޒްމާ ޕްރޮޓީން''(Plasma protein) އެވެ.

ތަފްޞީލު...



ލޭއެޅުން

ley-elhun-1ލޭއެޅުން (Blood transfusion) އަކީ އެކެއްގެ ހަށިގަނޑުގައި ހިމެނޭ ލޭ ނުވަތަ ލޭގެ ވަކި ބަޔެއް އަނެކާގެ ހަށިގަނޑަށް އެޅުމެވެ. ބައެއް ކަހަލަ ޙާލަތްތަކުގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލޭއަޅަން މަޖުބޫރު ވެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ޙާލަތްތަކާއި ބައެއް ބަލިތަކުގެ ފަރުވާގެ ގޮތުގައި ވެސް ލޭއަޅަންޖެހެއެވެ. ލޭއެޅުމާއި ލޭހަދިޔާކުރުމުގައި ބަލަންޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި: ލޭގެ ޔުނިޓެއްކަމުގައި ބަލަނީ 450މިލިލިޓަރ ވާނަމައެވެ. ގަނޑުވިޔަނުދިނުމަށް މިފަދަ ލޭ ކެމިކަލްތަކާއި، އެއްކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އަހަރަކު ގާތްގަނޑަކަށް 15މިލިއަން ޔުނިޓްގެ ލޭ ހަދިޔާ ކުރެވެއެވެ.

ތަފްޞީލު...



ނޭވާލާ ނިޒާމް

nyevaalaa-nizaam-1ނޭވާލާ ނިޒާމް(Respiratory system) އަކީ އިންސާނުންނާއި ޖަނަވާރުންގެ ނޭވާލުމުގެ ދައުރު އަދާކުރާ ނިޒާމެވެ. އިންސާނުންގެ ހަށިގަނޑުގައިވާ ނޭވާލާ ނިޒާމް ބިނާވެގެންވަނީ ފުއްޕާމޭ، ވައިބޭރުވާ މަގުތައް، އަދި ނޭވާލުމުގައި ބައިވެރިވާ މަސްތައް ފަދ އެތަކެއް ތަފާތު ޓިޝޫތަކެއްގެ މައްޗަށެވެ. އިންސާނުންގެ ނޭވާލާ ނިޒާމް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ނޭވާލާ ނިޒާމްގެ މަތީބަޔާއި، ނޭވާލާ ނިޒާމްގެ ތިރީބައެވެ. މީގެ އިތުރުން ވައި ނޮޅި އަދި ފުއްޕާމޭ ވެސް ހިމެނެއެވެ. ހަށިގަނޑަށް ވައި ވަނުމަށްފަހު ދައުރުވަމުން ފުއްޕާމޭ އަށް ވާޞިލްވަނީ އަންނަނިވި ބައިތައް ހުރަސްކޮށެވެ.

ތަފްޞީލު...



ފުއްޕާމޭ

fuppaamay-1ފުއްޕާމޭ(Lungs) އަކީ ނޭވާލުމުގެ ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އަދި މައި ގުނަވަނެވެ. ފުއްޕާމޭ ގެ މައިގަނޑު މަސައްކަތަކީ ޖައްވުން ސާފުވައި ނުވަތަ އޮކްސިޖަން ހަށިގަނޑުގެ އެތެރެ އަށް ފޯރުކޮށްދިނުމާއި، ލޭގައި ހުންނަ ވިހަ ކާބަންޑައި އޮކްސައިޑް ފުއްޕާމޭގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުމެވެ. ފުއްޕާމޭގެ މަސައްކަތް އެންމެ ފުރިހަމަވާނީ ފުރާވަރުގެ އުމުރު ފުރާގަޔާއި، އުމުރުން 20ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މިބުނި އުމުރު ފަހަނައެޅުމުން ފުއްޕާމޭގެ މަސައްކަތްކުރާ މިންވަރު އަހަރަކު 1 އިންސައްތައިގެ ނިސްބަތުން ދަށްވެގެން ދެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ފުއްޕާމޭ މަސައްކަތްކުރާ މިންވަރު ނިސްބަތުން އަހަރަކު 2 އިންސައްތަ ދަށްވެގެން ދެއެވެ.

ތަފްޞީލު...



ފިތް

fih-2ފިތަކީ މޭގަނޑު ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ މޭގަނޑުގައި ޖެހިފައެވެ. ފިތް ދުޅަވުން ކުރިމަތިވެއްޖެ ނަމަ ހުންއައުމާއެކު، ބަނޑުގައި ރިއްސާނެއެވެ. އާންމު ގޮތެއްގައި ރިއްސާނީ ބަނޑުގައި ކަނާތް ފަރާތުން މަތީގައި ފިތް އަދި މޭގަނޑު އޮންނަ ހިސާބުގައެވެ. 90 އިންސައްތަ މީހުންނަށް ފިތް ދުޅަވުން ކުރިމަތިވަނީ ފިތުގައި ހިލަ އުފެދުމުގެ ސަބަބުންނެވެ.

ތަފްޞީލު...



ލޭގެ ގްރޫޕް ނުވަތަ ލޭގެ ވައްތަރުތަކަކީ ކޮބާ؟

ley-group-1ލޭގެ ގުރޫޕް (Blood Group)ކަނޑައަޅަނީ އުފެދުމުގައި ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނަ ''އެންޓިޖަން''(Antigen) ތަކާއި ގުޅުވައިގެންނެވެ. މިގޮތުން ހުންނަ އެންޓިޖަން އަކީ ޕްރޮޓީން، ކާބޯހައިޑްރޭޓް، ގްލައިކޯ ޕްރޮޓީން ނުވަތަ ގްލައިކޯ ލިޕިޑް ކަމަށް ވެސް ވެދާނެއެވެ. ބައެއް ވައްތަރުގެ އެންޓިޖަންތައް ލޭގެ ރަތް ސެލް ނޫން އެހެން ސެލްތަކުގެ ސަތަހައިގައި ވެސް ހުރެދާނެއެވެ. ލޭގެ ގުރޫޕް ކަނޑައަޅަނީ ޖެހިޖެހިގެން އިންނަ ދެ ''ކްރޯމަސޯމް''(Chromosome)ގައި ހުންނަ ބަހާ(Gene)ތަކަކުންނެވެ. މިބަހާތަކުގެ ތަފާތު 3ވައްތަރެއް ވެއެވެ. އެއީ އޭ، ބީ، އޯ އެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގައި މިފަދަ ދެބަހާވެއެވެ. އެއް ބަހާ ލިބެނީ މަންމަގެ ފަރާތުންނެވެ.

ތަފްޞީލު...



ލޭމަނާވުން އަދި ލޭގަނޑުވުން

ley-manaavun-4ލޭމަނާވުމާއި ލޭގަނޑުވުމަކީ ހަށިގަނޑުގެ މަސައްކަތްތަކުގެ ތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދެކަމެވެ. ލޭހޮޅިއެއް ނުވަތަ ލޭނާރެއް ކަނޑައިގެން ދިއުމުން ނުވަތަ ލިބޭ ގެއްލުމެއްގެ ސަބަބުން ބޭރުވަމުންދާ ލޭ ހުއްޓުވުމާއި، އެލޭބޭރުވުން މަނާކުރުމަށް ހިގާ މަސައްކަތްތަކަށް ''ހީމޯސްޓެސިސް'' (Hemostasis)އޭ ކިޔައެވެ. އަދި ލޭގަނޑުކޮށްލުމަށް ހިންގާ މަސައްކަތަށް ކިޔަނީ ''ކޮއަގިޔުލޭޝަން''(Coagulation) އެވެ. ލޭހޮޅިއަކަށް އަނިޔާލިބި ހަލާކުވުމުން ލޭހޮޅީގެ ބަތާނަފަށު(Endothelium)ގެ ދަށުގައިވާ ''ކޮލަޖެން''(Collagen) އޭކިޔާ ފައިބަރުތައް ހާމަވެ ފެންނަން ހުރެއެވެ. 

ތަފްޞީލު...



ކޮލެސްޓްރޯލް

cholesterol-mainކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ (ސަރުބީ އެކުލެވޭ) މާއްދާ އެކެވެ. އިންސާނާގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ.ސަރުބީ ދަށްކުރުމަށް މަސައްކަތްކުރުމުގެ

ތަފްޞީލު...



ހުންކޮށި

hunkoshi-2ހުންކޮށި(Spleen)  ނުވަތަ ހުންކޮށްޓަކީ އިންސާނާގެ އެތެރެހަށީގައި ހިމެނޭ ގުނަވަންތަކުގެ ތެރެއިން ވަރަށް މުހިއްމު ގުނަވަނެކެވެ. މިއީ ހަށިގަނޑުގެ ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް ނައްތާލުމާއި، އަދި ހަށިގަނޑުގެ ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރުކަޒެއް ވެސް މެއެވެ. ދިފާޢީ ނިޒާމްގެ މުހިއްމު ބައެއް ކަމުގައިވާ "ރެޓިކިޔުލޯއިންޑޯތީލިއަލް ސިސްޓަމް" ގައި ވެސް ހުންކޮށީގެ ދައުރެއް އޮވެއެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.