އަންގާރަ20181211

އާކުރެވުނީ: 08:43:52

ގުރުތާ

guruthaa-1ގުރުތާާ (Ureters) އަކީ ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅި އެވެ. ނުވަތަ ގުރުދާއިން މަސާނާއަށް ކުޑަކަމުދާ ތަކެތި ގެންގޮސްދޭ ހޮޅި އެވެ. އެހެންކަމުން ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ގުރުތ އެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަހުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ. ކޮންމެ 50 ނުވަތަ 60 ގަޑިއިރަކުން ވަރަށް ކުޑަ މިންވަރެއްގެ ވިހަ މާއްދާތައް ގުރުތާ އިން މަސާނާ އަށް އެޅެއެވެ.

މައިކްރޮސްކޯޕަކުން ބެލުމުން ގުރުތާ ފެންނާނެގޮތް

ގުރުތާގެ ވަށަމިނުގައި 3-10 މިލިމީޓަރު އާއި ދެމެދުގެ މިންވަރެއް ހުރެއެވެ. ގުރުތާގެ ހޮޅި އެތެރެއިން އިންނަނީ ތަރިއެއްގެ ބައްޓަމަށް ވާގޮތަށެވެ. ގުރުތާގެ ފާރުގައި މަޑު މަހުގެ ދެފަށަލަ ވެއެވެ. އެތެރެއިން ލެވިފައިވާ މަޑު މަހުގެ ފަށަލަ އެތުރިފައި ހުންނަނީ ދިގަށެވެ. ބޭރު މަޑު މަހުގެ ފަށަލަ އެތުރިފައިހުންނަނީ ވަށްކޮށެވެ.

ގުރުތާ ތިރިއަށް ފައިބައި އިންނަނީ ގޯނަޑަލް ލޭހޮޅިތަކުގެ ފުރަގަހުން ''އިލިއޮޕްސޯސް'' މަސްގަނޑު ކުރިމަތިންނެވެ. އެއަށްފަހު ''ކޮމަން އިލިއެކް އާޓަރީ''، ''ކޮމަން އިލިއެކް ވެއިން'' ހުރަސްކޮށް ތިރިއަށް ގޮސް ޅިނދުގެ ތެރެއަށް ފައިބައެވެ.

ގުރުތާގެ ވަޒީފާ

ގުރުތާގެ މައިގަނޑު ވަޒީފާ އަކީ ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި، މަސާނާ އަށް ފޮނުވައިދިނުމެވެ. ކޮންމެ ގުރުތާ އެއްވެސް އިންނަނީ މަސާނާގެ ދަށުގައި ކަމަށްވުމުން، ކުޑަކަމުދިއުމުގެ ތެރޭގައި މަސާނާއިން ގުރުތާ އަށް ފިއްތާނެވެ. މިހެންވުމުން ކުޑަކަމުދިއުމުގެ ތެރޭގައި މަސާނާގެ އެތެރޭ ޕްރެޝަރު މަތިވެ، ކުޑަކަމުދާ ތަކެތި އަނބުރާ ގުރުތާ އަށް ދިއުމުން މިންޖުކޮށްދޭނެ އެވެ. މިގޮތަށް މަސާނާއިން ގުރުތާ އަށް ފިއްތައިގެން، ކުޑަކަމުދާ ތަކެތި އަނބުރާ ގުރުތާގެ ތެރެއަށް ދިޔަނުދީ ހިފެހެއްޓުމަކީ ކުޑަކަމުދާ ނިޒާމްގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

ނޯޓް: ގުރުތާ އަކީ އަޅުގަނޑު ޚިޔާރުކޮށްފައިވާ ނަމެކެވެ. މިއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖުލިހުން ފާސްކޮށްފައިވާ ނަމެއް ނޫނެވެ. "ޔުރެޓަރ" އަށް ގުރުތާ މިނަން ޚިޔާރުކުރުމުގައި ގުރުދާ ގައި ހިމެނޭ "ގުރު" މި ދެއަކުރު ނެގުމަށްފަހު "ޔުރެޓަރ" ގެ ފަހަތުގައި ހިމެނޭ "ޓ"، "ތ" އަކަށް ބަދަލުކޮށް މިނަން ދިނީ އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.