ހޯމަ20180910

އާކުރެވުނީ: 08:43:52

ކުޑަކަމުދާ ހޮޅި

kudakamudha-holhi-1ކުޑަކަމުދާ ހޮޅި (Urethra) ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

އުފެދިފައި އިންނަގޮތް

kudakamudha-holhi-2އަންހެނާގެ ކުޑަކަމުދާ ހޮޅި : އަންހެނާގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނަކީ 2-1 އިންޗި އެވެ. ކުޑަކަމުދާ ހޮޅި ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނު ގެ ދޮރާއި ކުޅަނދިއްޔާއި، ދެމެދުގައެވެ. ފިރިހެނުންގެ ކުޑަކަމުދާ ހޮޅި މާ ދިގެވެ. އެހެންކަމުން ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން އަންހެނުންނަށް ޖެހޭ މިންވަރު އިތުރެވެ.

ފިރިހެނާގެ ކުޑަކަމުދާ ހޮޅި : ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނުގައި 8 އިންޗި ހުރެއެވެ. ކުޑަކަމުދާ ހޮޅި ހުޅުވިފައި އިންނަނީ ފިރިހެން ހަށީގެ ކޮޅުންނެވެ. ފިރިހެނުންގެ ކުޑަކަމުދާ ހޮޅި މައިގަނޑު 3 ބަޔަކަށް ބަހާލެވިފައި ވެއެވެ. އަދި އެބައިތަކަށް ނަންދެވިފައިވަނީ އެބަޔެއް ހުރި ހިސާބާއި ގުޅޭގޮތަށެވެ.

އުފެދުމުގައި ކުޑަކަމުދާ ހޮޅި ބަހާލެވިފައިވާ ބައިތައް

ޕްރޮސްޓޭޓްގެ ކުރިން އިންނަ ކުޑަކަމުދާ ހޮޅި : މިއީ މަސާނާ އިން ފެށިގެން ޕްރޮސްޓޭޓް ގްލޭންޑް އާއި ދެމެދުގައިވާ ކުޑަކަމުދާ ހޮޅީގެ ބައެވެ. މިބައިގެ ދިގުމިނުގައި ހުންނަނީ އެންމެ 1 ސެންޓިމީޓަރެވެ. ބައެއް ފަހަރު މިއީ ޕްރޮސްޓޭޓްގެ ތެރޭގައިވާ ކުޑަކަމުދާ ހޮޅީގެ ބައެއްގެ ގޮތުގައި ވެސް ބަލައި އުޅެއެވެ.

ޕްރޮސްޓޭޓްގެ ތެރޭގައިވާ ކުޑަކަމުދާ ހޮޅި : މިއީ ޕްރޮސްޓޭޓް ގްލޭންޑްގެ ތެރެއިން ދައުރުވަމުން ގޮސްފައިވާ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 3 ސެންޓިމީޓަރު ވަރުހުރެއެވެ. ތަފާތު ލޮއި ނުވަތަ ހުޅުވުންތައް މިބައިގައި ވެއެވެ.
* މަނި ހޮޅި، އަދި އިޖެކިއުލޭޓަރީ ޑަކްޓް އިން މަނި އަންނަ ލޯވަޅު
* ޕްރޮސްޓޭޓް ގްލޭންޑް އިން ދިޔަ ކުޑަކަމުދާ ހޮޅިއަށް އަންނަ މަގު ނުވަތަ ހުޅުވިފައިވާ ލޯވަޅު
* ޕްރޮސްޓެޓިކް ޔުޓިރިކަލް ގެ ލޯވަޅު

މަސްގަނޑުގެކުޑަކަމުދާ ހޮޅި : މިއީ އެކްސްޓާނަލް ސްފިންކްޓަރ މަސްގަނޑު ގެތެރެއިން ދައުރުވަމުން ގޮސްފައިވާ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 2-1 ސެންޓިމީޓަރު ހުރެއެވެ. މިއީ ކުޑަކަމުދާ ހޮޅީގެ އެންމެ ހަނި ބައެވެ. ބަލްބޯ ޔުރެތުރަލް ގްލޭންޑްގެ މަގުތައް ކުޑަކަމުދާ ހޮޅި އަށް ހުޅުވިފައި ހުންނަނީ މިހިސާބުގެ ތެރޭގައެވެ. ނުވަތަ މިބައިގެ ތެރޭގައެވެ.މިބައިގެ އެތެރޭ ތެތްދުލިފަށުގެ އެންމެ ބޭރު ފަށަލައިގައި ހުންނަނީ ޝޫޑޯ ސްޓްރެޓިފައިޑް އެޕިތީލިއަމް(Pseudo stratified epithelium) އެވެ.

ފިރިހެންހަށީގެ ތެރޭގައިވާ ކުޑަކަމުދާ ހޮޅި : މިއީ ފިރިހެންހަށީގެ ތެރެއިން ގޮސްފައިވާ ފިރިހެނާގެ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 16-15 ސެންޓިމީޓަރު ވަރު ހުރެއެވެ.މިބައި ގޮސްފައި އިންނަނީ ފިރިހެންހަށީގެ އޮނިގަނޑުގައިވާ ކޯރޕަސް ސްޕަންޖިއޯސަމް ގެތެރެއިންނެވެ. މިބައިގެ އެތެރޭ ތެތްދުލިފަށުގެ އެންމެ ބޭރު ފަށަލައިގައި ހުންނަނީ ޝޫޑޯ ސްޓްރެޓިފައިޑް އެޕިތީލިއަމް (Pseudo stratified epithelium) އެވެ.

މައިކްރޮސްކޯޕަކުން ބެލުމުން ކުޑަކަމުދާ ހޮޅީގެ ބައިތައް ފެންނާނޭގޮތް

• ކުޑަކަމުދާ ހޮޅީގެ ފެށޭ ކޮޅު ހުންނަނީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ. އެއީ މަސާނާ ގައިވެސް ހުންނަ އެޕިތީލިއަމް އެވެ.

• ކުޑަކަމުދާ ހޮޅީގެ މެދުގައި ހުންނަނީ ސްޓްރެޓިފައިޑް ކޮލަމްނާ އެޕިތީލިއަމް އެވެ.

• ކުޑަކަމުދާ ހޮޅި ނިމޭކޮޅު ހުންނަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް އެވެ.

ކުޑަކަމުދާ ހޮޅީގެ ވަޒީފާ

• މަސާނާގައި ރައްކާކުރެވިފައި ހުރި ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރުން

• ފިރިހެނުންގެ އެދުން ފުދޭއިރު ކުރިމަތި ފަރާތުން މަނިބޭރުކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.