ހުކުރު20180907

އާކުރެވުނީ: 08:43:52

އަލަނާސި

alanaasiއަލަނާސި އަކީ ހުތް ފޮނި ރަހައެއްދޭ ވަރަށް ތިރިކޮށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. ރޯކޮށް ހުއްޓައި މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ.

ދިވެހި ނަން : އަލަނާސި
އިގިރޭސި ނަން : Pineapple
ޢިލްމީ ނަން : Ananas Sativus

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
1 މިލިގްރާމް ސޯޑިއަމް 50 ކިލޯކެލަރީ ހަކަތަ
109 މިލިގްރާމް ޕޮޓޭސިއަމް 0.12 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 13.52 ގްރާމް ޕްރޮޓީން
13 މިލިގްރާމް ކެލްސިއަމް 0.54 ގްރާމް ފެޓް
0.110މައިކްރޯ ގްރާމް ކޮޕަރ 1.4 ގްރާމް ފައިބަރު
0.29 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
12 މިލިގްރާމް މެގްނީޒިއަމް 18 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.927 މިލިގްރާމް މެންގަނީޒް 0.500 މިލިގްރާމް ނިއެސިން
8 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
0.1 މައިކްރޯ ގްރާމް ސިލެނިއަމް 0.112 މިލިގްރާމް ޕައިރިޑޮކްސިން
0.12 މިލިގްރާމް ޒިންކް 0.018 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.079 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 58 އައިޔޫ ވިޓަމިން އޭ
35 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 47.8 މިލިގްރާމް ވިޓަމިން ސީ
0 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.02 މިލިގްރާމް ވިޓަމިން އީ
0 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 0.07މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

• ބްރޯމެލައިން : އަލަނާސީގައި "ބްރޯމެލައިން" (Bromelain) ކިޔާ ޕްރޮޓީން ވަކިކޮށް ބައިބައިކުރާ ވަރަށް މުހިއްމު އެންޒައިމެއް ހުރެއެވެ. ބްރޯމެލައިން އަކީ ހަށިގަނޑުގެ ދުޅަތިރިކޮށްދީ، ކަރުތެރެ ހަލާކުވުމާއި، ހުޅުތައް ދުޅަވުން ފަދަ ބަލިތައް ފަސޭހަވުމަށް އެހީތެރިވެދޭ އެންޒައިމެކެވެ. ބްރޯމެލައިންގެ ފައިދާ ބޮޑަށް ހަށިގަނޑަށްކުރަނީ ދެކެއުން ދެމެދުގައި އެހެން ކާތަކެއްޗާއި ވަކިން ބޭނުންކުރުމުންނެވެ. ނަމަވެސް އެހެނިހެން ކާތަކެއްޗާއި އެކު އަލަނާސި ބޭނުންކުރުމަކީ ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ޖަރުމަނު ވިލާތުގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ސައިނަސް ޖެހުނު ކުޑަކުދިންނަށް ފަރުވާކުރުމަށް އަލަނާސީގައި ހިމެނޭ ބްރޯމެލައިން ބޭނުންކުރުމުން އެކުދިން ވަރަށް އަވަހަށް ފަސޭހަވެ ރަގަޅުވެފައި ވެއެވެ.

• އެންޓި އޮކްސިޑެންޓު : އަލަނާސި އަކީ އެންޓި-އޮކްސިޑެންޓު (Anti-oxidants) ތަކުން މުއްސަދިވެފައިވާ ކާނާ އެކެވެ. އަލަނާސި އަކީ ވިޓަމިން ސީ ލިއްބައިދޭ ރަގަޅު މަޞްދަރަކަށްވާތީ، ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާދޭ، "ފްރީ ރެޑިކަލް" ތަކުން އަލަނާސި ކެއުމުން ހަށިގަނޑު ހިމާޔަތްކޮށްދެއެވެ. ފްރީ ރެޑިކަލް ހަށިގަނޑުގައި ޖަމާވެ ގިނަވުމަކީ، ލޭހޮޅިތަކާއި ހިތުގެ ބަލިތައް ޖެހުމާއި، ހަކުރުބަލިޖެހުމާއި، ނޭވަޔަށް އުނދަގޫކުރުން މެދުވެރިކޮށް، ގޮހޮރުގެ ކެންސަރު ފަދަ ކެންސަރުތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ވިޓަމިންސީ އަކީ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާއަކަށްވާތީ، އަރިދަފުސްރޯގާ ފަދަ ބަލިތައް ވިޓަމިންސީ ބޭނުންކުރާނަމަ ވަރަށް އަވަހަށް ރަގަޅުވެއެވެ.

• މެންގަނީޒް : އަލަނާސީގައި ގިނަ އަދަދަކަށް "މެންގަނީޒް" (Manganese) ހުރެއެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ބައެއް އެންޒައިމްތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާ އެކެވެ. މެންގަނީޒް އަކީ ކަށި އުފެދުމުގައި ދައުރެއް އަދާކުރާ މައުދަނެއް ކަމުން، ޅަކުދިންގެ ކަށިތައް އުފެދި ބޮޑުވުމަށާއި، ބޮޑެތި މީހުންގެ ކަށިތައް ވަރުގަދަކުރުމަށް މެންގަނީޒް ބޭނުންވެއެވެ. މީގެ އިތުރުން ވިޓަމިންބީ1 ނުވަތަ ތިއެމިން ވެސް ގިނަ އަދަދަކަށް އަލަނާސީގައި ހުރެއެވެ. ތިއެމިން އަކީ ވެސް ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ބައިވެރިވާ އެންޒައިމްތަކަށް ބޭނުންވާ މާއްދާ އެކެވެ.

• ލޮލުގެ ދުޅަހެޔޮކަން : އަލަނާސި އަކީ ލޮލުގެ ޞިއްޙަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރި ވެދެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި 3 ފަހަރު އަލަނާސި ފަދަ އެންޓި-އޮކްސިޑެންޓް ލިބޭ ކާނާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޮލަށްދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" (Macular degeneration) އޭ ކިޔާ ޙާލަތު މެދުވެރިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

• ލޭމައްޗަށްދިއުމުގެ ފުރުޞަތު ކުޑަކޮށްދިނުން: އަލަނާސީގައި ތެލާއި ސަރުބީ އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ސޯޑިއަމް ނުވަތަ ލޮނު ވެސް ހުންނަނީ މަދު މިންވަރަކަށެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭމައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައްތަކެކެވެ. ލޭމައްޗަށްދަނީ ލޭހޮޅީގެ ތެރޭގައި އާދަޔާ ޚިލާފަށް ލޭދައުރުވާ ބާރުމިން މަތިވުމުންނެވެ. މިކަން ކުޑަކުރުމަށް ސޯޑިއަމް މަދުވެ، ޕޮޓޭސިއަމް ގިނަވާންޖެހެއެވެ. ކުރިން ވެސް ބުނެވުނު ފަދައިން އަލަނާސީގައި ސޯޑިއަމް އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. 1 ޖޯޑު އަލަނާސީގައި 1 މިލިގްރާމް ސޯޑިއަމް ހުންނައިރު، 195 މިލިގްރާމް ޕޮޓޭސިއަމް ހުރެއެވެ.

• ހަމުގެ ރީތިކަން ދެމެހެއްޓުން: އަލަނާސީގައި ހަން އޮމާންކަމާއި ވާންކަންމަތީ ބަހައްޓައިދިނުމުގައި އެހީވާ އެންޒައިމް ހުރެއެެ. އަދި މިއެންޒައިމްތައް ހުރުމަކީ ހަމުގައި ފެން އެކުލެވޭ މިންވަރު މަތިކޮށް (ހަން ހިކުނަނުދީ)، ހަމުގައި ހަލާކުވެ، މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީތެރިވާ ކަމެކެވެ. މީގެ އިތުރުން ހަމުގެ ބައެއް ބަލިތަކަށް ފަރުވާގެ ގޮތުގަޔާއި، ލޭހޮޅިތަކުގެ ތެރޭގައި އުފެދޭ ގަނޑުލޭކޮޅު ވިރުވައި ނައްތާލުމުގައި ބްރޯމެލައިންގެ ބޭނުން ހިފައެވެ.

• ބަރުދަން ލުއިކުރުމަށް އެހީތެރިވުން: އަލަނާސި ކެއުމުގައި ބޭނުންކުރުމުން ބަރުދަން ލުއިވަނީ އަލަނާސި ކެއުމުން ހަށިގަނޑަށް މާގިނަ ސަރުބީ އެއް ލިބުމެއްނެތި، ފުރިފައި ހުންނަ އިހްސާސެއް ގެނެސްދޭތީ އެވެ. މީގެ އިތުރުން އަލަނާސީގައި އެކުލެވޭ ތަބީޢީ ފޮނި ރަހައަކީ އެހެން ފޮނިތަކެއްޗަށް ހިތްޖެއްސުން ކުޑަކޮށްދޭ ކަމެކެވެ.

• އެހެނިހެން ޞިއްޙީ ފައިދާތައް :-

- ބައެއް ބަލިތައް ފަސޭހަވެ، ރަގަޅުކުރުމުގައި އެހީތެރިވުން : މިސާލަކަށް، ހަޖަމުކުރުމުގައި ދިމާވާ މައްސަލަތައް، ހުޅުގެ ބަލިތައް (ރާއްޖެބަލި)، އަދި ވައިނޮޅީގެ ކަފިދުޅަވުން ފަދަ ބަލިތައް

- އަނގަޔާއި ކަރުތެރޭގައި ދަވަ އުފެދުން : އަލަނާސީގައި ހިމެނޭ ބްރޯމެލައިން އަކީ ކަރުތެރޭގައި ހަރުލާފައި ހުންނަ ތަތް އޮލަދަވަތައް، ދިޔާކޮށް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

- ބަނޑުހިކުން ނުވަތަ ބަނޑުހަރުވުން : އަލަނާސީގައި ފައިބަރު ގިނައިން އެކުލެވޭތީ ބަނޑުހިކުން ފަަދަ މައްސަލަތަކަށް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބިދެއެވެ.

- ގޮހޮރުގެ ތެރޭގައި ހުންނަ ފަނި ބޭރަށް ނެރުމަށް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.

- ކަރުފޮޅު އަދި ކަރުތެރޭގައި އުފެދޭ އެހެން ބަލިތަކަށް ފަރުވާގެ ގޮތުގައި ވެސް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.

- މޭނުބައިކުރުމުން ދުރުކޮށްދިނުން: އެގޮތުން ދަތުރުމަތީގައި މޭނުބައިވެ ހޮނޑުލާގޮތް ވުމުން އަލަނާސި ޖޫހަކީ އަދި ރޯ އަލަނާސި އަކީ ބޭނުންކުރެވިދާނެ ރަގަޅު އެއްޗެކެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައި ކުރުމާއި ހޮނޑުލުމުގެ އުދަނގުލަށް ވެސް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބެއެވެ.

- އަލަނާސީގައި އެކުލެވޭ ވިޓަމިންސީ ގެ ސަބަބުން ދަތްތަކުގައި ކޮބަޑިޖެހުމުން ދުރުކޮށްދީ، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.