ބުރާސްފަތި20180913

އާކުރެވުނީ: 08:43:52

އަންނާރު

annaru-1* މި ލިޔުން ފުރަތަމަ ކަވާސާގައި ޝާއިޢު ކުރެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު މިލިޔުން  ވަނީ އިތުރު މަޢްލޫމާތު ހިމެނި  އާކުރެވިފައެވެ.

އަންނާރު އަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާންް ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރު ތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދި މޭވާ އެކެވެ.

ދިވެހި ނަން : އަންނާރު
އިގިރޭސި ނަން : Pomegranate
ޢިލްމީ ނަން : Punica Granatum

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
3 މިލިގްރާމް ސޯޑިއަމް 83 ކިލޯކެލަރީ ހަކަތަ
236 މިލިގްރާމް ޕޮޓޭސިއަމް 18.70 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.67 ގްރާމް ޕްރޮޓީން
10 މިލިގްރާމް ކެލްސިއަމް 1.17 ގްރާމް ފެޓް
0.158މައިކްރޯ ގްރާމް ކޮޕަރ 4 ގްރާމް ފައިބަރު
0.30 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
12 މިލިގްރާމް މެގްނީޒިއަމް 38 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.119 މިލިގްރާމް މެންގަނީޒް 0.293 މިލިގްރާމް ނިއެސިން
36 މިލިގްރާމް ފޮސްފަރަސް 0.135 މިލިގްރާމް ޕެންތޮނިކްއެސިޑް
0.5 މިލިގްރާމް ސިލެނިއަމް 0.075 މިލިގްރާމް ޕައިރިޑޮކްސިން
0.35 މިލިގްރާމް ޒިންކް 0.053 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.67 މިލިގްރާމް ތިއެމިން
0 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 0 އައިޔޫ ވިޓަމިން އޭ
0 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 10.2 މިލިގްރާމް ވިޓަމިން ސީ
0 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.60 މިލިގްރާމް ވިޓަމިން އީ
0 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 16.4މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

އަންނާރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

• ހިތުގެ ބަލިތައް : އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ ހިތާއި ލެހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދީފާނެ ކަމެކެވެ. އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ދުރުކޮށް ދެއެވެ. އަދި ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް، ރަގަޅު ސަރުބީގެ މިންވަރު އިތުރުކުރުވައެވެ.

• ކެންސަރުން ރައްކާތެރިވުން : އަންނާރުގައި ބާރުގަދަ އެންޓި އޮކްސިޑެންޓް "ފްލޭވޮނޮއިޑް" ހުރެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. މިސަބަބާހުރެ ވަރަށް ގިނަ ޞިއްޙީ ތަޖުރިބާކާރުން ކެއުމުގައި އަންނާރު ހިމެނުމަށް އިރުޝާދު ދެއެވެ.

o އުރަމަތީގެ ކެންސަރު: އިސްރާއީލްގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި އަންނާރު ޖޫސް ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރު ޖައްސާ ސެލްތައް ގަނޑެއްގެ ސިފައިގައި އެއްވެ ބޮޑުވުން މަނާކޮށްދޭ ކަމެކެވެ. އަދި އެފަދަ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ ކަމެކެވެ.

o ފުއްޕާމޭގެ ކެންސަރު : މީދާ ބޭނުންކޮށްގެން ހަދާފައިވާ ތަޖުރިބާތަކުން އެނގިފައިވާ ގޮތުގައި އަންނާރު ބޭނުންކުރުމަކީ ފުއްޕާމޭގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވައި ޓިއުމަރު ހިންދާލާނެ ކަމެކެވެ.

o ޕްރޮސްޓޭޓް ކެންސަރު : މީދާ ބޭނުންކޮށްގެން ހަދާފައިވާ ތަޖުރިބާއިން އެނގުނު ގޮތުގައި ޕްރޮސްޓޭޓް ކެންސަރުގެ ސެލްތައް އުފެދި ބޮޑުވުން އަންނާރު ބޭނުންކުރުމުން ހުއްޓެއެވެ.

• ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : އަންނާރުގައި ދަގަނޑު ގިނައިން ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަދުވުމުން މެދުވެރިވާ، ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް އަންނާރު ބޭނުންކުރުމުން ލުއިކަން ގެނެސްދެއެވެ.

• ތުއްތު ދަރިފުޅުގެ ސިކުނޑި ރައްކާތެރިކުރުން : ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މައިމީހާ އަންނާރު ޖޫސް ބޭނުންކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

• ލޭގެ ޕްރެޝަރު ދަށްކުރުން : ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު 5 އިންސައްތަ ދަށްވާނެ ކަމެކެވެ.

annaru-2• ހަކުރު ބަލި، ހުޅުތައް ދުޅަވުން، އަދި ލޭހޮޅިތައް ހަރުވުން : އަންނާރު ބޭނުންކުރުމަކީ ބަޔާންކުރެވިފައިވާ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީފާނެ ކަމެކެވެ. އަންނާރުގައި އެކުލެވޭ ޚާއްޞަ ސިފަތަކެއްގެ ސަބަބުން، ލޭހޮޅިތައް ބޯވެ، ހަރުކޮށްލާ ބަލިތަކާއި، ހުޅާއި މަޑުކަށިތައް ހަލާކުކޮށްލާ ބަލިތަކަށް މިމޭވާ ބޭނުންކޮށްގެން ލުއެއް ހޯދައިދެވިދާނެ ކަމަށް ބުނެވެއެވެ. ނަމަވެސް މިކަންކަން އިލްމީ ހޯދުންތަކުން އަދި ޔަގީންކުރެވިފައެއް ނުވެއެވެ. ވަރަށް ގިނަ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަންނާރު ޖޫހަކީ މަޑުކަށި ހަލާކުވުން ހުއްޓުވާ ކަމެކެވެ.

• ވިޓަމިން އިން މުއްސަދިވެފައިވުން : އަންނާރަކީ ތަފާތު ވިޓަމިން ތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.

• ދަތުގައި މެރައާއި ކޮބަޑި ޖެހުމުން ދުރުކޮށްދިނުން : އާންމުކޮށް އަންނާރު ބޭނުންކުރުމަކީ ދަތުގައި މެރައާއި ކޮބަޑި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.

• އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ މޭވާ ކަމުގައި ބުނެވެނީ އަންނާރު އެވެ. ބޭރަށް ހިންގުން ފަދަ ހާލަތްތަކުގައި ފޮނިތޮށި ކާފޫރު ތޮޅިއާއި އެކު އަންނާރު ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދެއެވެ. އަޑުކުރަކިވެ، ނުވަތަ އަޑު ގޮސްފައިވާނަމަ އަންނާރު ޖޫސް ބޭނުންކޮށްގެން އަގަދޮވުން ފަރުވާއެއް ކަމުގައި ފުދެއެވެ. މާމުޔާއި އެކު ބޭނުންކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ. ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށް، ކާހިތްވުން އިތުރުކޮށްދެއެވެ.

• ލޮލުގެ ފެނުން ސާފުކުރުމުގައި ވެސް އަންނާރު ބޭނުންކުރުން އެހީއަކަށް ވެއެވެ. ބަނޑުގައި ރިހުން ކުރިމަތިވުމުން ކުޑަލޮނު ކޮޅަކާއި އަސޭމިރުސް ކޮޅަކާއި އެކު އަންނާރު ބޭނުންކުރުމުން ރިހުން ފިލައިދާ ކަމުގައި ބުނެވެއެވެ. ހިރުގަނޑާއި، ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރިވެދެއެވެ.

• އެހެނިހެން ބައެއް ފައިދާތައް: އަންނާރު އަދި އޭގެ ޖޫސް ބޭނުންކުރުމުން :-
o ދުވަސްނުފުރާ ވިހެއުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
o ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަނުދީ ހިފަހައްޓައެވެ.
o ކަރުތެރެ ހަލާކުވުމުން ދުރުކޮށް ދެއެވެ.
o އެލްޒެއިމާ ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށްދެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިދެއެވެ.
o އަރިދަފުސް ރޯގާޖެހުން ކުޑަކޮށް ދެއެވެ.

މައުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.