ބުދަ20200527

އާކުރެވުނީ: 08:43:52

ބިލިމަގު

bilimagu-1ބިލިމަގު އަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އަސާރަ ހަދައިންގެންނާއި، ސަލަޑް ހަދައިގެން، އަދި މޭވާއެއްގެ ގޮތުގައި ވެސް ބިލިމަގު ކައިއުޅެއެވެ. މިއީ ވަރަށް ހުތް ގަދަ އެއްޗެއްކަމުން ބައެއް މީހުން މިމޭވާ ކެއުމަށް ދެކޮޅު ހަދާކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ބިލިމަގު
އިގިރޭސި ނަން : Bilimbi
ޢިލްމީ ނަން : Averrhoa Bilimbi

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
- ސޯޑިއަމް 32 ކިލޯކެލަރީ ހަކަތަ
- ޕޮޓޭސިއަމް 6.8 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.5 ގްރާމް ޕްރޮޓީން
8 މިލިގްރާމް ކެލްސިއަމް 0.7 ގްރާމް ފެޓް
- ކޮޕަރ 0.6 ގްރާމް ފައިބަރު
1.1 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
- މެގްނީޒިއަމް - ފޮލިކް އެސިޑް
- މެންގަނީޒް 0.032 މިލިގްރާމް ނިއެސިން
11.1 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް - ޕައިރިޑޮކްސިން
- ޒިންކް 0.026 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.010 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 58 އައިޔޫ ވިޓަމިން އޭ
- ކެރޮޓީން ބީޓާ 33 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ 1.46 މިލިގްރާމް ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

ބިލިމަގުން ލިބޭ ޞިއްޙީ ފައިދާތައް

• ބިލިމަގު އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.

• ބިލިމަގު ބޭނުންކޮށްގެން ހަދާފައި ހުންނަ ސަރުބަތުން:-
o ހުން ތިރިކޮށް ދެއެވެ.
o ދުޅަ ތިރިކޮށް ދެއެވެ.
o ފުރަގަސް ފަރާތުން ލޭއައުން ހުއްޓުވައެވެ.
o ފުރަގަސް ފަރާތް ފޭބުމުގެ މައްސަލައަށް ލުއިން ފޯރުކޮށް ދެއެވެ.

bilimagu-2• ކެންސަރުން ރައްކާތެރިވުން : ބިލިމަގުގައި ހިމެނޭ ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓެކެވެ. އަދި މިނޫން އެންޓި އޮކްސިޑެންޓްތައް ވެސް ބިލިމަގުގައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްފައި ބެހެއްޓުމަކީ މުސްކުޅިވުން ލަސްވެ، އެކިބާވަތުގެ ކެންސަރުތަކަށް ހަށިގަނޑުން ހުށަހެޅުން ކުޑަކޮށްދޭނޭ ކަމެކެވެ.

• ބިލިމަގު ޖޫސް، ލޮލަށް ޖައްސާ ތިއްކެއްގެ ގޮތުގައި ލޮލުގެ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރެއެވެ.

• ބިލިމަގު ފަތު ދިޔަ އަކީ ޖިންސީގުޅުމުން އަރާ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ.

• ބިލަމަގު ފަތް ކައްކައިގެން އެއިން ނެގޭ ދިޔަ، ފުރަގަސްފަރާތު ދޮރުގެ ވަށައިންގެން އުފެދޭ ދުޅަ އާއި، ރިހުން ތައް ލުއިކޮށް، ތިރިކުރުމަށް ބޭނުން ކުރެވެއެވެ.

• އަނގައިގެ ހުދުމާ އެޅުން، އަދި ކެއްސުން ލުއިކުރުމަށް ބިލިމަގު މަލުގެ ދިޔަ ބޭނުންކުރެވިދާނެ އެވެ.

• ބިލިމަގު ފަތު ދިޔަ ކެއްސުމަށާއި، ވިހެއުމަށް ރަހިމުގެ މަސްތައް ހަމައަކަށް އެޅުމަށް ބޭނުން ކުރެވެއެވެ.

• ކޯފުއްޕި ޖެހުމުން ދުޅަވެފައި ހުންނަ ކޮލުގަޔާއި، ރާއްޖެ ބަލި ޖެހުމުން ދުޅަވެފައި ހުންނަ ހުޅުތަކުގައި ދުޅަކަން ތިރިކުރުމަށް ބިލިމަގު ފަތް ޗިސްޗިސްކޮށްފައި އުގުޅައެވެ.

• ފަނިފަކުސަ އާއި ދިރޭތަކެތި ދަތްއަޅާ ތަންތަނުގައި ބިލިމަގުގެ އިތުރުން އެގަހުގެ ފަތް އުގުޅިދާނެއެވެ.

މައުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.