Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ކާނާ ޗެރީ

ޗެރީ

cherry-1ޗެރީ އަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ޗެރީ އަކީ ވެސް އޭގައި ވިޓަމިންތަކާއި، މަޢުދަންތައް އެކުލެވޭ އަދި އެހެނިހެން ކާނާގެ މުހިއްމު ބައިތައް ގުދުރަތީގޮތުން އެކުލެވިފައިވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގަޔާއި، ޖޫސް ގިރައިގެންނާއި، ޖޭމު ހަދައިގެން ވެސް ޗެރީ ބޭނުން ކުރެއެވެ. ޗެރީގެ ތެރޭގައި ފޮނިރަހަދޭ ޗެރީ އާއި، ހުތްރަހަދޭ ޗެރީ ހުރެއެވެ. ޗެރީއަށް އޭގެ ބޭރުގައި ހުންނަ މަޑު ރަތްކުލަ ލިބިފައިވަނީ އޭގައި ހުންނަ "އެންތޯސިއެނިން"ގެ މަތީ ތާސީރުގެ ސަބަބުންނެވެ.

ދިވެހި ނަން : ޗެރީ
އިގިރޭސި ނަން : Cherry
ޢިލްމީ ނަން : Prunus Avium / Prunus Cerasus

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
0 މިލިގްރާމް ސޯޑިއަމް 63 ކިލޯކެލަރީ ހަކަތަ
222 މިލިގްރާމް ޕޮޓޭސިއަމް 16.1 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.6ގްރާމް ޕްރޮޓީން
13 މިލިގްރާމް ކެލްސިއަމް 0.2 ގްރާމް ފެޓް
0.060 މައިކްރޯ ގްރާމް ކޮޕަރ 2.1 ގްރާމް ފައިބަރު
1.1 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
11 މިލިގްރާމް މެގްނީޒިއަމް 4 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.070 މިލިގްރާމް މެންގަނީޒް 0.154 މިލިގްރާމް ނިއެސިން
21 މިލިގްރާމް ފޮސްފަރަސް 0.199 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.049 މިލިގްރާމް ޕައިރިޑޮކްސިން
0.07 މިލިގްރާމް ޒިންކް 0.033 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.027 މިލިގްރާމް ތިއެމިން
0 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 640 އައިޔޫ ވިޓަމިން އޭ
38 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 7 މިލިގްރާމް ވިޓަމިން ސީ
0 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.07 މިލިގްރާމް ވިޓަމިން އީ
85 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 2.1 މައިކްރޯ ގްރާމް ވިޓަމިން ކޭ
- ލައިކޯޕީން

ޗެރީ އިން ލިބޭ ޞިއްޙީ ފައިދާތައް

• ތަދާއި، ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ޗެރީ އަކީ ގުދުރަތީގޮތުން ތަދާއި، ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ކަމަށް ބެލެވިފައިވާ މޭވާ އެކެވެ. އެހެންކަމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ތަދުތައް ފިލުވައި، ރިހުން ކަނޑުވައިދީ، ދުޅަތައް ތިރިކޮށް، ރަގަޅުކުރުމަށް ޗެރީގެ ބޭނުން ހިފިދާނެއެވެ. ޗެރީ އިން މިގޮތަށް މަސައްކަތްކުރުމުގެ ބާރު ލިބެނީ އޭގައި ހިމެނޭ ބަޔޯފްލޭވޮނޮއިޑް ތައް އަދި "އެންތޯސިއެނިން" (Anthocyanin)އޭކިޔާ މާއްދާއެއްގެ ސަބަބުންނެވެ. މިއީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ދުޅަތަކާއި ދެކޮޅަށްދޭ ބޭސްތަކާ އެއްވަރަކަށް، ރަގަޅަށް "ސައިކްލޯ އޮކްސިޖިނޭޒް"(Cyclooxygnase) އެންޒައިމްގެ މަސައްކަތަށް ހުރަސްއަޅާ މާއްދާ އެކެވެ.

އަދި މިދެންނެވި މާއްދާތަކުގެ ސަބަބުން، ބޮލުގެ ރިހުމާއި، ގައިގެ ރިހުން ލުއިކޮށްދެއެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 3 ފަހަރު ހުތް ޗެރީގެ ޖޫސް ފެނާއި އެކު ބޭނުންކުރުމަކީ ރާއްޖެބަލި ފަދަ ހުޅުގެ ބަލިތަކުން ރައްކާތެރިކޮށްދީފާނެ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކަސްރަތު ކުރުމާއި ގުޅިގެން ބައެއް ފަހަރު ހަށިގަނޑަށް އަރާ ތަދު ކުޑަކުރުމަށް ވެސް ޗެރީގެ ބޭނުން ހިފިދާނެ އެވެ. މީގެ އިތުރުން "ޔޫރިކް އެސިޑް" ލޭގައި ގިނަވުމުގެ ސަބަބުން، ފައިގެ ބޮޑުވައި އިގިލީގެ ހުޅު ދުޅަވާ ބައްޔެއް ކަމުގައިވާ "ގައުޓް" ކިޔާ ބައްޔަކުން ވެސް ރައްކާތެރިކަން ހޯދުމުގައި ޗެރީ ބޭނުންކުރުން އެހީއަކަށް ވެއެވެ.

• ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން : އެމެރިކާގެ މިޗިގަން ޔުނިވަސިޓީ އިން ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކެއުމުގައި ޗެރީ ގިނައިން ހިމެނުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަންތައްތައް ކުޑަކޮށްދޭނެ ކަމެކެވެ. އެގޮތުން ގިނައިން ޗެރީ ބޭނުންކުރާނަމަ، ހަށިގަނޑުން ބަރުދަން ލުއިކޮށްދީ، ހަށިގަނޑުގެ ފެޓްގެ މިންވަރު ދަށްކޮށް، ސަރުބީ އާއި ތެލުގެ ނިސްބަތް ވެސް ދަށްކޮށްދެއެވެ. ހިތުގެ ބަލިތަކުން ޗެރީ ބޭނުންކުރުމުން ރައްކާތެރިވަނީ، އޭގައި ހިމެނޭ "އެންތޯސިއެނިން"ގެ ސަބަބުންނެވެ. މިބާރުގަދަ އެންޓި އޮކްސިޑެންޓް އަކީ ލޭހޮޅިތަކުގެ ފާރުގައި ސަރުބީޖަމާވެ، ލޮޅިތައް ބެދުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ. އަދި ލޭހޮޅިތަކުގައި ފާރުގައި އުފެދޭ ދުޅަތިރިކޮށްދީ ރަގަޅުކޮށްދޭ މާއްދާ އެކެވެ.

• ކެންސަރުން ރައްކާތެރިކޮށްދިނުން : ދިރާސާކުރާ ފަރާތްތަކުން ހޯދާފައިވާގޮތުގައި ފޮނި ޗެރީގައި ހިމެނޭ އެންޓި އޮކްސިޑެންޓް "ސައެނިޑިން"(Cyanidin) އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާ އެކެވެ. މިބުނި މާއްދާ އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑު ސަލާމަތްކުރުމުގެ އިތުރުން، ކެންސަރުގެ ސެލްތަކާއި ދެކޮޅަށް ހަރަކާތްތެރިވާ މާއްދާ އެކެވެ. މީގެ އިތުރުން ޗެރީގައި ފައިބަރު އެކުލެވިފައި ހުރުމަކީ އެކަމުގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ މައްސަލަތައް ހައްލުކޮށްދީ، ގޮހޮރުގެ ކެންސަރުން ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ.

• ހަކުރު ބަލިން ރައްކާތެރިކޮށްދިނުން : ޗެރީ އަކީ "ގްލައިސިމިކް އިންޑެކްސް"(Glycemic Index) ދަށް މޭވާއަކަށް ވުމުން، މިއީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގްލައިސިމިކް އިންޑެކްސް ދަށް، ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ ، ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދީ، ހަކުރުބަލިން ރައްކާތެރިވުމުގައި އެހީތެރިވެދޭނެ ކަމެކެވެ.

• ހަދާނުގެ ބައި ރަގަޅުކުރުން : ޗެރީގައި ހިމެނޭ "އެންތޯސިއެނިން" (Anthocyanin)އަކީ ސިކުނޑިއަށް ބޭނުންތެރި، މާއްދާއެކެވެ. އެހެން ކަމުން ހަދާން ކުރުމުގެ ބައި މިމާއްދާގެ ސަބަބުން ރަގަޅުވެގެން ދެއެވެ.

cherry-2• ނިދުމަށް އެހީތެރިވުން : ޗެރީގައި ހަށިގަނޑުގެ ނިދީގެ ބުރު ކޮންޓްރޯލްކުރާ ހޯރމޯން "މިލެޓޯނިން"(Milatonin) އެކުލެވިފައި ވުމަކީ އެކަމުގެ ސަބަބުން ނިދުމަށް، އެހީތެރިވެދޭނެ ކަމެކެވެ. އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން މިލެޓޯނިން އުފައްދަނީ ރޭގަނޑު ނުވަތަ އަދިރީގެ ތެރޭގައެވެ. އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން އުފައްދާ މިލެޓޯނިންގެ ނިސްބަތް، ބޮކިއަލީގެ ސަބަބުން ދަށްވެގެން ދެއެވެ. އެހެން ކަމުން ރޭގަނޑު ރަގަޅަށް ނުނިދުމުންނާއި، މަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން ގެއްލިގެންދާ މިލެޓޯނިންގެ މިންވަރު އަނބުރާ ހަށިގަނޑަށް ހޯދައިދޭން ޖެހެއެވެ. މިލެޓޯނިންގެ މިންވަރު ދަށްވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތްކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މިލެޓޯނިން އަށް "ސިކުނޑިއަށް ލޭފޮނުވުމުގައި ދިމާވާ ހުރަސް"(Blood Brain Barrier) ކަނޑަތުކޮށް ސިކުނޑީގެ ތެރެއަށް ދިއުމުގެ ފުރުޞަތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް، ވާޞިލްވެ، ސިކުނޑީގެ ސެލްތަކަށް ހަމަޖެހުން ގެނެސްދެއެވެ. މިއީ ބޮލުގެ ރިހުމާއި، ނިދިނައުން ފަދަ މައްސަލަތަކަށް، ލުއިކަން ގެނެސްދޭނެ ކަމެކެވެ.

• އުމުރުން ދުވަސްވުން ލަސްކޮށްދިނުން : ޗެރީ އާންމުކޮށް ބޭނުންކުރާނަމަ މުސްކުޅިވުން ލަސްވާނެއެވެ. އެއީ ޗެރީގައި ހިމެނޭ "އައިސޯކްއެރިޓިން"(Isocreatine) ، އަދި "ކްއެރިޓިން"(Creatine) ކިޔާ ކަމްޕައުންޑް ތަކެއްގެ ސަބަބުންނެވެ. މިބުނި ކަމްޕައުންޑް ތަކަކީ "އޮކްސިޑޭޓިވް ސްޓްރެސް"(Oxidative stress) ގެ ސަބަބުން ހަށިގަނޑުގައި އުފެދިގެން އަންނަ މާއްދާތައް ހަށިގަނޑަށް ބޭރުކޮށް، ހުސްކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެހެންކަމުން މިސަބަބާހުރެ ޗެރީ ބޭނުންކުރުމަކީ މުސްކުޅިވުން ލަސްކޮށްދޭނެ ކަމެކެވެ.

މަޢުލޫމާތު:-

Comments