Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ކާނާ ދަނޑި އަލުވި

ދަނޑި އަލުވި

dhadi_aluvi_1

dhadi_aluvi_2

- ދަނޑިއަލުވި އަކީ ކާބޯހައިޑްރޭޓް އިން މުއްސަދިވެފައިވާ ، ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭ ކާނާގެ ބާވަތެކެވެ. ފެޓް އަދި ޕްރޮޓީން މަދު މިކާނާ ގައި ކޮންމެ ވެސް މިންވަރަކަށް ފޮސްފަރަސް އަދި ކެލްސިއަމް އެކުލެވިގެން ވެއެވެ. ދަނޑި އަލުވި ގަހުގެ ފަތަކީ ވެސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ފަތް ބޭނުންކުރެވެނީ ކައްކައިގެންނެވެ. ސޯޑިއަމް ވެސް ކޮންމެވެސް މިންވަރަކަށް އެކުލެވެއެވެ.

- ދަނޑިއަލުވީ ގެ ހިތި ވައްތަރު ރޯކޮށް ކެއުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އޭގައި ހައިޑްރޯ ސިއެނިކް އެސިޑް ފަދަ ވިހަ މާއްދާތައް އެކުލެވޭތީ އެވެ. ކެއްކުމުން މިބުނި މާއްދާގެ ބާރު ދުއްވާލަ އެވެ. ފޮނި ވައްތަރު ރޯކޮށް އަދި ކައްކައިގެން ވެސް ބޭނުންކުރެވިދާނެ އެވެ.

dhadi_aluvi_3

* ފައިދާހުރި ކާނާގެ ބައެއް ބާވަތްތައް (މައި ޞަފްޙާ)

Comments