ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ދަނބު

dhanbuދަނބަކީ ހުތްފޮނި ރަހައެއްދޭ މޭވާ އެކެވެ. މިއީ އުނިއޮށެއްގެ ސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ. ގިތި ނުވަތަ ނިލި ދަނބު ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރަތް، އަދި ދަނބުކުލައިގައި ވެސް ހުރެއެވެ. މިއީ ވެސް ކެއުމަށާއި، ޖޫސް ތައްޔާރުކުރުމަށް ބޭނުންކުރާ މޭވާ އެކެވެ.

ދިވެހި ނަން : ދަނބު
އިގިރޭސި ނަން : Java Plum / Jambolan
ޢިލްމީ ނަން : Syzygium Cumini

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
14 މިލިގްރާމް ސޯޑިއަމް 60 ކިލޯކެލަރީ ހަކަތަ
79 މިލިގްރާމް ޕޮޓޭސިއަމް 15.56 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.72 ގްރާމް ޕްރޮޓީން
19 މިލިގްރާމް ކެލްސިއަމް 0.23 ގްރާމް ފެޓް
- ކޮޕަރ - ފައިބަރު
0.19 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
15 މިލިގްރާމް މެގްނީޒިއަމް - ފޮލިކް އެސިޑް
- މެންގަނީޒް 0.260 މިލިގްރާމް ނިއެސިން
17 މިލިގްރާމް ފޮސްފަރަސް 0.160 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.038 މިލިގްރާމް ޕައިރިޑޮކްސިން
- ޒިންކް 0.012 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.006 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 31 އައިޔޫ ވިޓަމިން އޭ
- ކެރޮޓީން ބީޓާ 14.3 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ - ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

ދަނބުން ލިބޭ ޞިއްޙީ ފައިދާތައް

• ދަނބު ގަހުގެ އެކި ބައިތަކުގައި ހަކުރުބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، އަދި ލޭގައި ހަކުރު މައްޗަށް ދިއުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައިވެއެވެ. ދަނބު ގަހުގެ ތޮއްޓާއި، ފަތް، ދަނބު، އަދި އޮށަކީ ވެސް ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.

• ހޯދިފައިވާ ގޮތުން ދަނބަކީ ޗިސްމޭގައި އިންސިއުލިން އުފައްދާ ބީޓާ ސެލްތައް މަރާމާތުކޮށް އާ ސެލްތައް އުފެއްދުން އިތުރުކުރާ ކާނާގެ ބާވަތެކެވެ.

• ދަނބު އޮށުގައި "ޖަމްބޯލީން"(Jamboline) ކިޔާ ގުލްކޯޒުގެ ބާވަތެއް ހުރެއެވެ. މިއީ ސްޓާރޗް ހަކުރަށް ބަދަލުވުމުގެ މަސައްކަތް ކޮންޓްރޯލްކުރާ މާއްދާ އެކެވެ.

• ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި މިއީ މައިދާ ރައްކާތެރިކޮށްދިނުމުގެ ބާރު އެކުލެވިފައިވާ އެއްޗެކެވެ. ދަނބު އޮށް މުގުރައި ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެން ބޭނުންކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްވެއެވެ. އަދި މިއީ މާ އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން، އަދި ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

• ދަނބުގައި ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް މައިދާ އިން ދޫކުރުމަށް ބާރުއަޅާ ތަބީޢީ އެސިޑްތައް ހުރެއެވެ. އަދި މިއީ މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ.

• ދަނބު ފަތަކީ ހަށިގަނޑަށް ވިޓަމިން އީ ނެގުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދަނބު ފަތުގައި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވޭތީ ހިރުގަނޑު ދުޅަވުން ފަދަ ހާލަތުގައި ދަނބު ފަތް އެކަމަށް ފަރުވާކުރުމަށް ބޭނުން ކުރެވެއެވެ. ދަނބު ފަތަކީ ދަތްތަކާއި، ހިރުގަނޑު ވަރުގަދަކޮށް ރަގަޅުކޮށްދޭ އެއްޗެކެވެ.

• ދަނބުގަހުގެ ތޮއްޓަކީ ކުޑަކަމުދާ ތަކެތި ބޭރުވުން އިތުރުކޮށްދޭ، މައިދާއާއި ގޮހޮރުގައި އާލާވާ ފަނި މަރާލައި، ހަޖަމުކުރުމަށް އެހީތެރިވެދީ، އަދި ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދޭ އެއްޗެކެވެ.

• ދަނބުން ފައިދާ ހޯދައިދެވިދާނެ ބަލިތައް:
o ހަކުރު ބަލި
o ބޭރަށްހިންގުން
o ޑިސެންޓެރީ
o ދަދު
o އަނގަފާރު އެޅުން
o އަނގައިން ނުބައިވަސްދުވުން
o ކަރުތެރޭގެ މައްސަލަތައް

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.