ހުކުރު20201120

އާކުރެވުނީ: 08:43:52

ދިވެހި އަތަ

dhivehi-athaދިވެހި އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދިވެހި އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ދިވެހި އަތަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ދިވެހި ނަން : ދިވެހި އަތަ
އިގިރޭސި ނަން : Custard Apple
ޢިލްމީ ނަން : Annona Reticulata

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
7 މިލިގްރާމް ސޯޑިއަމް 75 ކިލޯކެލަރީ ހަކަތަ
287 މިލިގްރާމް ޕޮޓޭސިއަމް 17.71 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.57 ގްރާމް ޕްރޮޓީން
10 މިލިގްރާމް ކެލްސިއަމް 0.68 ގްރާމް ފެޓް
0.069 މައިކްރޯ ގްރާމް ކޮޕަރ 3 ގްރާމް ފައިބަރު
0.27 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
17 މިލިގްރާމް މެގްނީޒިއަމް 23 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.093 މިލިގްރާމް މެންގަނީޒް 0.644 މިލިގްރާމް ނިއެސިން
26 މިލިގްރާމް ފޮސްފަރަސް 0.345 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.257 މިލިގްރާމް ޕައިރިޑޮކްސިން
0.16 މިލިގްރާމް ޒިންކް 0.131 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.101 މިލިގްރާމް ތިއެމިން
0 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 51 އައިޔޫ ވިޓަމިން އޭ
2 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 12.6 މިލިގްރާމް ވިޓަމިން ސީ
1 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.27 މިލިގްރާމް ވިޓަމިން އީ
6 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 0 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

ނޯޓް: ދަނޑިގަޑު އަތަ، ދިވެހި އަތަ، އަނޯނާ ނިސްބަތްވަނީ އެއްއާއިލާ އަކަށެވެ. އެހެންކަމުން މިއިން ކޮންމެ މޭވާއަކުން ކާނާގެ ބައިތައް ފޯރުކޮށްދެނީ ދާދި އެއްވަރަކަށެވެ.

ދިވެހި އަތަ އިން ލިބޭ ޞިއްޙީ ފައިދާތައް

• ކެންސަރުން ރައްކާތެރިކުރުން : ދިވެހި އަތައިގައި ތަބީޢީ އެންޓި އޮކްސިޑެންޓް ތައް ކަމަށްވާ، ވިޓަމިން ސީ، އަދި ވިޓަމިން އޭ ހުރެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ބަލިތަކާއި، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށް ސަލާމަތް ކޮށްދެއެވެ. ދިވެހި އަތައިގައި ފައިބަރު ހުރުމަކީ، ގޮހޮރުގެ ކެންސަރުޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.

• ލޯ އަދި ހަމާއި އިސްތަށީގެ ދުޅަހެޔޮކަން : ދިވެހި އަތައިގައި ވިޓަމިން އޭ ހުރުމަކީ ލޮލުގެ ދުޅަހެޔޮކަމަށް އެބޭނުންކުރުމުން މަންފާ ލިބިދޭ ކަމެކެވެ. އަދި ދިވެހި އަތަ ބޭނުންކުރުމަކީ ލޮލުގެ ފެނުން ރަގަޅުކޮށްދިނުމުގައި އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ދިވެހި އަތައިގައި ހިމެނޭ ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީގެ ސަބަބުން، ހަމާއި، އިސްތަށީގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދެއެވެ.

• ހިތުގެ ދުޅަހެޔޮކަން : ދިވެހި އަތައިގައި މެގްނީޒިއަމް ހުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ލިބޭ ފައިދާ އެކެވެ. މެގްނީޒިއަމް އަކީ ގުޅަކައި ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އަޅުވައި، ރާއްޖެބަލި ޖެހިފައިވާ ހުޅުތަކުން އެސިޑް ބޭރުކޮށް، އެބަލީގެ އުދަގޫތައް ކުޑަކޮށްދޭ މާއްދާ އެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައި ފެނުމިންވަރު ވެސް ހަމަހަމަ ކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މެގްނީޒިއަމް ހުރުމަކީ ހިތުގެ ބަލިތަކުން މިންޖުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިންބީ6 ނުވަތަ ޕައިރިޑޮކްސިން ވެސް ދިވެހި އަތައިގައި ހުރެއެވެ. ޕައިރިޑޮކްސިން އަކީ އެމިނޯއެސިޑް ހީމޯސިސްޓެއިންގެ މިންވަރު ލޭގައި ދަށްކުރާ މާއްދާ އެކެވެ. އެމިނޯއެސިޑްގެ މިންވަރު ލޭގައި މަތިވުމަކީ ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކާއި، ސްޓްރޯކްެ ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

• ވަރުބަލިކަން ކުޑަކުރުން : އާދަޔާ ޚިލާފަށް ވަރުބަލިކަމާއި، ވާޅުކަން އިހްސާސްވާ މީހުންނަށް ދިވެހި އަތަ އަކީ ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ. އެއީ ދިވެހި އަތައިގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ވަރުބަލިވެފައިވާ މަސްތަކަށް ބާރުގެނެސްދޭތީ އެވެ.

• ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން : ދިވެހި އަތައިގައި ފައިބަރު ހުރުމުގެ ސަބަބުން އެބޭނުންކުރާނަމަ، ބަނޑުހިކުމުގެ މައްސަލައާއި ދުރުކޮށްދެއެވެ. އަދި ހަޖަމުކުރުމަށް ފަސޭހަވެ، ހަޖަމުކުރުމާއި ގުޅުންހުރި ބަނޑާއި މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ.

• އެހެނިހެން ކަންތައްތައް :-

o ނިލިއަތަ، ހިއްކައި، ޗިސްކޮށްގެން ބޭރަށްހިންގުމަށް ފަރުވާ ކުރުމުގައި ބޭނުންކުރެއެވެ.

o ދިވެހި އަތައިގެ އޮށުގައި ފަނިފަކުސަ މަރާލުމުގެ ބާރު ހުރެއެވެ.

o ހަށިގަނޑުގެ ދަގަނޑުގެ މިންވަރު މަތިކޮށް ލޭމަދުވުމުން ރައްކާތެރިކޮށްދެއެވެ.

o ކަރުތެރެއާއި ފުއްޕާމޭގައި ހިފާފައި ހުންނަ ދަވަ ސާފުކޮށް ދެއެވެ.

o ދިވެހި އަތައިގައި ސަރުބީ ހުންނަނީ ވަރަށް މަދުންނެވެ. މިއީ ފުރިހަމަ ޞިއްހަތަކަށް ރަގަޅުކަމެކެވެ.

o މޭނުބައިކުރުމާއި ހޮނޑުލުން އަދި ބޯއެނބުރުމަށް ފަރުވާކުރުމަށް ބޭނުންކުރެވެއެވެ.

ނޯޓް : ދިވެހި އަތަ އާއި، ދަނޑިގަޑު އަތަ، އަދި އަނޯނާ އަކީ ވެސް އަނޯނާ އާއިލާއަށް ނިސްބަތްވާ މޭވާތަކަށް ވުމުން އެމޭވާ ތަކުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ. އަދި މި3 ބާވަތުގެ މޭވާ އަކީ ވެސް ޞިއްޙީ ގޮތުން ދާދި އެއްފައިދާ ތަކެއް ގެނެސްދޭ މޭވާތަކެއް ކަން ހަދާން ބެހެއްޓުން މުހިއްމެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.