ހޮނިހިރު20180908

އާކުރެވުނީ: 08:43:52

ގޯނބިލި

goabiliގޯނބިލި އަކީ ބިލަމަގު ގަހާއި ވައްތަރު އެއަށްވުރެ މައްޗަށް ހެދޭ ގަހެއްގައި އަޅާ ވަށްކޮށް، ފަތިކޮށް ފިތްފިތް ހުންނަ މޭވާ އެކެވެ. ގޯނބިލީގައި ދޭނީ ހުތް ރަހަ އެކެވެ. އަސާރަ ހެދުމަށާއި، ބައެއް ކަހަލަ ސަލަޑް ތައްޔާރު ކުރުމަށް، އަދި ކާނާގެ ތަފާތު ވައްތަރުތައް ތައްޔާރުކުރުމަށް ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ގޯނބިލި ބޭނުންކޮށް އުޅެއެވެ. މިއީ މަދުން ނަމަވެސް އޭގައި ޞިއްޙީ ފައިދާތަކެއް ވެސް އެކުލެވޭ މޭވާ އެކެވެ.

ދިވެހި ނަން : ގޯނބިލި
އިގިރޭސި ނަން : Star Gooseberry
ޢިލްމީ ނަން : Phyllanthus Acidus

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
- ސޯޑިއަމް 28 ކިލޯކެލަރީ ހަކަތަ
- ޕޮޓޭސިއަމް 6.4 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.155 ގްރާމް ޕްރޮޓީން
5.4 މިލިގްރާމް ކެލްސިއަމް 0.52 ގްރާމް ފެޓް
- ކޮޕަރ 0.8 ގްރާމް ފައިބަރު
3.23 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
- މެގްނީޒިއަމް - ފޮލިކް އެސިޑް
- މެންގަނީޒް 0.292 މިލިގްރާމް ނިއެސިން
23 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް - ޕައިރިޑޮކްސިން
- ޒިންކް 0.013 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.025 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ - ވިޓަމިން އޭ
- ކެރޮޓީން ބީޓާ 4.6 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ - ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

ގޯނބިލިިން ލިބޭ ޞިއްޙީ ފައިދާތައް

· އިންޑިޔާގައި ލޭތާޒާކޮށް، ރަގަޅުކުރުމަށް "ލިވަރ ޓޮނިކް"(Liver Tonic) އެއްގެ ގޮތުގައި ގޯނބިލި ބޭނުން ކުރެއެވެ.

· ބަނޑުގައި ރިހުން ކުޑަކޮށް، ލުއިކުރުމަށް ގޯނބިލި ދިޔަ ބޭނުން ކުރެއެވެ.

· ގޯނބިލި ފަތް، އަސޭމިރުހާ އެއްކޮށްގެން ފުޑައިގެން، ތަދުވާ ތަންތަނުގައި އުގުޅައެވެ. އެގޮތުން ރާއްޖެބަލި ޖެހިގެން ތަދުވާ ހުޅުތަކުގަޔާއި، ބުރަކައްޓާއި އުނަގަނޑުގައި ރިހުން ކުރިމަތިވެފައިވާ މީހުންނަށް ތަދުވާ ތަންތަނުގައި އުގުޅުމަށް ބޭނުންކުރެއެވެ.

· ގޯނބިލި ފަތުގައި ތަތްކަމެއް ހުންނާތީ، ކިހުނުވުން މެދުވެރިވާ މީހުންނަށް ފަރުވާ ކުރުމަށް ބޭނުން ކުރެއެވެ.

· ގޯނބިލި މޫ ފެނުކައްކައިގެން އެފެނުން އާވިއެރުވުމުން ކެއްސުމާއި ބޮލުގައި ރިހުން ލުއިކޮށްދެއެވެ.

· ގޯނބިލިމުލުގެ ދިޔަ ކުޑަ މިންވަރަކަށް ބޭނުންކުރުމުން ނޭވާހިއްލުމުގެ އުދަނގޫ ފަސޭހަކޮށް ދެއެވެ.

· ފައިގެ ދަށްފުށުގައި އުފެދޭ "ސޮރައިސިސް"(Psorasis) އަށް ފަރުވާ ކުރުމަށް ގޯނބިލިމޫ ބޭނުން ކުރެއެވެ.

· ގޯނބިލި ފަތް ބޭނުންކޮށްގެން، ކެއްސުން، ކެންސަރު، އަދި އަނގަފާރަށް ފަރުވާ ކުރުމަށް ބޭނުން ކުރެއެވެ.

· ގޯނބިލި އޮށް ބަނޑުހިކުން ފަސޭހަކޮށްދިނުމަށާއި، މޭނުބައިކުރުން ކުޑަކުރުމަށް ބޭނުން ކުރެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.