ހުކުރު20201016

އާކުރެވުނީ: 08:43:52

ޖަންބު

janbuޖަންބަކީ ޖަނބުރޯލު ފަދައިން ހުތް ފޮނި މޭވާއެކެވެ. ޖަންބުގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަންބު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަންބު ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމުގައި ވެސް ބޭނުންކުރެވިދާނެ އެވެ.

ދިވެހި ނަން : ޖަންބު
އިގިރޭސި ނަން : Rose Apple / Malay Apple
ޢިލްމީ ނަން : Syzygium Jambos

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
0 މިލިގްރާމް ސޯޑިއަމް 25 ކިލޯކެލަރީ ހަކަތަ
123 މިލިގްރާމް ޕޮޓޭސިއަމް 5 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 2.20 ގްރާމް ޕްރޮޓީން
29 މިލިގްރާމް ކެލްސިއަމް 0.3 ގްރާމް ފެޓް
0.016މައިކްރޯ ގްރާމް ކޮޕަރ - ފައިބަރު
0.070 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
5 މިލިގްރާމް މެގްނީޒިއަމް - ފޮލިކް އެސިޑް
0.029 މިލިގްރާމް މެންގަނީޒް 0.800 މިލިގްރާމް ނިއެސިން
8 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.100 މިލިގްރާމް ޕައިރިޑޮކްސިން
0.060 މިލިގްރާމް ޒިންކް 0.030 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.020 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 339 އައިޔޫ ވިޓަމިން އޭ
- ކެރޮޓީން ބީޓާ 22 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ - ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
. ލައިކޯޕީން

 ޖަންބުން ލިބޭ ޞިއްޙީ ފައިދާތައް

• ހުޅަނގުގެ ގައުމުތަކުގައި ހަދާފައިވާ ބައެއް ދިރާސާތަކުން :- އަންނަނިވި ސިފަތައް ޖަންބުގައި އެކުލެވޭ ކަމަށް ހާމަކޮށްފައި ވެއެވެ.

o ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ޚާއްޞަކޮށް "ސްޓެފައިލޯކޯކަސް"(Staphylococcus)ގެ ތަފާތު ވައްތަރުގެ ޖަރާސީމްތަކާއި، "ޔާރސިނިއާ އެންޓީރޯކޮލައިޓިކާ"(Yersinia Enterocolitica) ފަދަ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން އެކުލެވިގެންވާކަން ވަނީ ހޯދިފައެވެ. މިގޮތުން މި ޚާއްޞިއްޔަތު ލިބެނީ ޖަންބު ގަހުގެ ތޮށީގައި ހުންނަ "ޓެނިން"(Tannin) ގެ ސަބަބުންނެވެ.

o ލޭގައި ހަކުރު ދަށްކުރުމުގެ ބާރު

o ލޭމަނާކުރުމުގެ ބާރު

o އެންޓި ސެޕްޓިކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބާރު

o އެސްޓްރިންޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބާރު

• ބޭރަށްހިންގުން : ދިރާސާތަކުން ދައްކާގޮތުގައި ބޭރަށްހިންގުން ޖެހިފައިވާ މީހުންނަށް ޖަންބު ކާންދިނުމުން ބޭރަށްހިންގުން ފަސޭހަ ރަގަޅުވެއެވެ. ޚާއްޞަކޮށް ބޭރަށްހިންގުމުގެ ވައްތަރެއް ކަމުގައިވާ "ޑިސެންޓެރީ" އަށް ފަރުވާ ކުރުމަށް ޗައިނާގައި ޖަންބު ބޭނުންކުރެއެވެ. ބޭރަށްހިންގައި ހުން އަންނަނަމަ، ސުރިނާމްގައި ޖަންބު ގަހުގެ ފަތް ބޭނުންކުރާއިރު، ބޭރަށްހިންގައި ބަނޑުގައި ރިއްސާނަމަ ސުރިނާމް ގައި ޖަންބު ބޭނުން ކުރެއެވެ.

• ހަކުރު ބަލި : ފަހުގެ ދިރާސާތައް ބުނާގޮތުގައި ޖަންބަކީ ހަކުރު ބަލީގެ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ. ޖަނބުރޯލް އަދި ޖަންބު ވެސް ހިމެނެނީ ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތަކުގެ ތެރޭގައެވެ. އަދި މިއީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭ އެއްޗެއްކަންވަނީ ހޯދިފައެވެ. އިންޑިޔާ، ބްރެޒިލް، ޗައިނާ، ސުރިނާމް، ފަދަ ގައުމުތަކުގައި ޖަންބުގަހުގެ ފަތާއި، ލަކުނޑި އަދި އޮށް ވެސް ހަކުރުބަލީގެ އަހުލުވެރިންނަށް ދީއުޅެއެވެ.

janbu-2- ޖަންބު ގަހުގެ ލަކުނޑިއާއި، ޖަންބު މުލުގެ ތޮށީގައި "ޖަމްބޯސީން"(Jambosine) ކިޔާ އެލްކަލޮއިޑް އެއް ހުރެއެވެ. ބެލެވިފައިވާ ގޮތުގައި ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މިއީ ސްޓާރޗް ހަކުރަށް ބަދަލުވުން ހުއްޓުވާ މާއްދާ އެކެވެ. ނަމަވެސް މިކަން ދިރާސާތަކުގެ އަލީގައި އަދި މުޅިން ސާބިތުނުކުރެވޭކަން ފާހަގަކޮށްލަން ޖެހެއެވެ.

• އެކިއެކި މުޖުތަމަޢު ތަކުގައި : ޖަންބު ގަހުގެ ބައިތައް އެކިއެކި މުޖުތަމަޢުގައި އެކިއެކި ކަންކަމުގައި ބޭނުންކުރެވެއެވެ.

o ސުރިނާމް : ލޭމައްޗަށްދިއުމުން ލޭދަށްކުރުމަށް ޖަންބު އޮށުގެ ބޭނުން ހިފައެވެ.

o އިންޑިޔާ : ލޭމަނާކުރުމަށް ޖަންބު ބޭނުންކުރެއެވެ.

o އިންޑިޔާ : ކަރުތެރެ ހަލާކުވެ، ކަރަށް ތަދުވާނަމަ ޖަންބު ބޭނުންކުރެއެވެ.

o އިންޑިޔާ : ނޭވާލާއިރު އަޑުހުރުން، ނޭވަޔަށް އުދަގޫކުރުން އަދި ކެއްސުން ލުއިކުރުމަށް ޖަންބު ބޭނުންކުރެއެވެ.

o އިންޑިޔާ : ލިވަރ ޓޮނިކް އަދި ބްރެއިން ޓޮނިކް އެއްގެ ގޮތުގައި ވެސް ޖަންބު ބޭނުންކުރެއެވެ.

o އިންޑިޔާ : ހުންތިރިކުރުމަށް ޖަންބު މަލުގެ ބޭނުން ހިފައެވެ.

o ޗައިނާ : އުކުޑިކޮށްޓުން ހުއްޓުވުމަށް ޖަންބު ތޮށި ބޭނުންކުރެއެވެ.

o ޗައިނާ : ވަޅިން ކަނޑައިގެންދާ ތަންތަނުން ލޭމަނާކުރުމަށް ޖަންބު، އަދި ގަހުގެ ތޮށި ބޭނުންކުރެއެވެ.

o ޗައިނާ : ހޮނޑުލުން މަނާކުރުމަށް ޖަންބު ބޭނުންކުރެއެވެ.

o އެފްރިކާގެ ގައުމުތައް : ގައިންގަޔަށްއަރާ ހަމުގެ ބަލިތަކުން ސަލާމަތްވުމަށް ޖަންބުގަހުގެ މުލުގެ ތޮށި ބޭނުންކޮށް އުޅެއެވެ. އެގޮތުން ޖަންބުގަހުގެ މުލުގެ ތޮށީގައި "ބެޓޫލިނިކް އެސިޑް"(Betulinic Acid) އަދި "ފްރައިޑެލޯލްއެސީޓޯން"(Friedelolacetone) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ފަންގަސް ގެ ސަބަބުން ޖެހޭ ބައެއް ކަހަލަ ހަމުގެ ބަލިތަކާއި ދެކޮޅަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ މާއްދާތަކެއްކަމަށްވަނީ ބެލެވިފައެވެ.

o ނޭޕާލް : ފުރަމޭގެ މައްސަލަތަކަށް ޖަންބުގަހުގެ ލަކުނޑި ބޭނުން ކުރެއެވެ.

o ކިއުބާ : އާންމުން ގަބޫލުކުރާ ގޮތުގައި ޖަންބުގަހުގެ މޫ ބޭނުންކޮށްގެން ވެއްޓޭ ބައްޔަށް ފަރުވާކުރެވެއެވެ.

ނޯޓް:- ޖަނބުރޯލް އަދި ޖަންބަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެމޭވާ އެވެ. އެހެންކަމުން މިދެމޭވާގެ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ގާތްކަމެކެވެ. ވީމާ ކޮންމެ މޭވާއެއްގެ ޞިއްޙީ ފައިދާ ވެސް މިތަނުގައި ބަލާލުން މުހިއްމެވެ.

މައުލޫމާތު :

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.