ހޯމަ20180910

އާކުރެވުނީ: 08:43:52

ކާމަރަނގަ

kaamaraga-1ކާމަރަނގަ އަކީ ހުތްފޮނި މީރު މޭވާ އެކެވެ. މިމޭވާ ހުރަހަށް ފޮތި ޖެހުމުން ހުންނާނީ މަލެއްގެ ސިފައިގައެވެ. މިއީ ބިލިމަގާއި އެއްއާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. ކާމަރަނގައިގައި ތަފާތު ވިޓަމިންގެ ބާވަތްތަކާއި، އެކިއެކި މަޢުދަންތަކާއި، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ. ކާމަރަނގަ އަކީ އާންމުކޮށް މޭވާއެއްގެ ގޮތުގަޔާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކުރާ އެއްޗެކެވެ. ކާމަރަނގައިގެ ފޮނި، އަދި ހުތް ވައްތަރެއް ހުރެއެވެ.

ދިވެހި ނަން : ކާމަރަގަ
އިގިރޭސި ނަން : Starfruit / Carambola
ޢިލްމީ ނަން : Averrhoa Carambola

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
2 މިލިގްރާމް ސޯޑިއަމް 31 ކިލޯކެލަރީ ހަކަތަ
133 މިލިގްރާމް ޕޮޓޭސިއަމް 6.73 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.04 ގްރާމް ޕްރޮޓީން
3 މިލިގްރާމް ކެލްސިއަމް 0.33 ގްރާމް ފެޓް
0.1 މައިކްރޯ ގްރާމް ކޮޕަރ 2.8 ގްރާމް ފައިބަރު
0.1 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
10 މިލިގްރާމް މެގްނީޒިއަމް 12 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.082 މިލިގްރާމް މެންގަނީޒް 0.4 މިލިގްރާމް ނިއެސިން
12 މިލިގްރާމް ފޮސްފަރަސް 0.39 މިލިގްރާމް ޕެންތޮނިކްއެސިޑް
0.6  މައިކްރޯ ގްރާމ ސިލެނިއަމް 0.100 މިލިގްރާމް ޕައިރިޑޮކްސިން
0.12 މިލިގްރާމް ޒިންކް 0.027 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.028 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 61 އައިޔޫ ވިޓަމިން އޭ
- ކެރޮޓީން ބީޓާ 34.4 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ 0.02 މިލިގްރާމް ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

ކާމަރަނގަ އިން ލިބޭ ޞިއްޙީ ފައިދާތައް

• ކާމަރަނގަ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

- އެމެރިކާގެ އެގްރިކަލްޗަރ މިނިސްޓްރީ ނެރެފައިވާ މަޢުލޫމާތުތަކަށް ބަރޯސާވެ ބަލާއިރު، ފޮތިކޮށްފައި ހުންނަ ކާމަރަނގަ އަޅާފައި ހުރި އެންމެ ޖޯޑަކުން 37.2 މިލިގްރާމްގެ ވިޓަމިން ސީ ހަށިގަނޑަށް ލިބެއެވެ.

ކާމަރަނގައިގައި ކޮންމެ ވެސް ވަރަކަށް ވިޓަމިން ބީ ގެ ވައްތަރު ތައް ހުރެއެވެ. އެގޮތުން:-

o ޕެންތޮނިކް އެސިޑް : ލޭގެ ސަރުބީ ދަށްކޮށް، ބަލިތަކުން އަވަހަށް ފަސޭހަ ކުރުމަށް އެހީވެއެވެ.

o ފޮލިކް އެސިޑް : މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު ޢައިބުވުން ކުޑަކޮށް ދެއެވެ.

o ފޮލިކް އެސިޑް : ހާރޓް އެޓޭކް ފަދަ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ.

o ބީޓާ ކެރޮޓީން : ކާމަރަނގައިގައި ބީޓާ ކެރޮޓީން ހުރެއެވެ. މިއީ ވިޓަމިން އޭ އަށް ބަދަލުވާ މާއްދާ އެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކުރުމަށް މުހިއްމު މާއްދާ އެކެވެ.

• ކާމަރަނގައިގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އަދި އެންޓި އޮކްސިޑެންޓްގެ ބާރު ހުރެއެވެ. މިހެންވުމުން:-

o ތަފާތު ބެކްޓީރިޔާ ތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. އެގޮތުން އެބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި، ސްޓެފައިލޯކޯކަސް ޔޫރިއަސް، ސަލްމޮނެއްލާ ޓައިފި، އީކޮލައި، އަދި ބެސިއްލަސް ސެރިއަސް ހިމެނެއެވެ.

o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކެންސަރުގެ ތަފާތު ބާވަތްތަކުން ހިމާޔަތްވުމަށް އެހީތެރި ވެއެވެ.

- ކާމަރަނގައިގައި ހިމެނޭ ފައިޓޯކެމިކަލް ތަކުގެ ތެރޭގައި، ފްލޭވޮނޮއިޑް ތަކާއި، އެލްކަލޮއިޑް ތަކާއި، ސެޕޯނިން އަދި ޓެނިން ހިމެނެއެވެ.

ކާމަރަނގައިގައި ވަރަށް ގިނަ ވައްތަރުގެ މަޢުދަންތައް ހުރެއެވެ. މިހެންވުމުން:-

o ޕޮޓޭސިއަމް : ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީވެއެވެ.

o ދަގަނޑު : ލޭ ރަގަޅުކުރުމުގައި އެހީތެރި ވެދެއެވެ.

o ކެލްސިއަމް އަދި މެގްނީޒިއަމް : ކަށިތައް ވަރުގަދަކުރުމުގައި އެހީވެއެވެ.

• ކާމަރަނގައިގައި ވަރަށް ގިނައިން ފައިބަރު ހުރެއެވެ. މިހެންވުމުން:-

o ލޭގެ ސަރުބީގެ މިންވަރު ދަށްކުރުމަށް އެހީތެރި ވެއެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.

o ލޭގެ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރި ވެއެވެ. ފައިބަރުގެ ސަބަބުން ކާބޯހައިޑްރޭޓް ހަށިގަނޑަށް ނެގުން ދަށްވެ، އެކަމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެއެވެ.

o ބަނޑުހިކުން ފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރި ވެއެވެ.

o މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ.

o ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރި ވެއެވެ.

• އެހެނިހެން ބައެއް ފައިދާތައް:-

okaamaraga-2 ހެދުނު ހޭލާގޮތަށް ފޮނި ކާމަރަނގައެއް ކާލުމުން ހައިކަން ފިލައެވެ.

o ހަށިގަނޑުގައި އުފެދޭ ހޫނުގެ މިންވަރު ދަށްކޮށް ހަށިގަނޑު ފިނިކޮށް ދެއެވެ.

o ލޮލުގައި އުފެދޭ ފާރަށް ކާމަރަނގަ އިން ފަރުވާ ކުރެއެވެ.

o ވިހެއުމަށްފަހު އުރަމަތިން ކިރު ނާންނަމަ ކާމަރަނގަ ބޭނުންކުރުމުން ކިރުބޭރުވާގޮތް ވެއެވެ.

o ހޫނުވެގެން ޖެހޭ ސްޓްރޯކަށް ފަރުވާގެ ގޮތުގައި ފޮނި ކާމަރަނގަ ބޭނުން ކުރެއެވެ.

o ހަޖަމުނުވުމާއި، މޭނުބައިކޮށް ހޮނޑުލުމަށް ވެސް ކާމަރަނގަ އިން ފަރުވާކުރެއެވެ.

o ގުރުދާ، އަދި މަސާނާގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ބްރެޒިލްގައި ކާމަރަނގަ ބޭނުންކުރެއެވެ.

o ކަރުހިއްކުން ފިލުވުމާއި، ކުޅު ބޭރުވާނެގޮތް ހެދުމަށް ޗައިނާގައި ކާމަރަނގަ ބޭނުން ކުރެއެވެ.

o ކާމަރަނގައިގެ ތޮށީގައި ޓެނިން ކިޔާ މާއްދާއެއް ހުރެއެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ މަސައްކަތް ކޮންޓްރޯލްކޮށް، ބޭރަށްހިންގުމަށް ފަރުވާ ކުރުމަށް ބޭނުން ކުރެވެއެވެ.

o ތައިރޮއިޑް ހޯރމޯންގެ މަަސައްކަތް ތަންޒީމުކުރުން : އެގޮތުން ނިދުމާއި ކެއުމުގެ ކަންތައް ތަންޒީމުކުރުމަށް ކާމަރަނގަ ކެއުމަކީ ބޭނުންތެރި ކަމެކެވެ.

ނޯޓް: ދިރާސާ ބުނާގޮތުން ގުރުދާ ފޭލްވެގެން ޑައަލިސިސް ހަދަމުންދާ މީހުން ކާމަރަނގަ ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އޭގައި ހިމެނޭ "އޮކްސަލިކް އެސިޑް"(Oxalic Acid) ގެ ސަބަބުންނެވެ. މިފަދަ ބަލިމީހުން ކާމަރަނގަ ބޭނުންކޮށްފިނަމަ، އުކުޑިކޮށްޓައި، މޭނުބައިކޮށް ހޮނޑުލެވި، ވާނުވާނޭގި، ފިޓްޖެހި، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.