Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ކާނާ ކަށަވަކި (ކަށަވައް)

ކަށަވަކި (ކަށަވައް)

kashavakiކަށަވަކި (ކަށަވައް)ދިވެހި ނަން : ކަށަވަކި
އިގިރޭސި ނަން : Shoebutton (Ardisia)
ޢިލްމީ ނަން : Ardisia Elliptica / Ardisia Forbesii

ކަށަވަކި ނުވަތަ ކަށަވަކަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށްހެދޭ ގަހެއްގައި އަޅާ ދޮންމޫސަ އެއްގެ ސައިޒަށް ހުންނަ މޭވާ އެކެވެ. ދޮންނުވާއިރު ފެހިކުލައިގައި ހުންނަ މިމޭވާ ދޮންވުމުން ހުންނާނީ ކަޅު ނުވަތަ ދަނބުކުލައިގައެވެ. އަދި ދޮންވާން ދާއިރު މަޑު ފިޔާތޮށި، މެރޫން، އަދި ރަތްކުލައިގައި ވެސް ހުރެއެވެ.

ކަށަވަކުން ލިބޭ ޞިއްޙީ ފައިދާތައް

• ބޭސް އުފައްދާ ފަރާތްތަކުން "ލޭގަނޑުކުރުމާ ދެކޮޅަށް މަސައްކަތްކުރާ"(Antiplatelet) މާއްދާއެއްގެ ގޮތުގައި، އަދި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރާ(Antibacterial) މާއްދާއެއްގެ ގޮތުގައި ކަށަވައް ބޭނުންކުރެއެވެ.

• ބައެއްކަހަލަ ފައިޓޯނިއުޓްރިއެންޓް ތައް ވެސް ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ހުންނަ މާއްދާތަކުގެ ތެރޭގައި "ކުއެރެސްޓިން"(Quercetin)، "ބާރގެނިން"(Bergenin)، "އަމައިރިން"(Amyrin)، އަދި "ސިރިންޖިކް އެސިޑް"(Syringic Acid) ފަދަ މާއްދާތައް ހިމެނެއެވެ.

• މެލޭޝިޔާގައި : މޭގެ ރިހުމަށާއި، މޭދަށުގައި ހުންނަ ރިހުން ލުއިކުރުމަށް ކަށަވައްފަތް ޗިސްކޮށްގެން އޭގެ ޕޭސްޓް ބޭނުންކުރެއެވެ. އަދި އެ ޕޭސްޓް ހާރޕީޒް ސިމްޕްލެކްސް އަދި ހިމަބިހި ފަދަ ބަލި ޖެހުމުން އުފެދޭ ފޮޅާއި ބިހީގައި އުގުޅައެވެ.

• ތައިލޭންޑްގައި :ގަދީމީބޭސްވެރިކަމުގައި ބޭރަށްހިންގުން ހުއްޓުވުމަށާއި، ހުންތިރިކުރުމަށް ކަށަވައް ބޭނުންކޮށްފައި ވެއެވެ.

• ދެކުނު އޭޝިޔާގައި : ގޮހޮރުގައި އުފެދޭ ޕެރަސައިޓް މަރައި ހަށިގަނޑުން ބޭރުކުރުމަށް ކަށަވައް ބޭނުންކުރެއެވެ. އަދި ކަސްއެޅުމަށް ފަރުވާ ކުރުމަށް ކަށަވައް ފަތް ބޭނުންކުރެއެވެ.

މަޢުލޫމާތު:-

Comments