ބުދަ20200527

އާކުރެވުނީ: 08:43:52

މަބުސްތާނު

mabustaanމަބުސްތާނަކީ އަނގަޔަށް ވަރަށް މީރު މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެކުލެވޭ މޭވާ އެކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތްތައް ރަގަޅުކޮށް، ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ ތަފާތު މާއްދާތައް އެހެން މޭވާތައް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފަދައިން މަބުސްތާނު ކެއުމުން ވެސް ހަށިގަނޑަށް ލިބިގެން ދެއެވެ. މިއީ ބޮޑެތި މީހުން ބޭނުންކުރުން ކަމުދާ އެއްޗަކަށް ވިޔަސް ކުޑަކުދިން ބޭނުންކުރުން ރައްކާތެރި ނުވެދާނެ ކަމަށް ބައެއް ދިރާސާތައް ބުނެފައި ވެއެވެ.

ދިވެހި ނަން : މަބުސްތާނު
އިގިރޭސި ނަން : Mangosteen
ޢިލްމީ ނަން : Garcinia Mangostana

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
7 މިލިގްރާމް ސޯޑިއަމް 63 ކިލޯކެލަރީ ހަކަތަ
48 މިލިގްރާމް ޕޮޓޭސިއަމް 15.6 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.50 ގްރާމް ޕްރޮޓީން
5.49 މިލިގްރާމް ކެލްސިއަމް 0.4 ގްރާމް ފެޓް
0.069މައިކްރޯ ގްރާމް ކޮޕަރ 5.1 ގްރާމް ފައިބަރު
1.60 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
13.9 މިލިގްރާމް މެގްނީޒިއަމް 31 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.10 މިލިގްރާމް މެންގަނީޒް 0.286 މިލިގްރާމް ނިއެސިން
9.21 މިލިގްރާމް ފޮސްފަރަސް 0.032 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.041 މިލިގްރާމް ޕައިރިޑޮކްސިން
0.12 މިލިގްރާމް ޒިންކް 0.054 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.054 މިލިގްރާމް ތިއެމިން
1 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 35 އައިޔޫ ވިޓަމިން އޭ
16 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 7.2 މިލިގްރާމް ވިޓަމިން ސީ
9 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ - ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

މަބުސްތާނު އިން ލިބޭ ޞިއްޙީ ފައިދާތައް

• މަބުސްތާނު ބޭނުންކޮށްގެން ކުރީގައި ފަރުވާކޮށްފައިވާ ބަލިތަކުގެ ތެރޭގައި، ރާއްޖެބަލި، ކެންސަރު، ބޭރަށްހިންގުން، ހަމުގެ ބައެއް މައްސަލަތައް، ކިހުނުވުން، ޙައިޟުވުމާއި ގުޅުންހުރި މައްސަލަތައް، ކެއްސުން ބަލި، އަދި ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުން ފަދަ ބަލިތައް ހިމެނެއެވެ.

• އަންނަނިވި ކަންތައްތަކަށް މަބުސްތާނު ކެއުމުން އެހީތެރިކަން ލިބޭކަން ފާހަގަ ކުރެވިފައި ވެއެވެ. :-

- އެންޓި – ފެޓީގް : ވަރުބަލިކަމާ ދެކޮޅަށް މަސައްކަތް ކުރެއެވެ. މާނައަކީ ހަށިގަނޑުގައި ބާރާއި ވަރުޖެހެއެވެ.

- އެންޓި – އިންފްލެމޭޓަރީ : ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.

- އެނަލްޖީސިކް : ތަދަށް ލުއިކަން ގެނެސްދީ، ފަސޭހައިން ތަދު ފިލައިދެއެވެ.

- އެންޓި – އަލްސަރ : ހަށިގަނޑުގައި އުފެދޭ ފާރާއި(މައިދާ،ގޮހޮރު،އަނގަ) ދެކޮޅަށް މަސައްކަތްކުރެއެވެ.

- އެންޓި – ޑިޕްރެސެންޓް : މާޔޫސްކަމަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

- އެންޒިއޯލިޓިކް : ހާސްވެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ތަކުން ދުރުކޮށްދެއެވެ.

- އެންޓި – އެލްޒެއިމާ : ހަދާން ނެތުމުން މިންޖުކޮށްދެއެވެ.

- އެންޓި – ޓިއުމަރ : ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.

- އިމިޔުނޯމޮޑިއުލޭޓަރ : ދިފާއީ ނިޒާމް ރަގަޅުކޮށް ހަރުދަނާ ކުރެއެވެ.

- އެންޓި – އޭޖިންގ : އުމުރުން ދުވަސްވުން ލަސްކުރުވައެވެ.

- އެންޓި – އޮކްސިޑެންޓް : ފްރީ ރެޑިކަލްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

- އެންޓި – ވައިރަލް : ވައިރަހުގެ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ.

- އެންޓި – ބަޔޮޓިކް : ބެކްޓީރިޔާ އިން ޖެހޭ ަލިތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ.

- އެންޓި – ފަންގަލް : ފަންގަހުގެ ަލިތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ.

- އެންޓި – ސެބޮރިކް : ހަމުގެ މައްސަލަތަކަށް ލުއިކަން ހޯދައިދެއެވެ.

- އެންޓި – ލިޕިޑިމިކް : ލޭގައި ސަރުބީގެ މިންވަރު ދަށްކުރެއެވެ.

- އެންޓި – ސްކެލިރޮޓިކް : ލޭހޮޅިތައް ހަރުވުމުން ހިމާޔަތްކޮށްދެއެވެ.

- ކާޑިއޯޕްރޮޓެކްޓިވް : ހިތުގެ މައްސަލަތަކާ ދުރުކޮށްދެއެވެ.

- ހައިޕޯޓެންސިވް : ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.

- ހައިޕޯގްލައިސިމިކް : ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ.

- އެންޓި – އޮބޭސިޓީ : ހަށިގަނޑުގެ ބަރުދަން ލުއިކޮށްދެއެވެ.

- އެންޓި – އާތްރައިޓިކް : ރާއްޖެބައްޔާއި ހުޅުދުޅަވުން ފަދަ ކަންތަކުން ހިމާޔަތްކޮށްދެއެވެ.

- އެންޓި – އޮސްޓިއޯޕްރޯސިސް : ކަށިފީވުމާއި ދެކޮޅަށް މަސައްކަތް ކުރެެއެވެ.

- އެންޓި – ޕެރިއޮޑޮންޓިކް : ހިރުގަނޑުގެ ބަލިތަކުން ހިމާޔަތްކޮށްދެއެވެ.

- އެންޓި – އެލާޖެނިކް : ހަށިގަނޑާ ނުގުޅޭ ރިއެކްޝަން ކުރިމަތިވުން ކުޑަކޮށްދެއެވެ.

- އެންޓި – ކަލްކިޔުލިޓިކް : ގުރުދާގައި ހިލަ އުފެދުމުން ދުރުކޮށްދެއެވެ.

- އެންޓި – ޕައިރެޓިކް : ހުން ތިރިކޮށްދެއެވެ.

- އެންޓި – ޕާކިންސަން : ތުރުތުރުއަޅާ ބަލީގެ އުދަނގޫތައް ކުޑަކޮށްދެއެވެ.

- އެންޓި – ޑައިރިއަލް : ބޭރަށްހިންގުން ފަސޭހައިން ރަގަޅުކޮށްދެއެވެ.

- އެންޓި – ނިއުރަލްޖިކް : ނާރުގެ ސަބަބުން އުފެދޭ ތަދު ކުޑަކޮށްދެއެވެ.

- އެންޓި – ވާޓައިގޯ : ބޯއެނބުރުން ކުޑަކޮށް ދެއެވެ.

- އެންޓި – ގުލޫކޮމިކް : ލޮލުގެ އެތެރޭގެ ޕްރެޝަރު މައްޗަށް ދިއުމުން ދުރުކޮށްދެއެވެ.

- އެންޓި – ކެޓަރެކެޓް : ލޮލުގައި ފުސްހެދުން ކުޑަކޮށް ދެއެވެ.

• ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މަބުސްތާނުގައި ގުދުރަތީގޮތުން އުފެދޭ ޕޮލިފީނޯލް ކަމްޕައުންޑެއް ހުރެއެވެ. އެއީ "ޒެންތޯން"(Xanthones) އެވެ. ޒެންތޯން އިން ފަހަރުގައި ހިތުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ، ހިތުގެ ބައިތަކަށް ލޭފޮނުވުމުން މަދުވުމުން ދިމާވާ ހިތުގެ ބަލިތައް، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވެ ހަރުވުން، ލޭމައްޗަށްދިއުން، ލޭހޮޅީގެ ތެރޭގައި ގަނޑުލޭކޮޅެއް އަށަގަތުން ފަދަ ހިތުގެ ބަލިތަކަށް ލުއިކަމެއް ލިބިދާނެ ކަމަށް ބުނެވެއެވެ. އަދި ހަމަ މިގޮތަށް މަބުސްތާނު ގައި ލޭހޮޅިތަކަށް ހަމައަކަށް އަޅުވާލުމުގެ ބާރު އެކުލެވިފައި ވެއެވެ.

• މަބުސްތާނުގައި ހިމެނޭ ޒެންތޯން އަކީ މިހާތަނަށް ހޯދިފައިވާ އެންމެ ބާރުގަދަ އެއް އެންޓި-އޮކްސިޑެންޓް އެވެ. މިއީ ފްރީ ރެޑިކަލް ތަކުން ހަށިގަނޑަށް ލިބޭ ގެއްލުމުން ހަށިގަނޑު ހިމާޔަތްކޮށްދޭ އައްޑަނަ އެކެވެ. މީގެ އިތުރުން ޒެންތޯން އަކީ ދިފާޢީ ނިޒާމާއި، ހަޖަމުކުރުމުގެ ނިޒާމާއި، މަސްތަކާއި ކަށިތަކުގެ ނިޒާމާއި، ސިކުނޑިއާއި، ހަމުގެ މަސައްކަތްތަކަށް އިތުރު ހިތްވަރާއި، އެހީތެރިކަން ފޯރުވައިދޭ މާއްދާ އެކެވެ. ޒެންތޯން މައިގަނޑު ގޮތެއްގައި ހުންނަނީ މަބުސްތާނުގެ ތޮށިގަނޑުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.