ހޯމަ20201012

އާކުރެވުނީ: 08:43:52

ނާސްޕާތީ

naaspatheeނާސްޕާތީ އަކީ އާފަލް އާއި ވައްތަރު ގޮތެއް ހުންނަ މޭވާ އެކެވެ. މިއީ ވެސް ހުހަށް މޭވާގެ ގޮތުގަޔާއި، ފަނިގިރައިގެން އަދިވެސް ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކޮށްގެން ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް ފައިދާހުރި ތަފާތު އެތައް ކާނާގެ ބާވަތެއް ހިމެނިފައިވާ މިމޭވާގެ ތަފާތު ކުލަ ތަކާއި ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ނާސްޕާތީ
އިގިރޭސި ނަން : Pear
ޢިލްމީ ނަން : Pyrus Communis

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
1 މިލިގްރާމް ސޯޑިއަމް 58 ކިލޯކެލަރީ ހަކަތަ
119 މިލިގްރާމް ޕޮޓޭސިއަމް 0.12 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 13.81 ގްރާމް ޕްރޮޓީން
9 މިލިގްރާ ކެލްސިއަމް 0.38 ގްރާމް ފެޓް
0.082މައިކްރޯ ގްރާމް ކޮޕަރ 3.10 ގްރާމް ފައިބަރު
1.60 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
7 މިލިގްރާމް މެގްނީޒިއަމް 7 މައިކްރޯ ގްރާމް ފޮލިކް އެސިޑް
- މެންގަނީޒް 0.157 މިލިގްރާމް ނިއެސިން
11 މިލިގްރާމް ފޮސްފަރަސް 0.048 މިލިގްރާމް ޕެންތޮނިކްއެސިޑް
0.10 މިލިގްރާމް ޒިންކް 0.028 މިލިގްރާމް ޕައިރިޑޮކްސިން
- ސިލެނިއަމް 0.025 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.012 މިލިގްރާމް ތިއެމިން
ކެރޮޓީން އަލްފާ 23 އައިޔޫ ވިޓަމިން އޭ
12 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 4.2 މިލިގްރާމް ވިޓަމިން ސީ
2 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.12 މިލިގްރާމް ވިޓަމިން އީ
45 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 4.5 މައިކްރޯ ގްރާމް ވިޓަމިން ކޭ
- ލައިކޯޕީން

ނާސްޕާތީ އިން ލިބޭ ޞިއްޙީ ފައިދާތައް

• ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުން: ނާސްޕާތީ ގައި އެންޓިއޮކްސިޑެންޓް އަދި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއް ކަމުގައިވާ "ގުލޫޓެތިއޯން"(Glutathione) ހުރެއެވެ. މިބުނި މާއްދާތަކަކީ ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތަކާއި، ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ހަރުވުން އަދި ސްޓްރޯކް ޖެހުމުން ހިމާޔަތްކޮށް، ދުރުކޮށްދޭ މާއްދާ ތަކެކެވެ. ނާސްޕާތީގައި ހިމެނޭ ވިޓަމިންސީ އަކީ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މިއީ ފްރީ ރެޑިކަލް ތައް ނިއުޓްރަލައިޒްކޮށް، ހިތުގެ ބަލިތަކާއި ސްޓްރޯކްޖެހުން ދުރުކޮށްދޭ މާއްދާ އެކެވެ. ފްރީ ރެޑިކަލް އަކީ ލޭހޮޅީގެ ފާރު ހަލާކުކޮށް އެތަނުގައި ސަރުބީ ޖަމާވެ، ކޮބަޑި ގަނޑެއްގެ ސިފައިގައި ލޭހޮޅީގައި އާލާވުމަށް ބާރުއަޅާ އެއްޗެކެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ހަރުލުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވާނެ ކަމެކެވެ. މީގައި ހިމެނޭ ވިޓަމިން ކޭ އަކީ ކަށީގެ ދުޅަހެޔޮކަމަށާއި، ލޭގަނޑުވުމުގެ މަސައްކަތަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ފައިބަރު އަކީ ސަރުބީ ވިރުވައި ދަށްކޮށްދޭ އެއްޗަކަށް ވުމުން ހިތުގެ ބަލިތަކާއި، ލޭހޮޅީގެ ބަލިތަކުން ދުރުކޮށްދެއެވެ. ކޮޕަރ އަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. ނާސްޕާތީ ގައި ހިމެނޭ "ޕެކްޓިން"(Pectin) އަކީ ވެސް ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އާފަލަށްވުރެ ޕެކްޓިން ނާސްޕާތީ ގައި ގިނައެވެ.

• ހަކުރު ބަލީގެ އަހުލުވެރިންނަށް އެހީތެރިވުން: ނާސްޕާތީ އަކީ "ގްލައިސިމިކް އިންޑެކްސް" (Glycemic Index)ދަށް މޭވާ އެކެވެ. ގްލައިސިމިކް އިންޑެކްސް ދަށް ކާނާ އަކީ ލަހުން ހަޖަމުވެ، ހަށިގަނޑަށް ނެގުން ލަސް ބާވަތްތަކެކެވެ. މިހެންވުމުން އެފަދަ ކާނާ ކެއުމަށްފަހު ލޭގެ ހަކުރުގެ މިންވަރު އަދި އިންސިޔުލިންގެ މިންވަރު މައްޗަށްދަނީ ވަރަށް ލަސްލަހުންނެވެ. އެހެންކަމުން ހިތުގެ ލޭހޮޅިތަކުގެ ބަލިތަކާއި، ފަލަބަލި އަދި ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ބޮޑަށް އެދެވިގެންވަނީ ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތައް ބޭނުންކުރުމެވެ.

• ކެންސަރުން ރައްކާތެރިކޮށްދިނުން: ނާސްޕާތީގައި ވިޓަމިން ސީ އަދި ކޮޕަރ އެކުލެވެއެވެ. މިއީ އެންޓި އޮކްސިޑެންޓް ތަކެކެވެ. މިމާއްދާ ތަކަކީ ފްރީ ރެޑިކަލްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ މާއްދާ ތަކެކެވެ. ގަވާޢިދުން ނާސްޕާތީ ކެއުމަކީ ގޮހޮރުގެ ކެންސަރުން ވެސް ދުރުކޮށްދޭ ކަމެކެވެ.އަދި އަންހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުންވެސް ކުޑަކޮށްދޭ ކަމެކެވެ. ގޮހޮރުގެ ތެރޭގައި، ކެންސަރު ޖައްސަނިވި ވިހަތަކާއި، ކެމިކަލްތަކުގައި ފައިބަރު ތަތްވެ، ގޮހޮރުގެ އެތެރޭގެ ދުލިފަށްތަކަށް މިދެންނެވި މާއްދާތަކުގެ ސަބަބުން އަނިޔާވުން ކުޑަކޮށްދެއެވެ. ގަވާޢިދުން ނާސްޕާތީ ފަދަ ފައިބަރު ގިނަ މޭވާ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް، އުރަމަތީ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީފާނެ ކަމަށް ދިރާސާތައް ބުނެއެވެ. ނާސްޕާތީގައި ހިމެނޭ "ހައިޑްރޮކްސީސިނެމިކް އެސިޑް"(Hydroxycinnamic acid) އަކީ މައިދާގެ ކެންސަރުން ހިމާޔަތްވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

• ބަނޑުހިކުން : ނާސްޕާތީ ގައި ހިމެނޭ "ޕެކްޓިން" އަކީ ކުޑަކަމުދިއުން ފަސޭހަކޮށްދޭ އެއްޗެކެވެ. އަދި ބޮޑުކަމުދިއުން ވެސް ކޮންމެވެސް ވަރަކަށް ފަސޭހަކޮށްދެއެވެ. ގަވާޢިދުން ނާސްޕާތީ ފަނި ބުއިމަކީ ގޮހޮރުގެ ހަރަކާތްތައް ކޮންޓްރޯލްކޮށް، ތަންޒީމުކޮށް ހަމައަކަށް އަޅުވައި، ބޮޑުކަމުދިއުން ފަސޭހަކޮށްދޭނެ ކަމެކެވެ. ނާސްޕާތީ ގައި ހިމެނޭ ފައިބަރު އަކީ ވެސް ބަނޑުހިކުން ފަސޭހަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ނާސްޕަތީގައި ގިނަ އަދަދަކަށް "ސޯރބިޓޯލް"(Sorbitol) ހުރުމާއި ފައިބަރު ގިނަވުމަކީ ބަނޑުހިކުން މެދުވެރިވެފައިވާ މީހުންނަށް ނަމޫނާ ކާއެއްޗަކަށް މިމޭވާ ވެގެންދާ ކަމެކެވެ.

• ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން: ނާސްޕާތީ ޖޫސް ތައްޓެއް ބޯލުމަކީ ވަރަށް އަވަހަށް ހަށިގަނޑުގައި ވަރުޖެހި، ބާރުޖެހޭނެ ކަމެކެވެ. ސަބަބަކީ ނާސްޕާތީ ގައި ގިނައަދަދަކަށް " ފްރަކްޓޯސް" އަދި "ގުލްކޯޒް" ހުންނާތީ އެވެ. މީގެ އިތުރުން މިމޭވާގައި ކާބޯހައިޑްރޭޓް ވެސް ގިނައިން ހުރުމަކީ ހަށިގަނޑަށް ހަކަތަ ލިބުމަށް އެހީތެރިވެދޭ ކަމެކެވެ.

• ހުންއައުން: ހުންއައުމުން ނާސްޕާތީ ޖޫސްތަށްޓެއް ބޯލުމުން ވަރަށް ފަސޭހައިން ހުންތިރިވާ ކަމަށް ބުނެވެއެވެ. އެއީ ނާސްޕާތީ ގައި ހަށިގަނޑުގައި ފިނިކަން އުފެއްދުމުގެ ނުވަތަ ހޫނުކަން ދަށްކުރުމުގެ ބާރެއް ހުންނާތީ އެވެ.

• ކަށިފީވުން : ނާސްޕާތީ ގައި "ބޯރޯން"(Boron) މަތީ މިންވަރަކަށް ހުރެއެވެ. ހަށިގަނޑުގައި ކެލްސިއަމް ހިފެހެއްޓުމަށް، ބޯރޯން އެހީތެރިވެދެއެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމުން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެއެވެ. ބޯރޯން އަކީ ކަށީގައި ހިމެނޭ ކެލްސިއަމް އަދި މެގްނީޒިއަމްގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ނާސްޕާތީ ގައި ކޮޕަރ އަދި ވިޓަމިން ސީ ހިމެނުމަކީ ވެސް ކަށީގެ މަސައްކަތަށް ފުރިހަމަކަން ގެނެސްދޭނެ ކަމެކެވެ.

• މާބަނޑު ދުވަސްވަރު: ނާސްޕާތީގައި ފޮލިކް އެސިޑް ވެސް ވަރަށް ގިނައިން ހުރެެއެވެ. ފޮލިކް އެސިޑް އަކީ ނާރުތަކުގެ ނިޒާމްގައި އުފެދުމުގައި ހުންނަ ޢައިބުތަކުން ރައްކާތެރިކޮށް ހިމާޔަތްކޮށްދޭނެ މާއްދާ އެކެވެ.

• އަރުތެރޭގެ މައްސަލަތައް: ހޫނު ދުވަސްވަރު ހެދުނާއި ހަވީރު ނާސްޕާތީ ޖޫސް ބުއިމަކީ އެކަމުގެ ސަބަބުން ހަށިގަނޑުގެ ހޫނުކަން ދަށްކޮށްދޭނެ ކަމެކެވެ. އަދި މިއީ ކަރުތެރޭގައި އުފެދޭ ދަވަ، ސާފުކޮށް، ކެއްސުން ލުއިކޮށްދީ، ކަރުތެރޭގައި އުފެދޭ މައްސަލަތައް ރަގަޅުކޮށްދޭ ކަމެކެވެ.

• ފުއްޕާމޭގެ ބަލިތައް: ކޮންމެ ދުވަހެއްގެ ކެއުމުގައި ނާސްޕާތީ ހިމެނުމަކީ ފުއްޕާމޭގެ މަސައްކަތްތައް ރަގަޅުކޮށް، ހަރުދަނާކޮށްދީ، ނޭވާހިއްލުމުގެ އުދަނގޫތައް ކަމުގައިވާ ކެއްސުމާއި، ނޭވާކުރުވުން ކުޑަކޮށް ލުއިކޮށްދޭ ކަމެކެވެ. އަދި މިއީ ކަރުތެރޭގައި އުފެދޭ ދަވަ ސާފުކޮށްދޭ އެއްޗެކެވެ. އޮސްޓްރޭލިޔާގައި ހަދާފައިވާ ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި ނާސްޕާތީ ކެއުމުގައި ބޭނުންކުރާ މީހުންނަށް ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ.

• ޑައެޓްރީ ފައިބަރު ހުރުން: ނާސްޕާތީގައި ޑައެޓްރީ ފައިބަރު ހުރެއެވެ. ފައިބަރު އަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދީ، ހަޖަމުކުރުމުގެ ނިޒާމް ރަގަޅަށް ބަހައްޓައިދޭ މާއްދާ އެކެވެ. މީގެ އިތުރުން ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީ، ބަނޑުހިކުމުން މިންޖުކޮށްދީ، އަދި ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ޚާއްޞަކޮށް ގަވާޢިދުން ނާސްޕާތީ ފަދަ ފައިބަރު ގިނަ މޭވާ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް، އުރަމަތީ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީފާނެ ކަމަށް ދިރާސާތައް ބުނެއެވެ.

• އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތައް: އާންމުކޮށް ނާސްޕާތީ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލައެއް ކަމުގައިވާ "މެކިޔުލަރ ޑިޖެނެރޭޝަން'' ކުރިމަތިވުމުން ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ. މެކިޔުލަރ ޑިޖެނެރޭޝަން އަކީ އުމުރުން ދުވަސްވީ މީހުންގެ ލޮލުގެ ފެނުމަށް ބަދަލުގެނުވާ އެންމެ އާންމު އެއް ސަބަބެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.