ހޯމަ20201116

އާކުރެވުނީ: 08:43:52

ނިޔަދުރު

niyadhuruނިޔަދުރު އަކީ ވަރަށް ހުތް މޭވާ އެކެވެ. މީގައި ލާނީ ހިތި ރަހަ އެކެވެ. މިހުންނަނީ މެދުވަރެއްގެ ފަޅޮލެއްގެ ސައިޒަށެވެ. ދިގުކޮށެވެ. ދޮންވުމުން ހުންނާނީ ރީނދޫ ކުލައިގައެވެ. މިއީ ފޮނިލުނބޯ، ދޯޅަނބު އަދި ވެސް އެހެން ހުތްމޭވާތަކާއި އެއް އާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. މީގެ ބޭރު ތޮށި ވަރަށް ބޯވާނެ އެވެ. ނިޔަދުރުގެ ވެސް ތަފާތު ވައްތަރުތައް ހުރެއެވެ.

ދިވެހި ނަން : ނިޔަދުރު
އިގިރޭސި ނަން : Citron
ޢިލްމީ ނަން : Citrus Medica

ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
0.081 ގްރާމް ޕްރޮޓީން
0.04 ގްރާމް ފެޓް
1.1 ގްރާމް ފައިބަރު
ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
0.052 މިލިގްރާމް ރައިބޯފްލެވިން
0.029 މިލިގްރާމް ތިއެމިން
0.009 މިލިގްރާމް ކެރޮޓީން
368 މިލިގްރާމް ވިޓަމިން ސީ
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް
36.5 މިލިގްރާމް ކެލްސިއަމް
0.55 މިލިގްރާމް ދަނގަޑު
16 މިލިގްރާމް ފޮސްފަރަސް

 ނިޔަދުރުން އިން ލިބޭ ޞިއްޙީ ފައިދާތައް

• ނިޔަދުރުގައި ހިމެނޭ ކެމިކަލްތައް : ނިޔަދުރުގައި ހިމެނޭ ކެމިކަލްތަކުގެ ތެރޭގައި، ސައިޓްރިކް އެސިޑް، އަދި ސަލްފަރިކް އެސިޑް ހުރެއެވެ. މީގެ އިތުރުން ގުލްކޯޒު ވެސް ހުރެއެވެ. ނިޔަދުރުގެ ތޮށީގައި "ސައިޓްރައިން" ފަދަ ވޮލަޓައިލް އޮއިލް ނުވަތަ ތެޔޮ މާއްދާ ހުރެއެވެ. ބުނެވޭގޮތުގައި ނިޔަދުރުގެ ތޮށިން އުފެއްދޭ ތެލަކީ ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.

• ހިމެނޭ ބައެއް ބާވަތްތައް : ނިޔަދުރުގައި ވިޓަމިން ސީގެ އިތުރުން ވިޓަމިން ބީގެ ވައްތަރުތައް ކަމުގައިވާ ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ގެ އިތުރުން ވިޓަމިން އޭއާއި ގުޅުންހުރި ކެރޮޓީން ހިމެނެއެވެ. މީގައި ހިމެނޭ މައުދަންތަކުގެ ތެރޭގައި، ކެލްސިއަމް، ފޮސްފަރަސް، އަދި ދަގަނޑު ހިމެނެއެވެ.

• ބައެއް މަންފާތައް : ނިޔަދުރަކީ ތަދުކެނޑުވުމާއި، ދުޅަތިރިކުރުމުގެ ބާރު އެކުލެވިފައިވާ އެއްޗެކެވެ. މިއީ ކާހިތް ޖައްސުވައި، ހަޖަމުކުރުން ރަގަޅުކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގައި ފެންމަދުވިޔަނުދީ ހިފެހެއްޓުމުގައި ވެސް އެހީތެރި ވެދެއެވެ. ފުރަމޭގެ މަސައްކަތްތައް ރަގަޅަށް ހިންގުމަށް ބާރުއަޅައެވެ. ފަނީގެ ވައްތަރުތަކަށް ފަރުވާ ކުރުމުގައި ބައިވެރި ވެއެވެ. ލޭދައުރުކުރުން ރަގަޅުކޮށްދީ، ހިތުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ވާގިވެރިވެއެވެ. މައްސަރު ކަންތަކާއި ގުޅިގެން ދިމާވާ މައްސަލަތަކުގައި ވެސް ނިޔަދުރު ބޭނުންކޮށް އުޅެއެވެ.

• ނިޔަދުރު ޖޫސް : ނިޔަދުރު ޖޫސް ބޮޑަށް ބޭނުންކުރެވެނީ ހަޖަމުކުރުމާއި ގުޅުންހުރި މައްސަލަތަކަށް ފަރުވާ ކުރުމަށެވެ. ހަޖަމުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައިލް ފުރަމޭއިން ދޫކުރުމަށް ފުރަމޭއަށް ބާރުއަޅައެވެ. މޭނުބައިކުރުމާއި، ހޮނޑުލުން، ފުރަގަސްފަރާތް ފޭބުން އަދި ފަނިވުން ފަދަ ހާލަތްތަކުގައި ވެސް ނިޔަދުރު ފަނި ބޭނުން ކުރެއެވެ. މިއީ ނޭފަތުން ލޭއައުން ހުއްޓުވައިދީ، ކެއްސުމާއި، ނޭވަޔަށް އުދަނގޫކުރުން، ފަދަ ހާލަތްތަކާއި، އަދި އަރިދަފުސް ރޯގާ ޖެހުމުން ވެސް ބޭނުންކުރަން ރަގަޅު ޖޫހެކެވެ. މައްސަރުކަންތައް ޖެހުމުން ބަނޑުގައި ރިހި އުދަގޫވާނަމަ ވެސް ނިޔަދުރު ފަނި އިޚްތިޔާރު ކުރެވިދާނެ އެވެ.

• ނިޔަދުރު ފަތް : ބޭރުފުށުން ފެންނަން ހުންނަ ދުޅަ އާއި، ފާރު އަދި ތަދުވާ، ތަންތަނުގައި އުގުޅުމަށް ނިޔަދުރު ފަތް ބޭނުން ކުރެއެވެ. ހަމުގެ ބައެއް ކަހަލަ އިންފެކްޝަންތަކުގައި ވެސް ނިޔަދުރު ފަތުގެ ބޭނުން ހިފައެވެ. މިއީ ކެހުމާއި ހިރުވުން ކުޑަކޮށްދޭ އެއްޗެކެވެ.

• ނިޔަދުރު އޮށުގެ ޕޭސްޓް : ނިޔަދުރު އޮށް ޗިސްކޮށް މުގުރައިގެން އުފައްދާ ޕޭސްޓް އަކީ ނަގުލަންދާށި ކަށިޖެހުމުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ.

• ކުރީޒަމާނުގައި އެކި މުޖުތަމަޢުތަކުގައި:

o އިންޑިޔާ : އިންޑިޔާގައި ކުރީ ޒަމާނުގައި ދަތުރުފަތުރުކުރާއި ކުރިމަތިވާ މޭނުބައިކުރުމާއި،ހޮނޑުލުން، ހުއްޓުވުމަށް، ފުއްޕާމެޔާއި، ގޮހޮރުގެ ބަލިތަކަށް، ފަރުވާ ކުރުމަށް ނިޔަދުރު ބޭނުންކޮށްފައި ވެއެވެ. ބޭރަށްހިންގުމުގެ ވައްތަރެއް ކަމުގައިވާ ޑިސެންޓެރީ، އަދި އަނގައިން ދުވާ ނުބައި ވަސް ފިލުވާލުމަށް ނިޔަދުރު ތޮށި އިންޑިޔާގައި ބޭނުންކޮށްފައި ވެއެވެ.

o ޗައިނާ : ޗައިނާގައި ނިޔަދުރު ތޮށި ބޭނުންކޮށްގެން ކެއްސުމާއި ބަނޑުގެ ރިހުމުގެ އުދަނގުލަށް ފަރުވާކޮށްފައި ވެއެވެ. އަދި ޓޮނިކެއް ގޮތަށް ވެސް ބޭނުންކޮށްފައި ވެއެވެ.

o ހުޅަގު އެފްރިކާ : ރާއްޖެ ބަލި ފަދަ ހުޅުތަކާއި ގުޅުންހުރި ބަލިތަކަށް ފަރުވާކުރުމަށް ނިޔަދުރު ބޭނުންކޮށްފައި ވެއެވެ.

o މެލޭޝިޔާ : ކާހިތް ޖެއްސުމަށާއި، ގޮހޮރުގައި އަށަގަންނަ ފަނި ބޭރުކުރުމަށް، އަދި ބަނޑުގައި ރިހުން ކުޑަކުރުމަށް ވެސް ނިޔަދުރުގެ ބާވަތްތައް ބޭނުންކޮށްފައި ވެއެވެ.

o ޕެނަމާ : ވިހައިގެ އަސަރު ހަށިގަނޑުން ދުއްވާލުމަށް ނިޔަދުރުގެ ބައިތައް އެހެން ބާވަތްތަކާ އެއްކޮށްގެން ދީފައި ވެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.