ރަންބުސްތާނު
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ރަންބުސްތާނަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އާއި މައުދަންތަކާއި، އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އާންމުކޮށް މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަންޏާއި ސަރުބަތު ތައްޔާރުކޮށްގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ރަންބުސްތާނު
އިގިރޭސި ނަން : Rambutan
ޢިލްމީ ނަން : Nephelium Lappaceum
ކޮންމެ 100 ގްރާމް ގައި | ލޮނުގެ ބާވަތްތައް | ކޮންމެ 100 ގްރާމް ގައި | އަސާސީ މާއްދާތައް |
1 މިލިގްރާމް | ސޯޑިއަމް | 82 ކިލޯކެލަރީ | ހަކަތަ |
119 މިލިގްރާމް | ޕޮޓޭސިއަމް | 0 ގްރާމް | ކާބޯހައިޑްރޭޓް |
ކޮންމެ 100 ގްރާމް ގައި | މަޢުދަންތައް | 21 ގްރާމް | ޕްރޮޓީން |
1 މިލިގްރާމް | ކެލްސިއަމް | 1 ގްރާމް | ފެޓް |
119 މިލިގްރާމް | ކޮޕަރ | 1 ގްރާމް | ފައިބަރު |
1.60 މިލިގްރާމް | ދަނގަޑު | ކޮންމެ 100 ގްރާމް ގައި | ވިޓަމިންތައް |
7 މިލިގްރާމް | މެގްނީޒިއަމް | 8 މައިކްރޯ ގްރާމް | ފޮލިކް އެސިޑް |
1.06 މިލިގްރާމް | މެންގަނީޒް | 1.352 މިލިގްރާމް | ނިއެސިން |
9 މިލިގްރާމް | ފޮސްފަރަސް | 0.018 މިލިގްރާމް | ޕެންތޮނިކްއެސިޑް |
- | ސިލެނިއަމް | 0.020 މިލިގްރާމް | ޕައިރިޑޮކްސިން |
0.08 މިލިގްރާމް | ޒިންކް | 0.050 މިލިގްރާމް | ރައިބޯފްލެވިން |
ކޮންމެ 100 ގްރާމް ގައި | ފައިޓޯނިއުޓްރިއެންޓްތައް | 0.010 މިލިގްރާމް | ތިއެމިން |
- | ކެރޮޓީން އަލްފާ | 4.5 އައިޔޫ | ވިޓަމިން އޭ |
- | ކެރޮޓީން ބީޓާ | 59.4 މިލިގްރާމް | ވިޓަމިން ސީ |
- | ކްރިޕްޓޯޒެންތިންބީ | ވިޓަމިން އީ | |
- | ލޫޓީންޒިއެޒެންތިން | ވިޓަމިން ކޭ | |
- | ލައިކޯޕީން |
ރަންބުސްތާނުން ލިބޭ ޞިއްޙީ ފައިދާތައް
• ރަންބުސްތާނުގައި ވިޓަމިން ސީ މަތީ މިންވަރަކަށް ހުންނާތީ މިމޭވާ އާއި މެދު ބެލެވެނީ އެންޓި-އޮކްސިޑެންޓް ހަށިގަނޑަށް ލިއްބައިދޭ މަޞްދަރެއްގެ ގޮތުގައެވެ. އެންޓި-އޮކްސިޑެންޓަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލޭގެ ރަތް ސެލްތަކާއި، ހުދު ސެލްތައް އުފެއްދުމަށް ބޭނުންވާ ދަގަނޑާއި، ކޮޕަރ ކާނާއިން ހަށިގަނޑަށް ނެގުމަށް ވެސް ވިޓަމިން ސީ ގެ ބޭނުން ހިފަން ޖެހެއެވެ.
• މެލޭޝިޔާގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ރަންބުސްތާނުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ. ނަތީޖާއެއްގެ ގޮތުން ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި، ހަށިގަނޑަށް ވަންނަ ޖަރާސީމްތަކާއި ހަނގުރާމަކޮށް، އެނައްތާލުމުގެ ބާރު ރަންބުސްތާނު ބޭނުންކުރުމުން ލިބިގެން ދެއެވެ.
• ރަންބުސްތާނަކީ ހަށިގަނޑުގެ ސަރުބީ ވިރުވައިދީ، ހަން ފަށަލަ އޮމާންކޮށްދީ، އިސްތަށީގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އަދި ހަކުރު ބައްޔާއި، ބޭރަށްހިންގުން ފަދަ ބަލިތަކަށް ލުއިކަން ގެނެސްދިނުމުގައި އެހީތެރިވެދޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ، ވިޓަމިންއޭ، މެގްނީޒިއަމް، ޒިންކް، ސޯޑިއަމް، ކެލްސިއަމް،ފޮސްފަރަސް، ނިއެސިން، ދަގަނޑާއި، ޕްރޮޓީން، އަދި ފައިބަރު އެކުލެވޭ މޭވާ އެއް ވެސް މެއެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު 10-8 އާއި ދެމެދުގެ އަދަދަކަށް ރަންބުސްތާނު އާއިލާއަށް ނިސްބަތްވާ މޭވާތަކުގެ ތެރެއިން މޭވާ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ހިނގާ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އެންޒައިމްތައް އުފެއްދުމުގައި ބޭނުންތެރި މާއްދާ އެކެވެ.
• ރަންބުސްތާނުގައި ހަކުރު ވަރަށް ގިނައިން ހުރެއެވެ. މައިގަނޑު ގޮތެއްގައި ހުންނަނީ ފްރަކްޓޯސް އަދި ސަކްރޯސް އެވެ. މިއީ ކެލަރީ މަދު މޭވާއެކެވެ. އެއީ ގާތްގަނޑަކަށް މޭވާއެއްގައި 60 ކިލޯ ކެލަރީ އެވެ.
• މެލޭޝިޔާ އަދި އިންޑޮނޭޝިޔާ ފަދަ ގައުމުތަކުގައި ހަކުރު ބަލި، ލޭމައްޗަށްދިއުން، ފަދަ ބަލިތަކަށް، ޒަމާންތަކެއް ވަންދެން ރަންބުސްތާނުގެ އެހީގައި ފަރުވާކޮށްފައި ވެއެވެ. ތައިލޭންޑްގެ ޗިއާންގ މާއި ޔުނިވަސިޓީ އިން ކުރިން ދިރާސާތަކުން އެނގުނުގޮތުގައި، ރަންބުސްތާނުގައި ގަސްގަހާ ގެހިން ލިބޭ އެންޓި-އޮކްސިޑެންޓެއް ކަމުގައިވާ ފްލޭވޮނޮއިޑް ހުރެއެވެ. މިއީ ހަށިގަނޑުގެ ސަރުބީ މިންވަރު ދަށްކޮށްދީ، ދުޅަޔާއި، ކެންސަރާއި ދެކޮޅަށް މަސައްކަތް ކޮށްދޭ އެއްޗެކެވެ.
• ރަންބުސްތާނުގައި ދަގަނޑު ވެސް ވަރަށް ގިނައިން ހުރެއެވެ. ދަގަނޑަކީ ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދީ، ލޭމަދުވުމުން ދިމާވާ ބޯއެނބުރުން ފަދަ ކަންތައްތަކުން ދުރުކޮށްދޭ މާއްދާ އެކެވެ.
• ވިޓަމިން ސީ ގިނައިން ހުރުން : ރަންބުސްތާނުގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.
މަޢުލޫމާތު:-
• http://www.healthtalkbuzz.com/2010/08/goodness-of-rambutan.html
• http://www.fruitsinfo.com/Rambutan-fruit.php
• http://www.101healthyrecipes.com/health-benefits-of-fruit/rambutan-fruit-facts-health-benefits-101.php
• http://skipthepie.org/fruits-and-fruit-juices/rambutan-canned-syrup-pack/compared-to/jujube-dried/