ހޮނިހިރު20201017

އާކުރެވުނީ: 08:43:52

ސައްކެޔޮ

sakkeyoސައްކެޔޮ އަކީ ބިޔަގަހެއްގައި އަޅާ ފޮނިކަމެއް އެކުލެވޭ ބަނބުކޭލުގެ ސިފަޔަށް ހުންނަ ބޮޑު މޭވާ އެކެވެ. މިއީ ހަކަތަ އާއި ޑައެޓްރީ ފައިބަރު، ތަފާތު ވިޓަމިންތަކާއި، މަޢުދަންތަކުގެ މުއްސަދި ވެފައިވާ މޭވާ އެކެވެ. ކެއުމަށް ބޭނުންކުރަނީ މީގެ އެތެރޭގައި އޮންނަ ބަޔެވެ. ބޭރުފުށުން ފެންނަ އިރު ބަނބުކޭލާއި ވައްތަރު ގޮތެއް ހުންނާނެއެވެ.

ދިވެހި ނަން : ސައްކެޔޮ
އިގިރޭސި ނަން : Jackfruit
ޢިލްމީ ނަން : Artocarpus Heterophyllus

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
3 މިލިގްރާމް ސޯޑިއަމް 95 ކިލޯކެލަރީ ހަކަތަ
303 މިލިގްރާމް ޕޮޓޭސިއަމް 23 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.72 ގްރާމް ޕްރޮޓީން
34 މިލިގްރާމް ކެލްސިއަމް 0.64 ގްރާމް ފެޓް
0.187 މިލިގްރާމް ކޮޕަރ 1.5 ގްރާމް ފައިބަރު
0.21 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
37 މިލިގްރާމް މެގްނީޒިއަމް 24 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.197 މިލިގްރާމް މެންގަނީޒް 0.920 މިލިގްރާމް ނިއެސިން
36 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
0.42 މިލިގްރާމް ސިލެނިއަމް 0.329 މިލިގްރާމް ޕައިރިޑޮކްސިން
0.6 މިލިގްރާމް ޒިންކް 0.055 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.105 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 110 އައިޔޫ ވިޓަމިން އޭ
61 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 13.7 މިލިގްރާމް ވިޓަމިން ސީ
5 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.34 މިލިގްރާމް ވިޓަމިން އީ
157 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

ސައްކޭލުން ލިބޭ ޞިއްޙީ ފައިދާތައް

• ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކުރުން : ސައްކޭލަކީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަވަނީ، ދިފާޢީ ނިޒާމްގައި ހަރަކާތްތެރިވާ ލޭގެ ހުދު ސެލްތަކަށް، ވިޓަމިން ސީ އެހީތެރިވެދޭތީ އެވެ. އެހެންކަމުން މިއީ ވައިރަސް އަދި ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

• ކެންސަރުން ރައްކާތެރިކޮށްދިނުން : ކުރިން ބުނެވުނު ވިޓަމިން ސީ ގެ އިތުރުން ސައްކޭލުގައި ފައިޓޯނިއުޓްރިއެންޓް ތައް ކަމުގައިވާ، "ލިގްނަން"(Lignan)، "އައިސޯފްލޭވޯންސް"(Isoflavones)، އަދި " ސެޕޯނިން"(Saponin) ހުރެއެވެ. ބަޔާންކުރެވުނު މާއްދާތަކަކީ، އޭގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި، މުސްކުޅިވުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާތަކެކެވެ. މިމާއްދާތަކަކީ ކެންސަރު ޖެއްސުމުގައި ދައުރެއްކުޅޭ ފްރީ ރެޑިކަލްތައް ހަށިގަނޑުން ނައްތާލައި ބޭރު ކުރުމުގައި އެހީތެރިވެދީފާނެ މާއްދާ ތަކެކެވެ. އަދި މިއީ ސެލްތައް ހަލާކުވެދިއުން ކުޑަކޮށްދޭ މާއްދާތަކެއް ވެސް މެއެވެ.

• ހަމާއި ލޯ ދުޅަހެޔޮކަންމަތީ ދެމެހެއްޓުން : ސައްކޭލުގައި ވިޓަމިން އޭ ހުރެއެވެ. މިއީ ހަމާއި، ލޮލުގެ މަސައްކަތްތައް ފުރިހަމަކޮށްދީ، ރަގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މިއީ ރޭގަނޑު ރޯނާވުން ފަދަ މައްސަލަތަކާއި، އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން"ގެ މައްސަލައިން ރައްކާތެރިކަން ހޯދުމަށް އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ.

• ހަޖަމުކުރާ ނިޒާމްގެ މަސައްކަތް ދުޅަހެޔޮކަންމަތީ ދެމެހެއްޓުން : ސައްކޭލަކީ މައިދާ އާއި ގޮހޮރުގައި އުފެދޭ ފާރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މޭވާ އެކެވެ. ނަތީޖާއެއްގެ ގޮތުން މައިދާގެ ފާރުން ރައްކާތެރިވުމުގައި ސައްކެޔޮ ބޭނުންކުރުން އެހީއަކަށް ފުދެއެވެ. އަދި ސައްކޭލުގައި ފައިބަރު ހުރުމަކީ، އެކަމުގެ ސަބަބުން ބަނޑު ފަސޭހަވެ، ގޮހޮރުގެ ހަރަކާތް އިތުރުކުރުވާ ކަމެކެވެ. ފައިބަރު އަކީ ކެންސަރު ޖެއްސުމުގައި ބައިވެރިވާ ކެމިކަލްތައް ގޮހޮރުގެ ފާރުގައި ތަތްވުމުން ވެސް ރައްކާތެރިކޮށްދޭ މާއްދާ އެކެވެ. އަދި އެމާއްދާތަކާއި ފައިބަރު ތަތްވެ، އެމާއްދާތައް ހަށިގަނޑުން ބޭރުކުރުމުގައި ފައިބަރު އެހީތެރި ވެދެއެވެ.

• ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުން : ސައްކޭލަކީ ހަކަތާއި ބާރު ހަށިގަނޑަށް ގެނެސްދޭ މޭވާއެއް ކަމުގައި ބެލެވެއެވެ. އެއީ އޭގައި ހިމެނޭ ސާދާ ހަކުރުގެ ބާވަތްތައް ކަމުގައިވާ، ފްރަކްޓޯސް އަދި ސުކްރޯސް ގެ ސަބަބުންނެވެ. ހަކަތަ އެކުލެވުމާއެކު، ސައްކޭލުގައި ސެޗުރޭޓެޑް ފެޓް، އަދި ސަރުބީ ނުހިމެނުމަކީ ހަށިގަނޑަށް އެންމެ ފައިދާހުރި މޭވާތަކުގެ ތެރޭގައި ސައްކެޔޮ ގުނާލަންޖެހޭ ސަބަބެކެވެ.

• ލޭމައްޗަށްދިއުން ކޮންޓްރޯލްކުރުން : ސައްކޭލުގައި ސޯޑިއަމް މަދުވެފައި، ގިނަ މިންވަރަކަށް ޕޮޓޭސިއަމް އެކުލެވޭތީ، މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދަށްކޮށްދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހެޔޮވަރު ވަރުގައި ހިފެހެއްޓޭނަމަ، ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކްޖެހުން ދުރުވާނެއެވެ. މީގެ އިތުރުން ސައްކޭލުގައި ވިޓަމިން ބީ 6 އެކުލެވުމަކީ ލޭގައި ހީމޯސިސްޓެއިންގެ މިންވަރު ދަށްކޮށްދީފާނެ ކަމެއް ކަމަށްވެއެވެ. ހީމޯސިސްޓެއިންގެ މިންވަރު ދަށްވުމަކީ ހިތުގެ މައްސަލަތަކަށް ލިބޭ ރަގަޅު ސިގްނަލެކެވެ.

• ކަށި ވަރުގަދަކޮށްދިނުން : ސައްކޭލަކީ މެގްނީޒިއަމް އިން މުއްސަދި މޭވާ އެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑަށް ކެލްސިއަމް ނެގުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ކެލްސިއަމް އާއި ގުޅިގެން، ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުން ފަދަ ކައްޓާއި ގުޅުންހުރި ބަލިތައް މެދުވެރިވުމުން ރައްކާތެރިކޮށް ދެއެވެ. ދިރާސާއަކުން ދައްކާފައިވާގޮތުގައި މެގްނީޒިއަމް އާއި، ޕޮޓޭސިއަމް އިން މުއްސަދި ކާނާ ބޭނުންކުރާ މީހުންގެ ކަށި، އެކާނާ ބޭނުންނުކުރާ މީހުންގެ ކައްޓަށްވުރެ، ވަރުގަދަ އެވެ.

• ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : ސައްކޭލުގައި ދަގަނޑު އެކުލެވޭތީ މިއީ ލޭމަދުވުން ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ މޭވާ އެކެވެ. އަދި ދަގަނޑު އެކުލެވިފައި ހުރުމުގެ ސަބަބުން، ހަށިގަނޑުގައި ބަރާބަރަށް ލޭދައުރުވުމުގައި އެހީތެރިވެދެއެވެ.

• ތައިރޮއިޑް ގްލޭންޑް ދުޅަހެޔޮކަންމަތީ ދެމެހެއްޓުން : ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން އުފެއްދުމުގައި މުހިއްމު ދައުރެއް ކޮޕަރ އަދާކުރެއެވެ. ސައްކޭލަކީ މި މަޢުދަނުން ފުރިފައިވާ މޭވާ އެކެވެ.

• ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން : ހަށިގަނޑުގައި މެންގަނީޒް މަދުވުމުގެ އެއް އަލާމާތަކީ ލޭގައި ހަކުރުގެ މިންވަރު މަތިވުމެވެ. ސައްކޭލުގައި މެންގަނީޒް ގިނަ އަދަދަކަށް އެކުލެވޭތީ، ލޭގައި ހަކުރުގެ މިންވަރު ސައްކެޔޮ ބޭނުން ކުރުމުން ދަށްވާގޮތް ވެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.