ހޯމަ20200713

އާކުރެވުނީ: 08:43:52

މަންމާއިދަރިފުޅު

ވިޓަމިން އޭ... މާބަނޑުމީހުން ގިނައިން ބޭނުން ކުރުން ރަނގަޅު ނޫނީ ކީއްވެ؟

vitamine-a-124ވިޓަމިން އޭ ހަށިގަނޑުގައި ރައްކާ ކުރެވިފައި ހުންނަނީ ޗަސްމޭގައެވެ. މިއީ ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވަނީ ލޮލާއި، ހިތާއި، އަތްފައި އަދި ކަންފަތާއި ހަންގަނޑުގެ ހަތާތައް އުފެދި ބޮޑުވުމަށެވެ. އަދި ކަށި ބޮޑުވުމަށާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި ސަރުބީ ހަޖަމް ކުރުމަށްވެސް ވިޓަމިން އޭ ބޭނުންވެއެވެ. އަދި މިއީ މާބަނޑު ކޮންމެ އަންހެނަކަށްވެސް ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. އެއީ މިވިޓަމިނަކީ ވިހެއުމަށްފަހު ވިހެއުމުގެ ބަލިން ފަސޭހަވުމަށާއި ލޮލުގެ ފެނުން ރަނގަޅު ކުރުމަށާއި ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ނުރައްކާތެރި ބެކުޓީރިއާތަކާއި ދެކޮޅަށް ހަމަލެދޭ އެއްޗެކެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ކުރިމަތިފަރާތުން ލޭ ފެއިބުން

kurimathee-faraathun-123މިހެން ދިމާވަނީ އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވާނެ ކަމަށް ބެލެވޭ ދުވަހާއި ވަރަށް ގާތުގައެވެ. އެއީ ބިހާއި ދަރިފަނި ގުޅުމަށްފަހު އުފެދެންފަށާ ދަރިފުޅު ރަހިމާއި ގުލޭވަގުރު ނުވަތަ ރަހިމުގެ ހަތާތަކުގެ ތެރެއަށް ވެޑިގެންދާ ވަގުތު ފައިބާ ލެއެކެވެ. މިހެންވަނީ ރަހިމާއި ދަރިފުޅު ގުޅޭވަގުތަކީ ރަހިމުގައި ވަރަށް ގިނައިން ލޭ ދަރުރުކުރާ ވަގުތަކަށް ވުމުންނެވެ. އެއީ މިހާއި ދަރިފަނި ގުޅޭތޭ ގާތްގަޑަކަށް 11 ނުވަތަ 12 ދުވަސް ފަހުންނެވެ. އަދި ބައެއްފަހަރު ބިހާއި ދަރިފަނި ގުޅޭތާ 6 ވަނަ ދުވަހުން ފެށިގެން ލޭ ފެއިބުމަކީވެސް ވެދާނެ ކަމެކެވެ.

ތަފްޞީލު...ބައިގެންދިއުން

baigen-dhiun-120ބައިގެންދިއުމަކީ މާބަނޑަށް 20 ހަފުތާވުމގެ ކުރިން ދަރިފުޅު ފެއިބުމެވެ. ނުވަތަ ވިހެއުމެވެ. އާއްމުގޮތެއްގައި 15% -20% ދެމެދުގެ މާބަނޑު ނިމިގެންދަނީ ބައިގެންދިއުމުގެ ސަބަބުންނެވެ. އަދި ބައިގެންދާ މީހުންގެ ތެރެއިން 80% މީހުން ބައިގެންދަނީ ބަނޑަށް 12 ހަފުތާ ނުވަތަ ތިންމަސް ވުމުގެ ކުރިންނެވެ. މީގެތެރޭގައި ބަލިވެއިދެ ބައލިވެއިންކަން ނޭގި ބައިގެންދާ މީހުންނެއް ނުހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިދެ އެހެނަސް ބަލިވެއިންކަން ނޭގި ބައިގެންދާ މީހުންގެ އަދަދު 30% އާއި 50% އަށް އަރައެވެ.

 

 

ތަފްޞީލު...މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް.

kasrathu-kanthai-114ކަސްރަތު ކުރުމަކީ ވަރަށް ބޭނުންތެރި ފައިދާހުރި ކަމެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ރައްކާތެރިވެ ފަރުވާތެރިވާން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއީ ކުރިއްސުރެ ގަވައިދުން ކަސްރަތު ކުރާމީހަކު ބަލިވެއިނުމުން އެކަން ދަމަހައްޓަން ބޭނުން ނަމަވެސް ފަރުވާތެރިވެ ރައްކާތެރިވާން ޖެހެއެވެ. ތިރީގައި އެވަނީ މިގޮތުން ރައްކާތެރިވެ ފަރުވާތެރިވާން ޖެހޭ ބައެއް ކަންތައްތަކެވެ.

ތަފްޞީލު...އަތްފައި ދުޅަވުން ނުވަތަ ފޮއްސިވުން

fossivun-112އާއްމުގޮތެއްގައި ފޮއްސިވަނީ ނުވަތަ ދުޅަވަނީ ހަތާތަކުގެ ދޭތެރޭގައި ދިޔާއެއްޗެތި ގިނަވުމުންނެވެ. މާބަނޑު ދުވަސްވަރު ފޮއްސިވުމަކީ ޠަބީޢީ ކަމެކެވެ. އެއީ ބަލިވެއިނުމާއި އެކު ހަށިގަނޑަށް އިތުރުވެގެންދާ ފެނުގެ ނިސްބަތް ވަރަށް ބޑުތަން މަތިވެގެން ދެއެވެ. ހަމައެއާއި އެކު ލޭވެސް ގިނަވެއެވެ. މީގެއިތުރުން ލޭގައި ހިމަނޭ މާއްދާތަކަށް އަންނަ ބަދަލު ތަކަކީވެސް މާބަނޑު ދުވަސްވަރު ދުޅަވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ގުގުރި ދެމުން

nidheega-guguri-dhemun-111ނިދީގައި ގުގުރިދެމުމަކީ ބަލިވެއިނުމުން ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 6 މަސް ވުމަށް ފަހުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު މީހުންގެ ތެރެއިން %25 މީހުން މާބަނޑު ދުވަސްވަރު ދާއިމީގޮތެއްގައި ނިދާއިރު ގުގުރި ދަމައެވެ. އަދި އިތުރު %25 މީހުން ވިހަން ގާތްވުމުން ނިދީގައި ގުގުރި ދަމައެވެ. ބަލިވެއިނުމުން ނިދީގައި ގުގުރިދަމާމީހުންގެ ތެރެއިން ވަރަށް ގިނަމީހުން ވިހެއުމަށްފަހު އިތުރު އެހީއަކާއި ނުލައި ނުވަތަ ފަރުވާއަކާއި ނުލައި ރަނގަޅުވެއެވެ. 

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ނޭވާލާން އުދަގޫވުން ނުވަތަ ނޭވާ ނުލެވުމުގެ ބަލި (Obstructive Sleep Apnea)

nidhieega-neyvaalan-110މިހެން އާއްމުކޮށް ދިމާވަނީ ނިދީގައި ގުގުރިދަމާ މީހުންނަށެވެ. މިހެންދިމާވަނީ ނިދީގައި ނޭވާހޮޅި ބެދޭތީއެވެ. ވުމާއެކު ގަސްދަކާއި ނުލާ ނޭވާލާ ނޭވުލުން ހިދުކޮޅަކަށް ހުއްޓެނީއެވެ. މިގޮތަށް ނޭވާނުލެވި ދާނީ ވަރަށް ކުޑައިރުކޮޅަކަށެވެ. އަދިމިހެންވުމުން ނިދިން ހޭލެވި އަލުން ނޭވާލަވޭން ފަށައެވެ. ނިދީގައި މިގޮތަށް 100ވަރަކަށް ފަހަރުވެސް މިހެން ވެދާނެއެވެ. ނިދީގައި މިގޮތަށް ދިމާވާ ގިނަމީހުން ހެނދުނު ހޭލާއިރު މިކަމެއް ހަނދާނެއް ނުހުރެއެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައި ކުރުމާއި ހޮޑުލެވުން

meynubaikurun-109މިހެން ދިމާވާ ސަބަބާއިމެދު ވަރަށްގިނަ ތިޔަރީތައް ވެއެވެ. ނަމަވެސް މިއިން އެއްވެސް ތިޔަރީއަކީ މުޅިން ފުރިހަމަ ތިޔަރީއެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިވެއިނުމުން މޭނުބައިކުރުމާއި ހޮޑުލެވޭ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.ނަމަވެސް ޖިސްމާނީގޮތުން ހަށިގަނޑަށް އަންނަ ގިނަގުނަ ބަދަލުތަކަކީ މިކަމުގެ ސަބަބެވެ. މިގޮތުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކަކީ މިހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބު ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެނީ ހޯމޯނަށް އަންނަ މިބަދަލުތަކުގެ ސަބަބުން ރަހަޔާއި ވަހަށް އަދި ހަޖަމުކުރާ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ނިދިނައުން

nidhi-naun-107އާއްމުގޮތެއްގައި ނިދިނާންނަނީ ނުވަތަ ނިދިން ހޭލެވެނީ ނިދަން އޮށޯވެ އޮންނަގޮތެއްގެ ސަބަބުން، ކުޑަކަމުދާން ޖެހިގެން، ފައިގަރިއްސާތީ ނުވަތަ މިފަދަ އެހެންވެސް ކަމެއް ދިމާވެގެންނެވެ. އަދި ބައެއްފަހަރު ފިކުރުބޮޑުވެ ނުތަނަވަސް ވުމަކީ ނިދިން ނައުމަށް ދިމާވާ އެއްސަބަބެވެ. ވުމާއިއެކު އާއްމުގޮތެއްގައި ނިދިނާންނަނީ ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދިމާވާ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. ހާސްނުވާށެވެ. މާބަނޑުމީހުންގެ ތެރެއިން 78% މީހުންނަށް ނިދިނައުމާއި އަދިވެސް ނިދުމުގައިދިމާވާ މިފަދަ އުދަގޫތައް ދިމާވެއެވެ. އަދި މިކަމުގެ އުދާގޫ ގަޑީގެ ކަށްޓަށް ބަލަމުންދާނަމަ އިތުރަށް ބޮޑުވެގެންދާނެއެވެ. އެއީ ގަޑިއަށްބެލުމުން ނުތަނަވަސްކަން ދާނީ ހައްތަހާ އިތުރު ވަމުންނެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.. މެއިން ގިނިނެގުން

mein-dhilanegun-106މިއީ ބަލިވެއިނުމަށްފަހު ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 4 މަސް ވުމަށްފަހުގައެވެ. މިގޮތުން ކަރުގެ އެތެރެއިން ފެށިގެން ގިނިނަގާގޮތް ވެއެވެ. މިހެންދިމާވަނި ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. ވުމާއެކު ވިހަންދެންވެސް މިކަމުގެ އުދަގޫ ދޭތެރެދޭތެރެއިން ކުރަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ. ބަލިވެއިނުމުން ބަނޑުގައިވާ ދަރިފުޅުގެ މަހުން ގިނައަދަދަކަށް ޕްރޮޖެސްޓްރޯން ހޯމޯން އުފައްދައި މައިމީހާގެ ލޭގެތެރެއަށް ފޮނުވައެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން.. އަވަސްއަވަހަށް ކުޑަކަމުދާން ތެދުވަން ޖެހުން.

kudakamudhaan-jehun-105ބަލިވެއިނުމަށްފަހު އާއްމުގޮތެއްގައި ފާހާނާއަށް ދާންޖެހޭ ވަރަށްވުރެ އަވަސްއަވަހަށް ފާހާނާއަށް ދާން ޖެހުމަކީ ޠަބީޢީ ކަމެކެވެ. ސުވާލަކީ މިގޮތަށް އަވަސްއަވަހަށް ފާހާނާއަށް ދާންޖެހެނީ ކީއްވެގެންހެއްޔެވެ؟ މިހެންދިމާވާ މައިގަޑު ސަބަބަކީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ހަށިގަނޑުގައި އިތުރުވެގެންދާ ލޭގެސަބަބުންނެވެ. މިކަމުގެސަބަބުން ގުރުދާއިން ފުރާނައި ސާފުކުރާ ލެޔާއި މަސާނާއަށް ގެންދާ ކުޑަކަމުދާ އެއްޗެތީގެ މިންވަރުވެސް ވަރަށް ބޮޑުތަން އިތުރު ވެގެންދެއެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތައް

dhimaava-udhagootha-101ބަލިވެއިނުމަށްފަހު ނިދުމުގައި ވަރަށް ގިނަ ދަތިތަކާއި އުދަގޫތައް ދިމާވެއެވެ. ބަނޑު ބޮޑުވަނުންދާ ވަރަކަށް މިކަމުގެ އުދަގޫތައް ބޮޑުވާވަރު ދަނީ އިތުރުވަމުންނެވެ. ތިރީގައި އެވަނީ މިގޮތުން މާބަނޑު މީހުންނަށް ނިދުމުގައި ދިމާވާ ބައެއް އުދަގޫތަކެވެ.

 

ތަފްޞީލު...ބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... އަރާމުގޮތަކަށް އޮށޯވެ އޮންނަން ދަތިވުން

-oshove-onnan-dhathivun-102އެނދުގައި އަރާމުގޮތަކަށް ހަމަޖެހިލައިގެން އޮށޯވެ އޮތުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެ ބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަންޑުން ނުވަތަ އުއްޑުން ނިދަން އާދަވެފައިވާ މީހަކުނަމައެވެ. މިދެގޮތަކީވެސް މާބަނޑު ދުވަސްވަރު ނިދުމުގައި މައްސަލަތަކެއް ކުރިމަތި ކުރުވާ ގޮތްތަކެކެވެ. ބަލިވެއިންނަތާ ކުރީކޮޅުގައި ބަނޑުން އޮވެނިދާއިރު ބޮޑުވަމުންދާ އުރަމައްޗާއި ބަނޑުގެ ސަބަބުން ދަތިވާނެއެވެ.

 

 

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.