ހޯމަ20200921

އާކުރެވުނީ: 08:43:52

މަންމާއިދަރިފުޅު

މާބަނޑު ދުވަސްވަރު ބަންޑުން އޮވެ ނިދުމަކީ ރައްކާތެރި ކަމެއްތަ؟

bandun-ove-nidhun-74މާބަނޑު ދުވަސްވަރު ނިދުން އެންމެ ރަނގަޅީ އެއްއަރިއަކަށް އޮވެއެވެ. ނަމަވެސް ބަންޑުން އޮވެ ނިދުމަކީ އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ. މިކަމުގައި ރައްކާތެރިކަން ނުވަތަ ނޫންކަން ބިނާވެގެންވަނީ މަހުގައި ލޭދައުރު ކުރާމިންވަރަށް އަންނަ ބަދަލާއި ދަރިފުޅަށް ކާނާ ގެންގޮސްދޭ މިންވަރަށް އަންނަ ބަދަލުގެ މައްޗަށެވެ.

ތަފްޞީލު...ބަނޑަށް 6 މަސްވުމަށްފަހު ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރި ކަމެއްތަ؟

jinsee-gulhun-72ބަލިވެއިނުމަކީ ޖިންސީ ގުޅުން ހިންގުން މަނާ ކުރާ ކަމެއްނޫނެވެ. އަދި އެއީ އާއްމުގޮތެއްގައި ގެއްލުން ހުރި ކަމެއްވެސް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކަކީ މާބަނޑު މީނުން ޖިންސީ ގުޅުން ހިންގުން މަނާ ނުވަތަ ގައްލުން ހުރި ހާލަތްތަކެކެވެ. މިފަދަ ހާލަތެއްގައި ޖިންސީ ގުޅުން ހިންގައިގެން ނުވާނެއެވެ. މިގޮތުން މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުން މަނާ ކުރާ ކަންތައްތަކަކީ:-

ތަފްޞީލު...މާބަނޑު ދުވަސްވަރު ރޯބިސް ބުއިމަކީ ރައްކާތެރި ކަމެއްތަ؟

roa-bis-buin-69ބިސްއޭގެ ޒާތުގައި އެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫނެވެ. އަދި މާބަނޑު ދުވަސްވަރުވިޔަސް ރޯބިސް ބުއިމަކީ ރައްކާތެރި ކަމެކެވެ. އެހެންނަމަވެސް މިއީ އެދެވިގެންވާ ކަމެއްނޫނެވެ. އެއީ ވަރަށް ގިނަފަހަރު ރޯބިހުގައި ސަލްމޮނެއްލާ އާއި ޓޮކުސޯޕްލާޒްމާ ގޮންޑީ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ސަލްމޮނެއްލާ އަކީ ބެކުޓީރިއާއެކެވެ. މިއީ ކާބޯތަކެތި ވިހަކުރާ ބެކުޓީރިއާއެކެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު އުރަމަތިން ކިރުބޭރުވުމަކީ ޠަބީޢީ ކަމެއްތަ؟

kiru-beyruvumakee--68މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. އާއްމުގޮތެއްގައި މިގޮތަށް ކިރުފައިބަނީ ބަނޑަށް ފަހު ތިންމަހުގައެވެ. މިގޮތުން ފައިބާ ކިރަކީ ރީދޫ ކިރެވެ. ނަމަވެސް މިއީ ހުރިހާ މާބަނޑު މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. މިހެން ދިމާވާ މާބަނޑު މީހުން ހެނދުން ސާފުކޮށް ބެހެއްޓުމަށްޓަކައި ގާތުންދޭ ދުވަސްވަރު އަޅާވައްތަރުގެ ބުރާ އެޅުން ރަނގަޅުވާނެއެވެ. ނުވަތަ އާދައިގެ ބުރާ އަޅާނަމަ ބުރާގެ އެތެރެއަށް ޕެޑު ނުވަތަ ކަފަ ލެއްވިދާނެއެވެ.

ތަފްޞީލު...އަޔޮޑިން..... ތައިރޮއިޑަށް ވަރަށް ބޭނުންތެރި މާއްދާއެއް

iodin-65އަޔޮޑިނަކީ ބަނޑުގައިވާ ދަރިފުޅުގެ ނާރުތައް އުފެދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަމައެފަދައިން ތައިރޮއިޑު ގުލޭންޑުގެ ވަޒީފާ އިންތިޒާމު ކުރުމުގައިވެސް އަޔޮޑިން އަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ. އަދި ތައިރޮއިޑު ގުލޭންޑުން އުފައްދާ ހޯމޯނެއް ކަމުގައިވާ ތައިރޮކްސިން އުފެއްދުމަށް ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. މިހޯމޯނަކީ ހަށިގަނޑުގެ ހުރިހާ ކާބޯތަކެއްޗެއް ހަޖަމްކުރުމާއި އެއިން ހަކަތަ އުފައްދައި ދިނުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ ހޯމޯނެކެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު އަރާމުގައި ނިދާނީ ކިހިނެއް؟

nidhaanee-kihiney-63ބަނޑަށް ކުރީކޮޅު ނިދުމުގައި މާބޮޑު ދަތިތަކެއް ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ގޮތަކަށް އޮވެވެސް ފަސޭހަކަމާއި އެކު ނިދާލެވިދާނެއެވެ. ނަމަވެސް ބަނޑަށް 6 މަސްވުމަށްފަހު ބޮޑުވެފައިވާ ބަނޑަށް ފަސޭހަވާނެ ގޮތަކަށް ނިދުމަކީ ކުރަން އުދަގޫ ކަމެކެވެ. މިހިސާބަށް ދާއިރު އަރިޔަކަށް އޮވެގެން ނޫނީ ނިދަން ވަރަށް އުދަގީވާނެއެވެ. އަދި އެންމެ ސަލާމަތްކަން ބޮޑު ނިދަން އެންމެ ރަނގަޅު ގޮތަކީވެސް ވާތްފަރާތަށް ނިދުމެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު އުއްޑުންއޮވެ ނިދުމަކީ ރައްކާތެރިކަމެއްތަ؟

uddon-ove-nidhumakee-73ފުރަތަމަ ތިންމަހުގައި އުއްޑުން އޮވެ ނިދުމަކީ އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ. ހާއްސަކޮށް އިތުރު އުދަނގުލެއް ނުވާ ސިއްހަތު ރަނގަޅު މައިންނަށް މިއީ މިދުވަސްވަރު އެއްގޮތަކަށްވެސް ކަންބޮޑުވާން ޖެހޭ ކަމެއްނޫނެވެ. އެއީ މިދުވަސްވަރު އެދި ރަހިމު އިންނާނީ ދަށްބަނޑުގައެވެ. އަދި މާބޮޑެއްވެސް ނުވާނެއެވެ. ނަމަވެސް ބަނޑަށް 20 ހަފުތާ ނުވަތަ 5 މަސް ވުމަށްފަހު އުއްޑުން އޮވެ ނިދުމަކީ ބޮޑުވެފައިވާ ރަހިމުން ހިތަށް ލޭގެންގޮސްދޭ ލޭހޮޅިތަށް ފިއްތާ ލޭ ހިތަށް ގެންދިއުން މަދުކުރާނެ ކަމެކެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ދަގަނޑު މަދުވުމުގެ ސަބަބުން ލޭމަދުވުން (Iron-deficiency anemia in pregnancy)

ley-madhuvun-66ބަލިވެއިނުމުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މިންވަރު ވަރަށްބޮޑުތަން އިތުރުވެގެން ދެއެވެ. ދަގަނޑަކީ ހީމޮގުލޮބިން އުފެއްދުމަށްތަކައި ކޮންމެހެންވެސް ބޭނުންވާ މާއްދާއެކެވެ. ހީމޮގުލޮބިންއަކީ ލޭގެ ރަތްހަތާތަކުގައި ހުންނަ ޕްރޮޓީންއެކެވެ. ހަށިގަނޑުގެ ހަތާތަކަށް ބޭނުންވާ އޮކުސިޖން ގެންގޮސްދެނީ މިހީމޮގުލޮބިން އިންނެވެ. ބަލިވެއިނުމުން ހަށިގަނޑުގައި ވަރަށްގިނައިން ލޭއިތުރުވެގެން ދެއެވެ. މިގޮތުން ގާތްގަޑަކަށް ބަލިވެއިނުމުގެ ކުރިން ހުރި މިންވަރަށްވުރެ 50% އިތުރަށް ބަލިވެއިނުމުން ލޭ އުފައްދައެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު އެކްސްރޭ ނެގުމަކީ ރައްކާތެރި ކަމެއްތަ؟

xra-negun-kameitha-70މާބަނޑު ދުވަސްވަރު އެކްރޭ ނެގުމުގެ ރައްކާތެރިކަމާއި ނޫންކަން ބިނާވެގެންވަނީ ނަގާ އެކްސްރޭގެ ބާވަތާއި އެއިން ހަށިގަނޑަށް އަންނަ ރޭޑިއޭޝަނުގެ މިންވަރުގެ މައްޗަށެވެ. ހަށިގަނޑަށް އަންނަ ރޭޑިއޭޝަން އިތުރުވާ ވަރަކަށް އެކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ލިބޭ ގެއްލުން ބޮޑުވެއެވެ. ނަމަވެސް އާއްމުގޮތެއްގައި ނަގާ އާދައިގެ އެކްސްރޭއަކުން ދަރިފުޅަށް

ތަފްޞީލު...މާބަނޑު ދުވަސްވަރު ކިހާ ފެނެއް ބޯން ޖެހޭތަ؟

kihaa-fenei-boanjehey-tha-61ފެނަކީ ހަށިގަނޑަށް ވަރަށް މުހިއްމު ބޭނުންތެރި އެއްޗެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރުގައެވެ. މައިމީހާ ކާ ކާނާ ދަރިފުޅަށް ރަހިމުންލާފައި ގެންގޮސްދެނީ ފެނުގެ އެހީގައެވެ. ގިނައިން ފެންބުއިމުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް މަދުވެގެންދެއެވެ. އެއީ ކުޑަކަމުދާ އެއްޗެތި ގިނަވުމުން މިނިޒާމަށް ވަންނަ ބެކުޓީރާ ފަދަ ތަކެތި ދޮވެލާތީއެވެ.

ތަފްޞީލު...ބަނޑުގައި ދަރިފުޅު އުފެދެނީ ކިހިނެއް؟

dharifulhu-ufedhenee-kihiney-59ދަރިފުޅު އުފެދެނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ދެމަފިރިން ރޭކުރުމަށްފަހު ނުވަމަހާއި ނުވަދުވަސް ފުރައި ކުއްޖަކު ލިބޭކަން އެނގެއެވެ. ނަމަވެސް އެހުރިހާ ކަންތައްތަކެއް ހިގާގޮތް ތަފުޞީލުކޮށް އެނގޭހެއްޔެވެ؟ ދަރިފަނި އުފެދެނީ ކޮންތާކުކަން އެނގޭހެއްޔެވެ؟ ބިސްއުފައްދައި ބޭރުކުރަނީ ކޮންތާކުކަން އެނގޭހެއްޔެވެ؟ ދަރިން އުފެދެނީ ލޮލަށް ނުފެންނަވަރުގެ މި ކުޑަކުޑަ ދޭތި ގުޅިގެންކަން އެނގޭހެއްޔެވެ؟ އަދި ކޮންމެ މަހަކު ބަލިވެ އިނުމުގެ ފުރުޞަތު އޮންނަނީ އެންމެ %20 އަށްކަން އެނގޭހެއްޔެވެ؟

ތަފްޞީލު...މާބަނޑު އަނބިމީހާ ނިދުމުގައި ފިރިމީހާއަށް ދެވޭނީ ކޮންކަހަލަ އެހީތެރިކަމެއް؟

nidhumuga-firimeehaiehee-e-60މާބަނޑުއަނބިމީހާ ނިދުމުގައި ފިރިމީހާއަށް ވަރަށް ގިނަގޮތްގޮތަށް އެހީތެރިވެވިދާނެއެވެ. އާއްމުގޮތެއްގައި ނިދުމުގެ ކުރިން ވާހަކަފޮތެއް ކިޔާލުން ގުރުއާން ނުވަތަ ރީތިލަވައެއް އަޑުއަހައި ލުމަކީ ނިދަން ފަސޭހަވާ ކަމެކެވެ. ވުމާއެކު އަނބިމީހާއަށް އެފުރުޞަތު ދީފައި ގޭގައި އިތުރަށް ކުރަންހުރި ކަންތަކުގައި ފިރިމީހާއަށް އެހިތެރިވެވިދާނެއެވެ.

ތަފްޞީލު...ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

nidhaairu-dhimaava-udhagoo-57މާބަނޑު ދުވަސްވަރު ނިދީގެ އުދަގޫވުމަކީ ވަރަށް ގިނަމައިންނަށް ދިމާވާ ކަމެކެވެ. ރޭގަނޑު ނިދި ނައުމާއި ދުވާލިގަޑީގައި ގިނައިން ނިދި އައުމަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. ރަނަގަޅު ގޮތަކީ ހަށިގަނޑުގެ ގޮވުމަށް އިޖާބަދީ ދުވާލު ގަޑީގައިވެސް މަދުވެގެން ދެގަޑިއިރުވަރު ނިދާލުމެވެ. އަދި ރޭގަނޑު މަދުވެގެން 8 ގަޑިއިރު ވަރު ނިދާލުމެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.