ހޯމަ20180910

އާކުރެވުނީ: 08:43:52

މަންމާއިދަރިފުޅު

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބަލިވެ އިނުމަށް އަސަރުކުރާ ކަމެއްތަ؟

dhunfathuge-isthumaal-135ދުންފަތުގެ އިސްތިއުމާލް ކުރާމީހަކަށް ދަރިޔަކު ނުލިބޭނެޔޭ ބުނުން ތެދަކަށް ނުވާނެއެވެ. ނަމަވެސް މިއީ ފިރިމީހާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އުފައްދާ މިންވަރު މަދުކުރާ ސަބަބެކެވެ. އަދި މިކަމިގެ ސަބަބުން ދަރިފަނި އުފައްދާ މިންވަރުވެސް މަދުވެއެވެ. ހަމައެފަދައިން މިއީ އަނބިމީހަގެ އޯވަރީގައި ބިސް އުފެދުމުގެ ފުރުޞަތުވެސް ކުޑަ ކުރާކަމެކެވެ. ވުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރީން ލިބުމުގު ފުރުޞަތު ކުޑަކުރާކަމެކެވެ. ދަރީން ނުލިބޭނެ ކަމެއް ނޫނެވެ.

ތަފްޞީލު...



ގިނައިން ޖިންސީ ގުޅުން ހިންގުމަކީ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ސަބައެއްތަ؟

ithuruvaa-kamaitha-33ނޫނެކެވެ. ވަރަށްގިނަ ދެމަފިރީން ހީކުރަނީ ބަލިވެ އިނުމަށްޓަކައި އަނބިމީހާގެ އޯވަރީގައި ބިސް އުފެދޭ ބަރާބަރު ވަގުތަށް ޖިންސީ ގުޅުން ހިންގަން ޖެހޭނެ ކަމުގައެވެ. ބައެއް ދެމަފިރީން ބިސް އުފެދޭ ދުވަސްވަރާއި ދިމާކޮށް ހޭބޯނާޅައި ޖިންސީ ގުޅުން ހިންގައެވެ. ބިސް އުފެދޭ ބަރާބަރު ވަގުތަށް ދިމާ ކުރުމަށްޓަކައެވެ. ނަމަވެސް މިއީ ރަނގަޅު ހީކުރުމެއްނޫނެވެ.

ތަފްޞީލު...



ފިރިހެނުންނަށް ދަރިންލިބުން ލަސްވުމަށް ދިމާވާ އާއްމު ބަލިތައް

lasvaa-aamu-balitha-42ދަރިން ލިބުން ލަސްވިކަމުގައި ބެލެވެނީ ކައިވެނި ކޮށްގެން ދެމަފިރީން އެކީގައި އުޅެ ދޭތެރެދުރުކުރާ އެއްވެސް ވަސީލަތެއް ބޭނުން ކުރުމަކާއި ނުލައި އެއްއަހަރުވަންދެން ގަވައިދުން ރޭކުރުމާއި އެކުވެސް އަނބިމީހާ ބަލިވެ ނުއިންނަ ނަމައެވެ. ދަރިންލިބޭ އުމުރުގެ %10 މީހުންނަކީ ދަރިން ލިބުން ލަސްވުމުގެ މައްސަލަ ކުރިމަތިވާ މީހުންނެވެ. މިގެތެރެއިން %30 މައްސަލަތައް ހިއްސާކުރަނީ އަނބިމީހާއެވެ. %30ފިރިމީހާއެވެ.

ތަފްޞީލު...



ދަރިން ހޯދުމުގައި ސިނާއީ ވަސީލަތްތައް ބޭނުން ކުރުމާއި މެދު އިސްލާމްދީން ދެކެނީ ކޮންގޮތަކަށް

sinaee-vaseelaithai-islamdheen-46މިއީ ދީނީ އިލްމުވެރިން ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީފައިވާ މައުލޫއެކެވެ. ތިރީގައި އެވަނީ މިގޮތުން ދީނީ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތްތަކެވެ.

1- ދަރިން ނުލިބުމަކީ ނުވަތަ ދަރިން ލިބުން ލަސްވުމަކީ ބައްޔެއް ކަމުގައި ބެލެވިދާނެއެވެ. އަދި މިފަދަ ހާލަތުގައި ފަރުވާ ކުރުމުގެ ހައްގު ދެމަފިރިންނަށް ލިބިގެން ވެއެވެ. މިކަމުގައި ހިލޭމީހެއްގެ ކުރިމަތީގައި އައުރަ ކަޝްފު ކުރަން ޖެހުނަސް ވެއެވެ.

ތަފްޞީލު...



ދަރިން ނުލިބުން ނުވަތަ ލިބުން ލަސްވުން

lasvun-55އަހަރުވަންދެން އެކަށީގެންވާވަރަށް ޖިންސީ ގުޅުން ހިންގުމާއެކުވެސް ދަރިން ނުލިބުނު ނަމަ ދަރިން ލިބުން ލަސްވާފަދަ މައްސަލައެއް ހުރިކަމަށް ޝައްކު ކުރެވިދާނެއެވެ. ނަމަވެސް ޔަގީންކަމާއެކު އެފަދަ މައްސަލައެއް ހުރިކަން ކަޑައަޅާނީ ޑޮކުޓަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ 10 ދެމަފިރީންގެ ތެރެއިން ދެމަފިރިޔަކު މިފަދަ މައްސަލަ ތަކުގެ ޝަކުވާ ކުރެއެވެ. ނަމަވެސް އޭގެ މާނައަކީ މިފަދަ ޝަކުވާ ކުރާ ކޮންމެ މީހަކީ ދަރިން ނުލިބޭނެ މީހެކެ ނޫނެވެ.

ތަފްޞީލު...



ދަރިންހޯދުމަށް ޖިންސީ ގުޅުން ހިންގުމުގައި ވަގުތުގެ މުހިއްމުކަން

jinsee-gulhun-vaguthu-116ހުރިހާވެސް އެއްޗަކީ ވަގުތެވެ. ދަރިފަނި އަނބިމީހާގެ ފަރުޖަށް ދިއުމަށްފަހު ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ދިރިހުރެއެވެ. ނަމަވެސް އޯވަރީގައި ކޮއްޓާ ބިސް 12 ގަޑިއިރާ 24 ގަޑިއިރާ ދޭތެރޭ ހަލާކުވެދެއެވެ. ވުމާއެކު ބަލިވެއިނުމަށްޓަކައި ޖިމާއުވާނޭ ރަނގަޅު ދުވަހަކާއި ވަގުތު ކަޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އޯވަރީން ބިސް ކޮއްޓުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިމާއުވުމަކީ ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމެކެވެ. އެއީ އެހާލަތުގައި ބިސް ކޮއްޓާއިރު ބަލިކަމެއްނެތި ސަލާމަތުން ހުރި ދަރިފަނިތައް ބިހާބައްދަލުކޮށް ބިހަށް ވަނުމަށް މަސައްކަތް ފަށާނެއެވެ.

ތަފްޞީލު...



ދަރިޔަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް ކަންތައް ކުރަން ޖެހޭތަ؟

vakigothakai-kanthai-95ގިނަ ތަޖުރިބާކާރުން ވިދާޅުވަނީ ޖިމާއުވާއިރު ފިރިމީހާ މަތީގައި އޮވެގެން ޖިންސީ ގުޅުން ހިންގުމަކީ ބއލިވެ އިނުމުގެ ފުރުޞަތު އެންމެ ބޮޑު ގޮތެވެ. މިގޮތަށް ތިބެ ޖިންސީ ގުލުން ހިންގުމުން ޒަކަރު ފަރުޖުގެ އެންމެ އެތެރެއެށް ވަދެގެން ދެއެވެ. ވުމާއެކު ދަރިފަނި ރަހިމާއި ވަރަށް ގާތަށް ގެންގޮސް ދެއެވެ. ހާއްސަކޮށް އަނބިމީހާ ފޫކޮޅު ދަށަށް ބާލީހެއް ލައްވައިގެން ޖިމާއު ވާނަމަ މި ފުރުސަތު ބޮޑަށް އިތުރު ވެގެންދެއެވެ.

ތަފްޞީލު...



ބަލިވެއިންކަން އެނގޭނީ ކިހިނެއް؟

baliveinkan-egeynee-kihiney-83ބަލިވއިންކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އާއްމުގޮތެއްގައި ގިނަފަހަރަށް މައްސަރުކަންތައް ވާންޖެހޭ ދުވަހަށް ނުވުމުގެ ކުރިން ބަލިވެ އިންކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަދި މައްސަރުކަންތައް ނުވެ ހަފުތާއެއް ދެހަފުތާއެއް ވަންދެން ނޭގުމަކީ ވަރަށް ގާތް ކަމެކެވެ. މައްސަރުކަންތައް އިންތިޒާމް ނޫންނަމަ މައްސަރު ކަންތައް ދެންވާނީ ކޮން ދުވަހަކުން ކަންވެސް ގިނަފަހަރަކު ނޭގޭނެއެވެ. ވުމާއެކު ބަލިވެ އިންކަމަށް ޝައްކު ކުރާކަށްވެސް ނޭގޭނެއެވެ. ނަމަވެސް ތިރީގައި އެވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެނަމަ ބަލިވެއިންތޯ ޓެސޓު ކުރާށެވެ.

ތަފްޞީލު...



ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރަންރަނގަޅީ ކޮންއިރަކު؟

balive-intho-testkuran-132އާއްމުގޮތެއްގައި މިކަން ބިނާވެގެންވަނީ ކުރާ ޓެސްޓެއްގެ ބާވަތަށެވެ. ބަލިވެއިންތޯ ބެލުމަށް އެންމެ އާއްމުގޮތެއްގައި ބޭނުންކުރަނީ ކުޑަކަމުދާއެއްޗެތި ބޭނުން ކޮށްގެން ކުރާ ޓެސްޓެކެވެ. ދެވަނަ ބާވަތަކީ ލޭ ބޭނުން ކޮށްގެން ކުރާ ޓެސްޓެކެވެ. މިއިން ކޮންމެ ޓެސްޓެއްގައިވެސް ބަލިވެއިންކަމަށް ބަލަނީ މާބަނޑު ހޯމޯން ނުވަތަ އެޗްސީޖީ (human chorionic gonadotropin) ހަށިގަނޑުގައި ހުންނަ މިންވަރެއްގެ މައްޗަށެވެ.

ތަފްޞީލު...



ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

falavumakee-hurasalhaa-kameitha-3ނޫނެކެވެ. ފަލަވުން އޭގެ ޒާތުގައި އެއީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ގަވައިދުން އިންތިޒާމުކޮށް ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުން ދާނަމަ ފަލަވުމަކީ ބަލިވެއިނުމަށް ހުރަސް އަޅާނެ ކަމެއް ނޫނެވެ. ގަވައިދުން މައްސަރު ކަންތައް ދިމާވަމުންދާނަމަ ބިސް ބޭރުވަމުންދާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ކޮންމެ މަހަކުވެސް އޮންނާނެއެވެ.

ތަފްޞީލު...



ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ޑޮކުޓަރުން ބުނަނީ ކީކޭ؟

vaki-jinsege-40 ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވަކި ޖިންސެއްގެ ކުއްޖަކު ހޯދިދާނެއެވެ. އަދި ބަލިވެއިންނަތަނުން ދަރިފުޅުގެ ޖިންސުވެސް ބެލިބާނެއެވެ. މިކަމުގައި ތަފާތު ވަސީލަތްތައް ބޭނުންކުރެވެއެވެ. އެކި ވަސީލަތްތަކުންދޭ ޔަގީންކަން ތަފާތެވެ. ވަކި ޖިންސެއްގެ ކުއްޖަކު ހޯދުމަށް ބޭނުން ކުރެވޭ އެންމެ ޔަގީންކަން ބޮޑު ވަސީލަތްތަކަކީ އެންމެ އަގުވެސް ބޮޑު ވަސީލަތްތަކެވެ.

ތަފްޞީލު...



ހިތާނުކުރުން

khithaanukurun-41ޚިތާނުކުރުމަކީ ޒަކަރުގެ ކުރީކޮޅުގައި އިންނަ ހަންކޮޅު ބުރިކޮށްލައި ވަކިކޮށްލުމެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އަދި ކުޑަކަމުދާ ނިޒަމަށް ޖެހޭ ބަލިތައް މަދުކުރާ ކަމެކެވެ. އަދި މިއީ މުސްލިމު ހުރިހާ ފިރިހެނުން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ހިތާނު ކުރަނީ ހަމައެކަނި މުސްލިމުން އެކަންޏެއް ނޫނެވެ.

ތަފްޞީލު...



ފާނަބަސަނދު

faana-basandhu-38މިއީ ވެރިސެއްލާ ޒޮސްޓަރ ކިޔާ ވައިރަހެއްގެ ސަބަބުން ގައިންގަޔަށް އަރާ ހަމުގެ ބައްޔެކެވެ. މިބަލި ގަޔަށް އެރުމަށްފަހު ބަލީގަ އަލާމާތްތައް ފެނުމާއި ދޭތެރޭ 2-3 ހަފުތާވެއެވެ. މިބަލި ޖެހިފައިވާ މީހަކު މިބަލި އެހެންމީހުންނަށް ފަތުރަމުން ގެންދާނީ މިބަލީގެ ބިހިތައް ނެގަންފެށުމުގެ އެއްދުވަސް ކުރިން ފެށިގެންގޮސް ބިހިތައް އެއްކޮށް ރަނގަޅުވެ ނިމެންދެނެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.