މަންމާއިދަރިފުޅު
ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލު
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ބަލިވެއިނުމުގެ ކުރިން ހުރިވަރަށް ވިހާތަނުން ލުޔެއް ނުވާނެއެވެ. މިކަމަށް ވަގުތު ނަގާނެއެވެ. ނަމަވެސް ވިހާތަނުން ވަރަށް ބޮޑުތަން ލުއިވެގެން ދާނެއެވެ. ދަރިފުޅުގެ 3- 3.5 ކިލޯއާއި މަހުގެ 0.5- 1 ކިލޯއާއި ބޭރުވެގެންދާ ފެނާއި ލެއިން ގާތްގަޑަކަށް ކިލޯއަކާއިއެކު ޖުމުލަ ވިހާތަނުން ގާތްގަޑަކަށް 5- 5.5 ކިލޯ ލުއިވެގެންދާނެއެވެ. ވިހާތަނުން ލުއިވެގެންދާ ގާތްގަނޑަކަށް 5 ކިލޯގެ އިތުރުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް ހަށިގަނޑު ދާނީ ލުއިވަމުންނެވެ.
ހިރުގަނޑުން ލޭއައުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ހިރުގަނޑު ދުޅަވުމާއިއެކު ދަތްއުނގުޅާއިރު ލޭއައިސް ތަދުވުމަކީ ވަރަށްގިނަ މާބަނޑު މީހުންގެ ޝަކުވާއެކެވެ. މިއީ ބަލިވެއިނުމުން އިތުރުވެގެންދާ އަންހެން ހޯމޯނެއް ކަމުގައިވާ ޕްރޮޖެސްތްރޯން ހޯމޯންގެ ސަބަބުންވާ ކަމެކެވެ. މިހޯމޯން އިތުރުވުމުން ހިރުގަނޑުގައި ތަފާތު ވައްތަރުގެ ބެކުޓީރިޔާތައް އަށަލުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަދި މިއާއި އެކު ބަލިވެއިނުމުގެ ހަށިގަނޑަށް އިތުރުވެގެންދާ ލެޔަކީ މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ.
ކޮޕަރ.... ލޭގެ ހަތާތައް އުފެދުމަށް ކޮންމެހެން ބޭނުންވާ މާއްދާއެއް
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ކޮޕަރ އަކީ ހުރިހާވައްތަރެއްގެ ގަސްގަހާގެއްސާއި މަސްމަހާމެހީގައި ހުންނަ މިނެރަލެކެވެ. މިއީ ލޭގައިހުންނަ ރަތްހަތާތައް އުފެއްދުމަށް ކޮންމެހެންވެސް ބޭނުންވާ މާއްދާއެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރުއެވެ. މައިމީހާއާއި ދަރިފުޅަށްޓާކައެވެ. ކޮޕަރ އަކީ ހަށިގަނޑުގެ އެހެން ހަތާތައް އުފެއްދުމާއި ހަކުރުން ހަކަތަ ހޯދައި ދިނުމާއި އިސްތަށިފެޅުމަށްވެސް ބޭނުންވާ މާއްދާއެކެވެ.
އަނބިމީހާ ޑޮކުޓަރަށް ދެއްކުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ދަރިން ލިބުން ލަސްވެގެން ނުވަތަ ދަރިއަކުހޯދަން ބޭނުން ވެގެން ޑޮކުޓަރަށް ދައްކާއިރު ދާންޖެހޭނީ ދެމަފިރިން އެކީގައެވެ. ފިރިމީހާވެސް ދައްކަން ޖެހެއެވެ. އެއީ ދަރިން ލިބުން ލަސްވާ ސަބަބަކީ ފިރިމީހާ ކަމުގައި ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އަނބިމީހާގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ފަދައިންނެވެ. ޑޮކުޓަރަށް ދާއިރު ކުރިން އެއްވެސް ބައްޔެއްގެ ސަބަބުން ޑޮކުޓަރަށް ދައްކާފައި ވާނަމަ ދީފައިވާ ބޭސް ސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ހިފައިގެން ދިއުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.
އަނަރޫފަ ވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ނޫނެކެވެ. ކޮންމެހެން މިހެންވުން ލާޒިމެއް ނޫނެވެ. އާއްމުގޮތެއްގައި ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުންދާނަމަ އަނަރޫފަ ވުމަކުން ނުވަތަ ހަށިގަނޑުގައި ސަރުބީ މަދުވުމަކުން ބިސް ބޭރުވުމަކަށް ހުރަހެއް ނާޅާނެއެވެ. ވުމާއެކު ބަލިވެއިނުމަށްވެސް އާއްމުގޮތެއްގައި އުދަގުލަކާއި ދިމާލެއް ނުވާނެއެވެ.
ދަރިޔަކު ހޯދަން ތައްޔާރު ވެއްޖައިންތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ބަލިވެ އިނުމަކީ ހަށިގަނޑަށް އަންނަ ޠަބީއީ އެންމެ ބޮޑު ބަދަލެވެ. ވުމާއެކު ބަލިވެ އިނުމުގެ ކުރީން ތިމާމިހުރީ އެކަމަށް އެންމެ އެކަށީގެންވާ ހާލަތުގައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމުގައި ފިރިމީހާގެ އެހީތެރިކަމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ކައިބޮއި ހަދަނީ ކޮންކޮން އެއްޗިއްސެއްތޯ ސިއްހީ ހާލަތަކީ ކޮބައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ފިރިމީހާ ޑޮކުޓަރަށް ދެއްކުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ދަރިން ލިބުން ލަސްވެގެން ނުވަތަ ދަރިއަކުހޯދަން ބޭނުން ވެގެން ޑޮކުޓަރަށް ދައްކާއިރު ހަމައެކަނި ދައްކަން ޖެހެނީ އަނބިމީހާ އެކަންޏެއް ނޫނެވެ. ފިރިމީހާވެސް ދައްކަން ޖެހެއެވެ. އެއީ ދަރިން ލިބުން ލަސްވާ ސަބަބަކީ ފިރިމީހާ ކަމުގައި ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ޑޮކުޓަރަށް ދާއިރު ކުރިން އެއްވެސް ބައްޔެއްގެ ސަބަބުން ޑޮކުޓަރަށް ދައްކާފައި ވާނަމަ ދީފައިވާ ބޭސް ސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ހިފައިގެން ދިއުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އެއީ ދެވަނަ ފަހަރަށް ކުރިންހަދައިފައިވާ ޓެސްޓެއް ނުހަދައި ފުއްދިދާނެތީއެވެ.
ބަލިވެއިނުމާއި އުމުރު ....30 ގެ އުމުރު ފުރައިގައި ބަލިވެއިނުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
މާލީގޮތުންނާއި މަސްއޫލިއްޔަތުގެ ގޮތުން ބަލާނަމަ މިއީ ބަލިވެއިންނަން އެންމެ ރަނގަޅު އުމުރެވެ. އެއީ މިއުމުރަށް ދާއިރު ހުންނާނީ އާއްމުގޮތެއްގައި ތަޢުލީމީ ހަޔާތް ނިމި އަމަލީ މައިދާނަށް ނިކުމެވިފައެވެ. އަދި އަމިއްލަ ނަފުސު ރަނގަޅަށް އެނގޭނެއެވެ. ވީމާ މައްދީގޮތުންނާއި އަމަލީ ތަޖުރިބާގެ ގޮތުން ޅައުމުރުގައި ބަލިވެއިނުމުން ދިމާވާ ދަތިތަކާ ދިމާލެއް ނުވާނެއެވެ.
އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތައް.
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތަކަކީ ހަމަ ފުރަތަމަ ފަހަރު ކުއްޖަކު ލިބުން ލަސްވުމަށް މެދުވެރިވާ ސަބަބުތައްވެސް މެއެވެ. ކޮންމެ ސަބަބެއް ކަމުގައި ވީނަމަވެސް އެއީ ކުރިންވެސް ހުރި ނަމަވެސް އިތުރަށް ގޯސްވަމުން އައި ސަބަބެސް ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ވިހެއުމުގެތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަމުގައިވެސް ވެދާނެއެވެ. ނޫނީ އުމުރާއި ގުޅުން ހުރި ކަމަކަށް ވެސް ވެދާނެއެވެ. ދަރިން ލިބުން ލަސްވާ ސަބަބުތަކަކީ ފުރަތަމަ ފަހަރަށް ނަމަވެސް އަދި ދެވަނަފަހަރަށް ނަމަވެސް އެއީ އެއް ސަބަބު ތަކެކެވެ. އަދި ފަރުވާާ ކުރަނިވެސް ހަމަ އެއްގޮތަކަށެވެ.
ބަލިވެއިނުމާއި އުމުރު ...20 ގެ އުމުރު ފުރައިގައި ބަލިވެއިނުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ދަރިޔަކު ހޯދަން ވަގުތު އެބައޮތެވެ. މިއީ ސިއްހީގޮތުން ދަރިޔަކު ހޯދަން އެންމެ ރަނގަޅު އުމުރެވެ. އަދި ދަރިޔަކު ހޯދުމަށް ރަހިމާއި ހަށިގަނޑުވެސް އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ އުމުރެވެ.
ހަށިގަނޑުގެ ދިރުމަށް ނުވަތަ ސިއްހީ މިންގަޑުން ބަލާނަމަ ދަރިން ހޯދުމަށް މިއަށްވުރެ ރަނގަޅު އުމުރެއް ނުވެއެވެ. ތަޖުރިބާކާރު ޑޮކުޓަރުން ވިދާޅުވާ ގޮތުގައި ބަލިވެ އިންނަން މިއަހަރުތަކުގެ ތެރެއިންވެސް އެންމެ ރަނގަޅު އުމުރަކީ 24 އަހަރެވެ.
ބަލިވެއިނުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ދަރިޔަކު ހޯދަން ކަޑައެޅުމަށްފަހު ފުންކޮށް ވިސްނާލާށެވެ. ސަލާމަތް ސިއްހަތާކާއެކު ބަލިވެއިނުމަށް އަދި ދުޅަހެޔޮ ދަރިޔަކު ހޯދުމަށް ބަލިވެއިނުމުގެ މަދުވެގެން މަހެއް ދެމަހެއްވަރުކުރިން ދެމަފިރިންގެ ސިއްހީހަލަތު އެކަށީގެންވާ ވަރަށް ރަނގަޅު ކުރެވޭތޯ ބަލާށެވެ. މިކަމަށްޓަކައި ބައެއް ކަންކަމަށް ސަމާލިވާން ޖެހޭނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ. ތިރީގައި އެވާ ކަންތައްތަކަށް ފަރުވާތެރި ވާށެވެ.
ވިހެއުމުގައި ފިރިމީހާގެ ދައުރު
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ޒަމާނުއްސުރެ ފިރިމީހާއަކީ އަނބިމީހަ ބަލިވެއިނީއްސުރެ ވިހަންދެން އަދި ވިހެއުމަށްފަހު ފޫޅުމައި މީހާ އާމިފަހަރު ފިރިހެން ކުއްޖެއް ނުވަތަ އަންހެން ކުއްޖެކޭ ބުނަންދެން އެއްވެސް ދައުރެއް އޮންނަ މީހެއް ނޫނެވެ. ފިރިމީހާ ވިހަ ކޮޓަރީގެ ވަށައިގެން ނުތަނަވަސްކަމާއި ހާސްކަމުގައި އެބުރި އެބުރި ހުންނަނީ އެންމެ ކުޑަމިނުން އަނބިމީހާ އަޅާވޭނުގައި ބައިވެރި ނުވެވޭތާ ވަމުންދާގޮތްވެސް ނޭނގިއެވެ.
އޮށާޅައާއި ބިހިނެގުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
އާއްމުގޮތެއްގައި އޮށާޅައާއި ބިހި ނެގުމަކީ ފުރާވަރަށް އަރައިގެން އަންނައިރު ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ހަމައެފަދައިން ބަލިވެއިނުމަކީވެސް މިކަން އިތުރުވެގެންދާ ކަމެކެވެ. މިހެންވަނީ ބަލިވެއިދެހެން އަންނަ ދުވަސްވަރު ހަށިގަނޑުގައި އިތުރުވެގެންދާ އެންޑްރޯޖިން ހޯމޯނުގެ ސަބަބުންނެވެ. މިހޯމޯން އިތުރުވުމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ސިބޭކަސް ގުލޭންޑުތައް ބޮޑުވެއެވެ.