ހޮނިހިރު20181117

އާކުރެވުނީ: 08:43:52

ބަލިވެއިނުމުގެކުރިން

އަނަރޫފަ ވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

hurasalhaakamitha-4ނޫނެކެވެ. ކޮންމެހެން މިހެންވުން ލާޒިމެއް ނޫނެވެ. އާއްމުގޮތެއްގައި ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުންދާނަމަ އަނަރޫފަ ވުމަކުން ނުވަތަ ހަށިގަނޑުގައި ސަރުބީ މަދުވުމަކުން ބިސް ބޭރުވުމަކަށް ހުރަހެއް ނާޅާނެއެވެ. ވުމާއެކު ބަލިވެއިނުމަށްވެސް އާއްމުގޮތެއްގައި އުދަގުލަކާއި ދިމާލެއް ނުވާނެއެވެ.

ތަފްޞީލު...



ދަރިޔަކު ހޯދަން ތައްޔާރު ވެއްޖައިންތަ؟

thayyaru-vejjain-ha-23ބަލިވެ އިނުމަކީ ހަށިގަނޑަށް އަންނަ ޠަބީއީ އެންމެ ބޮޑު ބަދަލެވެ. ވުމާއެކު ބަލިވެ އިނުމުގެ ކުރީން ތިމާމިހުރީ އެކަމަށް އެންމެ އެކަށީގެންވާ ހާލަތުގައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމުގައި ފިރިމީހާގެ އެހީތެރިކަމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ކައިބޮއި ހަދަނީ ކޮންކޮން އެއްޗިއްސެއްތޯ ސިއްހީ ހާލަތަކީ ކޮބައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ތަފްޞީލު...



ފިރިމީހާ ޑޮކުޓަރަށް ދެއްކުން

firimeeha-doctarai-dhekkun-75ދަރިން ލިބުން ލަސްވެގެން ނުވަތަ ދަރިއަކުހޯދަން ބޭނުން ވެގެން ޑޮކުޓަރަށް ދައްކާއިރު ހަމައެކަނި ދައްކަން ޖެހެނީ އަނބިމީހާ އެކަންޏެއް ނޫނެވެ. ފިރިމީހާވެސް ދައްކަން ޖެހެއެވެ. އެއީ ދަރިން ލިބުން ލަސްވާ ސަބަބަކީ ފިރިމީހާ ކަމުގައި ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ޑޮކުޓަރަށް ދާއިރު ކުރިން އެއްވެސް ބައްޔެއްގެ ސަބަބުން ޑޮކުޓަރަށް ދައްކާފައި ވާނަމަ ދީފައިވާ ބޭސް ސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ހިފައިގެން ދިއުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އެއީ ދެވަނަ ފަހަރަށް ކުރިންހަދައިފައިވާ ޓެސްޓެއް ނުހަދައި ފުއްދިދާނެތީއެވެ.

ތަފްޞީލު...



ބަލިވެއިނުމާއި އުމުރު ....30 ގެ އުމުރު ފުރައިގައި ބަލިވެއިނުން

thireehuge-umuru-fura-21މާލީގޮތުންނާއި މަސްއޫލިއްޔަތުގެ ގޮތުން ބަލާނަމަ މިއީ ބަލިވެއިންނަން އެންމެ ރަނގަޅު އުމުރެވެ. އެއީ މިއުމުރަށް ދާއިރު ހުންނާނީ އާއްމުގޮތެއްގައި ތަޢުލީމީ ހަޔާތް ނިމި އަމަލީ މައިދާނަށް ނިކުމެވިފައެވެ. އަދި އަމިއްލަ ނަފުސު ރަނގަޅަށް އެނގޭނެއެވެ. ވީމާ މައްދީގޮތުންނާއި އަމަލީ ތަޖުރިބާގެ ގޮތުން ޅައުމުރުގައި ބަލިވެއިނުމުން ދިމާވާ ދަތިތަކާ ދިމާލެއް ނުވާނެއެވެ.

ތަފްޞީލު...



އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތައް.

lasvaa-sababu-92އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތަކަކީ ހަމަ ފުރަތަމަ ފަހަރު ކުއްޖަކު ލިބުން ލަސްވުމަށް މެދުވެރިވާ ސަބަބުތައްވެސް މެއެވެ. ކޮންމެ ސަބަބެއް ކަމުގައި ވީނަމަވެސް އެއީ ކުރިންވެސް ހުރި ނަމަވެސް އިތުރަށް ގޯސްވަމުން އައި ސަބަބެސް ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ވިހެއުމުގެތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަމުގައިވެސް ވެދާނެއެވެ. ނޫނީ އުމުރާއި ގުޅުން ހުރި ކަމަކަށް ވެސް ވެދާނެއެވެ. ދަރިން ލިބުން ލަސްވާ ސަބަބުތަކަކީ ފުރަތަމަ ފަހަރަށް ނަމަވެސް އަދި ދެވަނަފަހަރަށް ނަމަވެސް އެއީ އެއް ސަބަބު ތަކެކެވެ. އަދި ފަރުވާާ ކުރަނިވެސް ހަމަ އެއްގޮތަކަށެވެ.

ތަފްޞީލު...



ބަލިވެއިނުމާއި އުމުރު ...20 ގެ އުމުރު ފުރައިގައި ބަލިވެއިނުން

viheege-umuru-furaaga-baliveinun-20ދަރިޔަކު ހޯދަން ވަގުތު އެބައޮތެވެ. މިއީ ސިއްހީގޮތުން ދަރިޔަކު ހޯދަން އެންމެ ރަނގަޅު އުމުރެވެ. އަދި ދަރިޔަކު ހޯދުމަށް ރަހިމާއި ހަށިގަނޑުވެސް އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ އުމުރެވެ.

ހަށިގަނޑުގެ ދިރުމަށް ނުވަތަ ސިއްހީ މިންގަޑުން ބަލާނަމަ ދަރިން ހޯދުމަށް މިއަށްވުރެ ރަނގަޅު އުމުރެއް ނުވެއެވެ. ތަޖުރިބާކާރު ޑޮކުޓަރުން ވިދާޅުވާ ގޮތުގައި ބަލިވެ އިންނަން މިއަހަރުތަކުގެ ތެރެއިންވެސް އެންމެ ރަނގަޅު އުމުރަކީ 24 އަހަރެވެ.

ތަފްޞީލު...



ބަލިވެއިނުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

balive-inumuge-kurin-119ދަރިޔަކު ހޯދަން ކަޑައެޅުމަށްފަހު ފުންކޮށް ވިސްނާލާށެވެ. ސަލާމަތް ސިއްހަތާކާއެކު ބަލިވެއިނުމަށް އަދި ދުޅަހެޔޮ ދަރިޔަކު ހޯދުމަށް ބަލިވެއިނުމުގެ މަދުވެގެން މަހެއް ދެމަހެއްވަރުކުރިން ދެމަފިރިންގެ ސިއްހީހަލަތު އެކަށީގެންވާ ވަރަށް ރަނގަޅު ކުރެވޭތޯ ބަލާށެވެ. މިކަމަށްޓަކައި ބައެއް ކަންކަމަށް ސަމާލިވާން ޖެހޭނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ. ތިރީގައި އެވާ ކަންތައްތަކަށް ފަރުވާތެރި ވާށެވެ.

ތަފްޞީލު...



ދަރިޔަކު ބޭނުންވާ ދެމަފިރިޔަކު ހޫނު ފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއް؟

hoonufenun-96ބައްޕައަކަށް ވާން ބޭނުންވާ ފިރިހެނަކު ގިނައިން ހޫނު ފެނުން ފެންވެރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އުރަވަޅީގައިވާ ދެ އޮށަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެދެއޮށް ހަށިގަނޑުން ބޭރު އުރަވަޅީގައި އޮތުމުގެ ބޭނުމަކީވެސް ދެއޮށުން ދަރިފަނި އުފެއްދުމަށް ބޭނުންވާ ހޫނު މިނަކީ 35 ޑިގުރިއަށްވާއިރު އެތެރެ ހަށީގެ ހޫނުމިނަކީ 37 ޑިގުރީއަށް ވާތީއެވެ.

ތަފްޞީލު...



ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ginain-kasrathukurumakee-baliveinumai-huras-alhaakamaitha-2އާދަޔާ ޚިލާފަށް ކަސްރަތު ކުރުމަކީ އޭގެ ޒާތުގައި ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ހާއްސަކޮށް އެއީ ދިރިއުޅުމުގެ އާއްމު އާދައެއްކަމުގައި ވާނަމައެވެ. އެހެންނަމަވެސް މާބޮޑަށް ހަށިގަނޑުން ހިކި އަންހެނުން ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެކެވެ. އެއީ މިފަދަ އަންހެނުން ގިނައިން ކަސްރަތު ކުރުމުން ސިކުޑީގެ ދަށްބޮލުގައި އުފައްދާ ގޮނާޑޯޓްރޮޕިން ރިލީޒިން ހޯމޯން އުފެއްދުމަށް ހުރަސްއަޅާއެވެ.

ތަފްޞީލު...



ދަރިފުޅު އުފެދި ބޮޑުވުމަށް މާބަނޑު މީހާގެ ކެއުމުގައި ހިމަނަން ޖެހޭ މާއްދާތައް

keumuga-himananjehy-36ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ. ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ.

ތަފްޞީލު...



ބަލިވެއިނުން ލަސްވުމުން ނަފުސާނީގޮތުން ކުރާ އަސަރު

lasvumuun-nafsaaneegothu-kuraa-asaru-5މިއީ ވަރަށްގިނަ ދެމަފިރިންނަށް ދިމާވާ ކަމެކެވެ. ބަލިވެއިނަން ބޭނުންވެގެން ދެމަފިރިން ފަށާ ދުވަހުން ފެށިގެން ކޮންމެމަހެއް ފެށިގެންދަނީ ބަލިވެއިންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ބަލިވެއިނުން ލަސްވުމަށްފަހު ބޭސްކުރަން ފެށުމާއެކު ކޮންމެ މަހެއްވެސް ފެށިގެންދާނީ ކުޑަ އުއްމީދަކާއެކުއެވެ. ނިމިގެންދާނީ ވަރަށް ބޮޑު ހިތްދަތިކަމަކާއި މާޔޫސް ކަމަކާއި އެކުއެވެ.

ތަފްޞީލު...



ބަލިވެއިނުމުގެ ކުރިން ކެއުމަށް ގެންނަން ޖެހޭ 5 ބަދަލު

keumai-gennan-jehey-5-badhalu-118ކެއުން ރަނގަޅު ކުރިހާ އަވަހަކަށް ދަރިން ލިބުމުގެ ފުރުޞަތު އިތުރުވާނެއެވެ. ދަރިންހޯދަން ބޭނުންނަމަ ވީހާވެސް އަވަހަކަށް ކެއުން ރަނގަޅު ކުރާށެވެ. ދެމަފިރިންގެވެސް ކެއުމާއި ދަރިން ލިބުމާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ވީމާ ހަމަހަމަ ކާނާއެއް ކާން ދެމަފިރިންވެސް އާދަކުރާށެވެ. ހަމަހަމަ ކާނާގެ މާނައަކީ ގިނައިން ކެއުމެއްނޫނެވެ. ރަނގަޅު ކާނާ ހަށިގަނޑަށް އެކަށިގެންވާ ވަރަށް ކެއުމެވެ. މިއީ ސިއްހަތު ރަނގަޅު ކުއްޖަކު ހޯދުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.

ތަފްޞީލު...



ބަލިވެއިނުމާއި އުމުރާއި ހުރި ގުޅުން

baliveinumaa-umurua-gulhun-37ތިރީގައި އެވާ ކުރެހުމުން ދައްކައިދެނީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ދަރިން ލިބުމުގެ ފުރުޞަތާއި ނުލިބުމުގެ ފުރުޞަތު އުމުރުގެ މިންގަޑުން އޮންނަ މިންވަރެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.