އާދީއްތަ20181007

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރަންރަނގަޅީ ކޮންއިރަކު؟

ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރަންރަނގަޅީ ކޮންއިރަކު؟

balive-intho-testkuran-132އާއްމުގޮތެއްގައި މިކަން ބިނާވެގެންވަނީ ކުރާ ޓެސްޓެއްގެ ބާވަތަށެވެ. ބަލިވެއިންތޯ ބެލުމަށް އެންމެ އާއްމުގޮތެއްގައި ބޭނުންކުރަނީ ކުޑަކަމުދާއެއްޗެތި ބޭނުން ކޮށްގެން ކުރާ ޓެސްޓެކެވެ. ދެވަނަ ބާވަތަކީ ލޭ ބޭނުން ކޮށްގެން ކުރާ ޓެސްޓެކެވެ. މިއިން ކޮންމެ ޓެސްޓެއްގައިވެސް ބަލިވެއިންކަމަށް ބަލަނީ މާބަނޑު ހޯމޯން ނުވަތަ އެޗްސީޖީ (human chorionic gonadotropin) ހަށިގަނޑުގައި ހުންނަ މިންވަރެއްގެ މައްޗަށެވެ.

މިދެ ޓެސްޓުގެ ތަފާތަކީ ޓެސްޓުން މިހޯމޯން ދެނެގަންނަ ގޮތާއި ވަގުތެވެ.

އެންމެއާއްމުގޮތެއްގައި އަދި އެންމެ ފަސޭހައިން ކުރެވޭ ޓެސްޓަކީ ކުޑަކަމުދާއެއްޗެތި ބޭނުންކޮށްގެން ކުރާ ޓެސްޓެވެ. މިޓެސްޓުން ބަލަނީ ކުޑަކަމުދާ އެއްޗެތީގައި އެޗްސީޖީ ހުންނަ މިންވަރެވެ. ނަމަވެސް މިޓެސްޓުގައި ކުޑަކަމުދާއެއްޗެތީގައި އެޗްސީޖީ ހުންނަކަން ދެނެގަންނަނީ ވަކިވަރަކަށްވުރެ މިހޯމޯން ގިނަވުމުންނެވެ. ވުމާއެކު މާކުރިން މިޓެސްޓު ކޮށްފިނަމަ ކުޑަކަމުދާއެއްޗެތީގައި އެޗްސީޖީ ހުންނަ މިންވަރު މަދުކަމުން ބަލިވެއިންކަމަށް ނުދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި މިޓެސްޓުން ބަލިވެއިންކަމަށް ދައްކަނީ ބިސްބޭރުވެ ދަރިފަންޏާއި ގުޅޭތާ 2 ހަފުތާފަހުންނެވެ. އެއީ އާއްމުގޮތެއްގައި ބަލިވެ ނުއިންނަމަ މައްސަރުކަންތައް ދިމާވާ ހިސާބުގައެވެ.

ވަރަށްގިނަ ސަބަބުތަކާހުރެ މިޓެސްޓުން ބަލިވެއިންކަމަށް ނުދެއްކުމަކީވެސް އެކަށީގެންވާކަމެކެވެ. މިސާލަކަށް ބަލިވެނުއިންނަނިސް ޓެސްޓުކުރުން، ބަލިވެއިންނަތާ މާކުރީކޮޅު ޓެސްޓު ކުރުން އަދި މާބަނޑުގައި މައްސަލަތަކެއް ހުރުންފަދަ ކަންކަމުން މިހެން ވެދާނެއެވެ.

ދެވަނައަށް ކުރެވޭ ޓެސްޓަކީ ލޭގެ ޓެސްޓެކެވެ. މިޓެސްޓުގައި ބަލަނީ ލޭގައި އެޗްސީޖީ ހުންނަ މިންވަރެވެ. މިޓެސްޓުގައި ލޭގައި ވަރަށް މަދުން މި ހޯމޯން ހުއްޓަސް ދެނެގަނެއެވެ. ވުމާއެކު ކުޑަކަމުދާ އައްޗެތީގެ ޓެސްޓަށް ވުރެ އަވަހަށް ލޭގެ ޓެސްޓުން ބަލިވެއިން ކަން ދެނެގަނެއެވެ. އާއްމުގޮތެއްގައި ބަލިވެއިންނަތާ ހަފުތާއެއްގެ ތެރޭގައި މިޓެސްޓުން ބަލިވެއިންކަން ދެބެގަނެއެވެ. ނަމަވެސް މިއީ ތަންކޮޅެއް އަގުބޮޑު އަދި ލޭނަގަން ޖެހޭ ޓެސްޓަކަށް ވުމުން މިއަށް ވުރެ ފަސޭހައިން ކުޑަކަމުދާއެއްޗެތީގެ ޓެސްޓު ކުރެވެއެވެ. އަދި ކުޑަކަމުދާ އެއްޗެތީގެ ޓެސްޓަކީ ގޭގައިވެސް ފަސޭހަކަމާއި އެކު ކުރެވިދާނެ ޓެސްޓެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.