ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުން ލަސްވާ އަންހެނުންނަށް ދެވޭ ބައެއްބޭސް

ބަލިވެއިނުން ލަސްވާ އަންހެނުންނަށް ދެވޭ ބައެއްބޭސް

lasvaa-anehunna-dhevey-beys-54ބަލިވެއިނުން ލަސްވުމުން ވަރަށް ގިނަ އަންހެނުންނަށް ދެވޭ ފުރަތަމަ ފަރުވާއަކީ ގުޅަބޭސް ނުވަތަ އިންޖެކުޝަނެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެތައްމިތަނުގައި އެތައް މިލިޔަން މީހުންނަށް މިގޮތަށް ފަރުވާ ކުރެވެއެވެ. މިހުރިހާ ބޭހަކީވެސް ޖުމުލަގޮތެއްގައި ބިސް އުފެދުމާއި ފުރިހަމަ ކުރުމަށް ފުރުޞަތު އިތުރުކޮށްދޭ ބޭސްތަކެކެވެ.

މިސާލަކަށް (clomiphene) ބިސް އުފެއްދުމުގެ ވަޒީފާއަދާކުރާ ހޯމޯންތަކަށް ހިތްވަރުދީ ކޮންމެ މަހަކުވެސް ބިސް އުފެއްދުމަށް އެހީތެރިވެދެއެވެ. (gonadotropins) ސީދާ އޯވަރީއަށްގޮސް ބިސް އުފެއްދުމަށް އެހީތެރިވެދެއެވެ. ބަލިވެއިނުމަށްޓަކައި ހަމައެކަނި މިވަރުން ގިނަ އެންހެނުންނަށް ފުދެއެވެ.

މިގޮތަށް ބޭނުންކުރާ ގިނަ ބޭސް ތަކަކީ ގެއްލުމެއް ނެތް ބޭސްތަކެކެވެ. ނަމަވެސް ބަލިވެއިނުން ލަސްވާ މީހުންނަށް ކުރެވޭ ބައެއް އެހެން ފަރުވާއެކޭ އެއްފަދައިން ބޭސް ބޭނުން ކުރުމަކީވެސް އެއްމާބަނޑު ކުދިން ލިބުން، ބައިގެންދިއުން އަދި ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަމަށް ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. (Clomid) ނަގާ %10 އަންހެނުންނަށް އެއްމާބަނޑު ކުދިންނަށް ބަލިވެއިދެއެވެ. ހަމައެފަދައިން (Gonadotropins) ބޭނުންކުރާ %10-%40 އަންހެނުން އެއްމާބަނޑު ކުދިންނަށް ބަލިވެއިދެއެވެ.

ބަލިވެއިނުން ލަސްވާ އަންހެނުންނަށް އެންމެ އާއްމުކޮށް ދެވޭ ބޭސްތަކަކީ:-

ނޯޓް: ޢިލްމީގޮތުން ބޭސްތަކަށް ކިޔާ ނަމަކީ ބޭހުގެ އަސްލު ނަމެވެ. ބާޒާރުގައި ވިއްކަން ބޭނުން ކުރާ ނަމަކީ ބޭސްފިހާރަ ތަކުގައި އެ ބޭސްތަށް ވިއްކަން ހުންނަނަމެވެ. މިގޮތުން ބާޒާރުގެ ނަން ތަފާތުވާ ސަބަބަކީ ބޭސް ވިއްކަން ބޭނުން ކުރާ ނަމަކީ ބޭސް އުފައްދާ ކުންފުންނާކުން ކިޔާ ނމަކަށްވާތީއެވެ. ވުމާއެކު އެއްބޭހެއް ތަފާތު ނަންތަކުގައި ތަފާތު ކުންފުނިތަކުން ބާޒާރަށް ވިއްކަން ނެރެއެވެ.

ބާޒާރުގައި ވިއްކަން ބޭނުންކުރާ ނަން

ޢިލްމީ ނަން

Clomid -
Serophene

Clomiphene-

Repronex -
Fertinex -
Follistim -
Gonal F -
Novarel -
Ovidrel -
Pregnyl -
Profasi -
Menogon -
Puregon -

Gonadotropins -

Parlodel - Bromocriptine -

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.