ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުމާއި އުމުރު ....30 ގެ އުމުރު ފުރައިގައި ބަލިވެއިނުން

ބަލިވެއިނުމާއި އުމުރު ....30 ގެ އުމުރު ފުރައިގައި ބަލިވެއިނުން

thireehuge-umuru-fura-21މާލީގޮތުންނާއި މަސްއޫލިއްޔަތުގެ ގޮތުން ބަލާނަމަ މިއީ ބަލިވެއިންނަން އެންމެ ރަނގަޅު އުމުރެވެ. އެއީ މިއުމުރަށް ދާއިރު ހުންނާނީ އާއްމުގޮތެއްގައި ތަޢުލީމީ ހަޔާތް ނިމި އަމަލީ މައިދާނަށް ނިކުމެވިފައެވެ. އަދި އަމިއްލަ ނަފުސު ރަނގަޅަށް އެނގޭނެއެވެ. ވީމާ މައްދީގޮތުންނާއި އަމަލީ ތަޖުރިބާގެ ގޮތުން ޅައުމުރުގައި ބަލިވެއިނުމުން ދިމާވާ ދަތިތަކާ ދިމާލެއް ނުވާނެއެވެ.

ސިއްހީގޮތުން ބަލާނަމަ މިއުމުރު ފުރައިގެ ކުރީކޮޅާއި 20ގެ އުމުރު ފުރައިގެ ފަހުކޮޅާއި މާބޮޑު ތަފާތެއް ނުހުންނާނެއެވެ. ނަމަވެސް އުމުރުންވާ ކޮންމެ ދުވަހަކާއި އެކު ބަލިވެ އިނުމުގެ ފުރުޞަތު ދާނީ ކުޑަ ވަމުންނެވެ. ވުމާއެކު ތަޖުރިބާކާރު ޑޮކުޓަރުން އިރުޝާދު ދެއްވަނީ މިއުމުރުގައި ބަލިވެއިނުން ލަސް ނުކުރުމަށެވެ. ހާއްސަކޮށް އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ބޭނުން ނަމައެވެ.

އާއްމުގޮތެއްގައި 35 އަހަރަކީ އެއުމުރަށް ދާއިރު ދަރިޔަކު ނެތްނަމަ ބިރުހީވާން ފަށާ އުމުރެވެ. އަދި މިއުމުރަކީ ބަލިވެއިނުމުގެ ފުރުޞަތުވެސް ބޮޑަށް ދައްވާން ފަށާ އުމުރެވެ. މީގެ އިތުރުން ވިރާސީ ބަލިތައް ޖެހުމުގެ ފުރުޞަތުވެސް އިތުރުވާން ފަށާއުމުރެވެ. ވުމާއެކު ތަޖުރިބާކާރު ޑޮކުޓަރުން ވިދާޅުވަނީ މިއުމުރުގައި ބަލިވެ އިންނަނަމަ ބަލިވެއިނުމުން އެއްވެސް ވިރާސީ ބައްޔެއް ހުރިތޯ ބެލުމަށް ރަހިމުގައި އޮއްވައި ޓެސްޓު ކުރަން ޖެހޭނެ ކަމުގެއެވެ.

މިއުމުރަކީ ބައިގެން ދިއުމުގެ ނިސްބަތްވެސް އިތުރުވާން ފަށާ އުމުރެވެ. އަދި ރަހިމުން ބޭރުގައި ބަލިވެއިނުމުގެ ފުރުޞަތުވެސް 20ގެ އުމުރު ފުރައުގައި ބަލިވެ އިންނަ މީހުންނަށްވުރެ އިތުރުވާނެއެވެ. އުމުރުން 30އާއި 34 އަހަރާ ދެމެދު ބައިގެންދާ ނިސްބަތަކީ %12 އެވެ. މިއަދަދު 35 އާއި 39 އަހަރާ ދެމެދު މީހުންގެ %18 އިތުރުވެއެވެ.

މިއުމުރުގައި ފުރަތަމަ ފަހަރަށް ބަލިވެ އިންނަމީހުންގެ ތެރެއިން %40 މީހުން ވިއްސަން ޖެހެނީ ސިޒޭރިއަން ހަދައިގެންނެވެ. 20ގެ އުމުރު ފުރައިގައި ފުރަތަމަ ފަހަރަށް ބަލިވެ އިންނަ އަންހެނުންގެ ތެރެއިން ސިޒޭރިއަން ހަދަން ޖެހެނީ %14 އަންހެނުންނެވެ. މީގެ އިތުރުން ބަލިވެއިންނައިރު އިތުރު އުދަގޫތައް ވުމާއި ވިހާއިރު ގިނައިރު ވުމަކީ މިއުމުރުގައި ވިހާ ގިނަ އަންހެނުންނަށް ދިމާވާ ކަންތައްތަކެވެ.

އުމުރުން 30 އަހަރުގައި ބަލިވެ އިންނަ މީހުންގެ ތެރެއިން ކޮންމެ 1000 މީހުންގެ ތެރެއިން މީހަކަށް ޑައުން ސިންޑްރޯމް ޖެހިފައިވާ ކުއްޖަކު ލިބެއެވެ. 35 އަހަރުގައި ބަލިވެ އިންނަމީހުންގެނ ތެރެއިން 400 ކުދިންގެ ތެރެއިން ކުއްޖަކަށް ޑައުންސިންޑްރޯމް ޖެހެއެވެ.

35 އަހަރުން މައްޗަށް ދިއުމަކީ އެއްމާބަނޑު ކުދިން ލިބުމުގެ ފުރުޞަތުވެސް އިތުރުވާ ކަމެކެވެ. އެއީ ބަލިވެ އިނުމަށް ބޭސް ނުކުރިޔަސްވެހެވެ. އެއީ މިއުމުރަށް ދިއުމުން ބައެއްފަހަރު އޯވަރީން އެއްބިހަށްވުރެ ގިނަބިސް ބޭރުކުރާތީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.