ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބައްޕައަކަށް ވުމަށްޓަކައި... ކެއުމަށް ގެންނަން ޖެހޭ ބަދަލު

ބައްޕައަކަށް ވުމަށްޓަކައި... ކެއުމަށް ގެންނަން ޖެހޭ ބަދަލު

bappa-akai-badhalu-45ކީއްވެ ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެނީ؟

ދަރިފަނި ފުރިހަމަކަން ގެނެސް ދިނުމަށް ރަނގަޅު ކާނާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅަށް ނުކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމަކީ ދަރިފަނި އުފައްދާ މިންވަރު މަދުވެ އަދި އޭގެ ކޮލިޓީވެސް ދަށްކުރާ ކަމެކެވެ. ދަރިން ލިބުން ލަސްވުމުގައި އަނބިމީހާގެ ދައުރު ވާފަދައިން ފިރިމީހާގެ ދައުރަކީވެސް ކުޑަ ދައުރެއް ނޫނެވެ.

ބަލިވެއިނުން ލަސްވާ ހާލަތް ތަކުގައި %40 އަކީ ފިރިމީހާއަށް ފަރުވާ ކުރުމުން ރަނގަޅުވާ ހާލަތް ތަކެވެ. ވުމާއެކު ފިރިމީހާ ރަނގަޅު ކާނާ ކެއުމަކީ އަނބިމީހާ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.

ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެނީ ހަމައެކަނި އަނބިމީހާ ބަލިވެ އިނުމަށްޓަކައެއް ނޫނެވެ. އަދިކިޔެއްތަ ކުޑަދަރިފުޅުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައިވެސް ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަނބިމީހާ ބަލިވެ އިނުުގެ މަދުވެގެން އެއްމަސް ކުރީން ފެށިގެން ފިރިމިހާ ރަނގަޅު ކާނާ ނުކާނަމަ އަނބިމީހާ ބަލިވެ އިދެ ވިހާ ދަރިފުޅު އެހެން ކުދިންނަށް ވުރެ އާއްމުގޮތެއްގައި ލުއިވާނެއެވެ. ކުޑަ ދަރިފުޅު ލުއިވުމަކީ ދަރިފުޅުގެ ސިއްހަތަށާއި ސުލޫކަށް ވަރަށް ބޮޑެތި ގެއްލުން ވާކަމެކެވެ. މުޅިއުމުރަށް ކުޑަދަރިފުޅު ނިކަމެތި ކުއްޖަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންކޮން ބާވަތްތަކެއްގެ ކާނާއެއް ކެއުން ބޮޑަށް މުހިއްމީ؟

މުހިންމީ ގިނައިން ކެއުމެއް ނޫނެވެ. ފައިދާހުރި ކާނާ ކެއުމެވެ. ކާނާގެ ހުރިހާ ބާވަތެއްވެސް ހިމަނައިގެން ކެއުމެވެ. ރަނގަޅު ސިއްހަތެއްގެ ކުޑަކުޑަ ތުއްތު ކުއްޖެއްގެ ބައްޕައަކަށް ވުމަށްޓަކައެވެ. ވުމާއިއެކު އަންނަނިވި ބާވަތްތައް ހުންނަ ކާނާ ކެއުމަށް ހާއްސަ އަހައްމިއްޔަތެއް ދޭށެވެ.

* ވިޓަމިން ސީ

މިކާނާއަކީ ދަރިފަނި އައިބު ވުމުން ދުރުކޮށްދޭ އަދި ދަތުރު ކުރުމުގެ ބާރު އިތުރު ކޮށްދޭ ކާނާއެކެވެ. ދުވާލަކު ގާތްގަޑަކަށް 250-300 ގުރާމުގެ ޖޫސްތައްޓެއް ބުއިމުން 125 މިލިގުރާމު ވިޓަމިން ސީ ލިބޭނެއެވެ. ދުވާލާކަށް ހަށިގަނޑަށް މަދުވެގެން 60 މިލިގުރާމު ވިޓަމިން ސީ ބޭނުން ވެއެވެ.

* ޒިންކު

ހަށިގަނޑުން ޒިންކު މަދުވުމަކީ ފިރިހެން ހޯމޯނާއި މަނި އުފެދުން މަދުކުރާ ކަމެކެވެ. ދުވާލަކަށް ހަށިގަނދަށް 15 މިލިގުރާމު ޒިންކު ބޭނުން ވެއެވެ. ޒިންކު ގިނައިން ލިބޭ ކާބޯތަކެތީގެ ތެރޭގައި ކަނޑުމަސް، ގެރިމަސް، ކުކުޅުމަސް އަދި ބޭކެޑްބީންސް ހިމެނެއެވެ. ގާތްގަޑަކަށް 35 ގުރާމު ކުކުޅު މަހުން އެއް މިލިގުރާމު ޒިންކު ލިބެއެވެ. ހަމަ މިވަރު 20ގުރާމު ގެރިމަހުން ލިބިދެއެވެ.

* ފޯލިކު އެސިޑު

އަނބިމީހާގެ ހަށިގަނޑުން ފޯލިކު އެސިޑު މަދުވުމަކީ އުފެދުމުގެ ބައެއް ބަލިތައް ޖެހޭކަމެކެވެ. ހަމައެފަދައިން ފިރިމިހާގެ ހަށިގަނޑުން ފޯލިކު އެސިޑު މަދުވުމަކީވެސް މިހެން ދިމާވުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. އަދި މިއީ ދަރިފަނި އުފައްދާ މިންވަރުވެސް މަދު ކުރާ ކަމެކެވެ. ދުވާލަކަށް ހަށިގަނޑަށް 400 މައިކުރޯގުރާމު ފޯލިކު އެސިޑު ބޭނުންވެއެވެ. ފޯލިކު އެސިޑު ގިނަ ކާނާގެ ތެރޭގައި ފަހިކުލަ ގަދަ ފަތްޕިލާވެލި އޮރެންޖު ޖޫސް ހިމެނެއެވެ. ބޭނުންވެއްޖެ ހާލަތުގައި ފޯލިކު އެސިޑާއި މަލްޓި ވިޓަމިން ފަދަ ބޭސް ބޭނުން ކުރުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ.

* ވިޓަމިން ޑީ އާއި ކެލްސިއަމް.

މިއީ ދަރިންލިބުމުގެ ފުރުޞަތު އިތުރު ކޮށްދޭ މާއްދާ ތަކެކެވެ. ދުވާލަކަށް ހަށިގަނޑަށް ގާތްގަޑަކަށް 1000 މިލިގުރާމު ކެލްސިއަމް ބޭނުންވާއިރު 10 މައިކުރޯ ގުރާމު ވިޓަމިން ޑީ ބޭނުންވެއެވެ. މިބާވަތްތައް ގިނައިން ލިބޭ ކާނާގެ ތެރޭގައި ފަޓުމަދު ކިރާއި ޔޯގަޓު ހިމެނެއެވެ.

* މަސްތުވާ ތަކެއްޗާއި މުޅިން ދުރުވާށެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަކީ ފިރިހެން ހޯމޯން އުފައްދާ މިންވަރު މަދު ކުރާ އަދި ދަރިފަނި އައިބު ކުރާ ކަމެކެވެ. ވީމާ ބަނގުރާ ބިޔަރު ވައިން ފަދަ މަސްތުވާ ތަކެތި ނަމަވެސް ބޭނުން ނުކުރާށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.