އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ކޮފީ ބުއިމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ކޮފީ ބުއިމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

 

cofee-hurasalhaa-31* ކޮފީ ބުއިމުން ބަލިވެއިނުމަށް ހުރަސް އަޅާތަ؟ އަދިއެއީ ކީއްވެ؟

* ކޮފީގެ އިތުރުން ކެފެއިން ހިމެނެނީ ކޮންކޮން ކާނައެއްގައި؟

ކޮފީ ބުއިމުން ބަލިވެއިނުމަށް ހުރަސް އަޅާތަ؟ އަދިއެއީ ކީއްވެ؟

ކޮފީ ބުއިމުން ބަލިވެއިނުމަށް ހުރަސް އެޅުން ނުވަތަ ފުރުޞަތު ކުޑަކުރުން ބިނާވެގެންވަނީ ކޮފީ ބޯމިންވަރެއްގެ މައްޗަށެވެ. ކޮފީ ބުއިމުން ގެއްލުން ލިބެނީ އޭގައި ހުންނަ މާއްދާއެއްކަމަށްވާ ކެފެއިންގެ ސަބަބުންނެވެ.

ދުވާލަކު 300 މިލިގުރާމަށްވުރެ މަދުން ކެފެއިން ބޭނުން ކުރާނަމަ (ގާތްގަޑަކަށް ކޮފީ ތައްޓެއްގެ މިންވަރު) މިއީ ބަލިވެއިނުމަށް ފުރުޞަތު ކުޑަކުރާ ކަމެއްކަން ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިއަށްވުރެ ގިނައިން ކޮފީ ބޯނަމަ ދަރިން ހޯދުމަށް އުދަގޫވާކަން ދިރާސާތަކުން ދައްކައެވެ.

ވުމާއެކު ރަނގަޅު ގޮތަކީ ކޮފީބޯން އާދަވެފައިވާ މީހަކު ނަމަ ބޯމިންވަރު މަދު ކުރުމެވެ. ނުވަތަ އެއްގޮތަކަށްވެސް ނުބުއިމެވެ. ކޮފީބުއިމަކީ ހަށިގަނޑަށް އެއްވެސް ފައިދާއެއްވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ މިއީ ކަށިން ކެލްސިއަމް މަދުކޮށް ކަށި ފީކުރުމަށް ފުރުޞަތު ބޮޑުކުރާ އެއްޗެކެވެ. ކޮފީބުއިމުން ހަށިގަނޑުން މަދުކުރާ ކެލްސިމަކީ ބަލިވެއިނުމަށްޓަކައިވެސް އަދި ބަނޑުގައިވާ ދަރިފުޅު އުފެދި ބޮޑުވުމަށްވެސް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 300 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރާނަމަ ބައިގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.

ކޮފީބޯން އާދަވެފައިވާ މީހަކު ކޮފީބުއިން ހުއްޓާލަން ބޭނުންނަމަ ދުވަހަކަށް ފަހު ދުވަހެއް މަދުކުރަމުންގޮސް ހުއްޓާލާށެވެ. އެއްފަހަރާ ހުއްޓާ ނުލާށެވެ. އެއީ އެއްފަހަރާ ހުއްޓާލައިފިނަމަ ބޮލުގައި ރިއްސުމާއި ވާޅުވުން ފަދަ ކަންތައްތައް ދިމާވެދާނެއެވެ. ކޮފީ ބުއިން ހުއްޓާލުމާއިއެކު ނުވަތަ މަދު ކުރުމާއި އެކު ކިރުފަދަ ބުއިމެއް އިހުތިޔާރު ކުރުން ވަރަށް ރަނގަޅު ވާނެއެވެ.

ކޮފީގެ އިތުރުން ކެފެއިން ހިމެނެނީ ކޮންކޮން ކާނައެއްގައި؟

ކެފެއިން އަކީ ވަރަށް ގިނަ ފިނި ބުއިންތަކުގައި ހިމެނޭ މާއްދާއެކެވެ. ކޮފީ، ސައި އަދި ކޯލާގެ އިތުރުން ޗޮކުލެޓުގައިވެސް ކެފެއިން ހުރެއެވެ. މީގެއިތުރުން ބޭނުން ކުރާ ވަރަށް ގިނަ ބޭހުގައުވެސް ކެފެއިން ހުރެއެވެ. ބޮލުގެ ރިއްސުމަށާއި ރޯގާއަށް އަދި އެލާޖީ ވުމުންދޭ ގިނަބޭސްތަކުގައި ކެފެއިން ހުންނާނެއެވެ. ކޮފީހުންނަވަރު އެކިބުއިން ތަކުގައި ވަރަށް ތަފާތެވެ. އާދއިގެ ކޮފީތައްޓެއްގައި ގާތްގަޑަކަށް 75-135 މިލިގުރާމު ކެފެއިން ހުރެއެވެ. ކަޅުސައިތައްޓެއްގައި ގާތްގަޑަކަށް 40-80 މިލިގުރާމު ކެފެއިން ހުރެއެވެ. އަދި ޗޮކުލެޓު ކިރުތައްޓެއްގައި ގާތްގަޑަކަށް 2-7 މިލިގުރާމު ކެފެއިން ހުރެއެވެ. މީގެއިތުރުން އާދައިގެ ޗޮކުލެޓެއްގައި ގާތްގަޑަކަށް 26 މިލިގުރަމު ހުރެއެވެ. އެވުރެޖުކޮށް ފިނިބުއިންތަކުގައި 80 މިލިގުރާމު ކެފެއިން ހުރެއެވެ.

 

cofee-hurasalhaa-31

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.