ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ކޮޕަރ.... ލޭގެ ހަތާތައް އުފެދުމަށް ކޮންމެހެން ބޭނުންވާ މާއްދާއެއް

ކޮޕަރ.... ލޭގެ ހަތާތައް އުފެދުމަށް ކޮންމެހެން ބޭނުންވާ މާއްދާއެއް

coper-44

މާބަނޑުމީހުންނަށް ކޮޕަރ ބޭނުންވަނީ ކިއްވެ؟

ކޮޕަރ އަކީ ހުރިހާވައްތަރެއްގެ ގަސްގަހާގެއްސާއި މަސްމަހާމެހީގައި ހުންނަ މިނެރަލެކެވެ. މިއީ ލޭގައިހުންނަ ރަތްހަތާތައް އުފެއްދުމަށް ކޮންމެހެންވެސް ބޭނުންވާ މާއްދާއެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރުއެވެ. މައިމީހާއާއި ދަރިފުޅަށްޓާކައެވެ. ކޮޕަރ އަކީ ހަށިގަނޑުގެ އެހެން ހަތާތައް އުފެއްދުމާއި ހަކުރުން ހަކަތަ ހޯދައި ދިނުމާއި އިސްތަށިފެޅުމަށްވެސް ބޭނުންވާ މާއްދާއެކެވެ. މީގައިތުރުން ބަނޑުގއިވާ ދަރިފުޅުގެ ހިތާއި ކަށިތައް އަދި ނާރުތަކާއި ލޭހޮޅިތަކަށްވެސް ކޮޕަރ އެހީތެރިވެދެއެވެ.

ދުވާލަކު ބޭނުންވަނީ ކިހާ މިންވަރެއް؟

މާބަނޑު ދުވަސްވަރު މައިމީހާއަށް ދުވާލަކު 1 މިލިގުރާމު ކޮޕަރ ބޭނުންވެއެވެ. ގާތުންދޭ ދުވަސްވަރު 1.3 މިލިގުރާމު ދުވާލަކަށް ބޭނުންވެއެވެ.

އާއްމުކޮށް ކާކާނާގެ އިތުރުން ކޮޕަރ ބޭނުން ކުރަންޖެހޭތަ؟

ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ގަވައިދުން ކާނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ކޮޕަރ ލިބޭނެއެވެ. އާއްމުގޮތެއްގައި ކެއިންބުއިމުގައި ބޭނުން ކުރާ ގިނަ ބާވަތްތަކުގެ ކާބޯތަކެތީގައި ކޮޕަރ ހުރެއެވެ. މަހުމޭ ކަޑުމަސް ފަތްޕިލާވެލި ފަދަ ހުރިހާ އެއްޗެއްގައި ކަހަލަ ގޮތަށް ކޮޕަރ ހުރެއެވެ. އަދި މާބަނޑު ދުވަސް ވަރު މަލްޓިވިޓަމިނުގެ ގޮތުގައި ބޭނުން ކުރާ ގިނަ ބޭހުގައިވެސް ކޮޕަރ ހުރެއެވެ.

ކޮޕަރ އެންމެ ގިނައިން ލިބޭ ކާބޯތަކެއްޗަކީ ކޮބާ؟

- ދިރޭއެއްޗެތީގެ މޭ (ކޮންމެ 100 ގުރާމުގައި 2.8 މިލިގުރާމު ކޮޕަރ ހުންނާނެއެވެ.)

- އަލުވި (މެދުމިންވަރުގެ އަލުވިއެއްގައި 0.47 މިލިގުރާމު ކޮޕަރ ހުންނާނެއެވެ.)

- ސްޕެނިޗު (ތައްޓެއްގައި 0.13މިލިގުރާމު ކޮޕަރ ހުންނާނެއެވެ. )

- ކިޑުނީ ބީންސް (ތައްޓެއްގައި 0.65މިލިގުރާމު ކޮޕަރ ހުންނާނެއެވެ.)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.