ހޮނިހިރު20180908

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިފަންޏަށް އެލާޖީވުމަކީ ކޮބާ؟ އަދި އެކަން ދިމާވެފައިވާކަން އެނގޭނީ ކިހިނެއް؟ އެހެން ދިމާވާނަމަ ޖިންސީ ގުޅުން ހިންގުމަށް ފަހު ކަހާނެތަ؟

ދަރިފަންޏަށް އެލާޖީވުމަކީ ކޮބާ؟ އަދި އެކަން ދިމާވެފައިވާކަން އެނގޭނީ ކިހިނެއް؟ އެހެން ދިމާވާނަމަ ޖިންސީ ގުޅުން ހިންގުމަށް ފަހު ކަހާނެތަ؟

dhari-fanna-allergy-vukee-kobaa-130އަންހެނުންގެ އަދި ފިރިހެނުންގެ ހަށިގަނޑުގައި ވެސް ދަރިފަންޏާއި ދެކޮޅަށް ހަމަލާ ދިނުމަށްޓަކައި ދިފާއީ ނިޒާމުން ހާއްސަ މާއްދާއެއް އުފެއްދުމަކީ އެކަށީގެންވާ ކަމެކެވެ. މިމާއްދާއިން ދަރިފަނި މަރާލުމަށްޓަކައި ކުރާ ހަގުރާމައަށް ކިޔަނީ ދަރިފަންޏަށް އެލާޖީ ވުމެވެ. މިގޮތަށް އެލާޖީވަނީ ދަރިފަނި އުފައްދާ ފިރިމީހާގެ އަމިއްލަ ހަށިގަނޑުން ކަމުގައިވާނަމަ ރަހިމަށް ދަރިފަނި ދިޔުމުގެ ކުރިން މަރުވެއެވެ. ނުވަތަ ބަލިކަށިވެއެވެ. ވުމާއެކު އަނބިމީހާ ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ކުޑަވެގެންދެއެވެ.

ހަމައެފަދައިން ދަރިފަންޏަށް އެލާޖީވަނީ އަނބިމީހާގެ ސަބަބުންނަމަ އަނބިމީހާގެ ރަހިމަށް ދަރިފަނި ދިޔުމާއެކު އެ މަރާލުމަށް އަނބިމީހާގެ ދިފާއި ނިޒާމުން މަސައްކަތް ފަށައެވެ. ވުމާއެކު ބަލިވެ އިނުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިންނަ ދަމަފިރިންގެ ތެރެއިން %2 މީހުން ދަރިފަންޏަށް އެލާޖީވެއެވެ. މާނައަކީ އެލާޖީވުމާއި އެކުވެސް ބަލިވެ އިންނަ މީހުން ތިބެއެވެ. އަދި ބަލިވެ އިނުން ލަސްވާ މީހުންގެތެރެއިން %20- %40 މީހުންނަކީ ދަރިފަންޏަށް އެލާޖީވާ މީހުންނެވެ.

ދަރިފަންޏަށް އެލާޖީވާކަން އެނގޭނެ ހާއްސަ އަލާމާތެއް ނުހުރެއެވެ. ޖިންސީ ގުޅުން ހިންގުމަށްފަހު ކަހާ ކެހުމަކީ މިކަމާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އާއްމު ގޮތެއްގައި ޖިންސީ ގުޅުން ހިންގުމަށްފަހު ކަހާ ކެހުމަކީ ފަންގަހުގެ ސަބަބުން ދިމާވާ ކަމެކެވެ. ހާއްސަކޮށް ކެންޑިޑާ އަލްބިކަންސްގެ ސަބަބުންނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.