އާދީއްތަ20201122

އާކުރެވުނީ: 08:43:52

ދަރިޔަކު ހޯދަން ތައްޔާރު ވެއްޖައިންތަ؟

thayyaru-vejjain-ha-23ބަލިވެ އިނުމަކީ ހަށިގަނޑަށް އަންނަ ޠަބީއީ އެންމެ ބޮޑު ބަދަލެވެ. ވުމާއެކު ބަލިވެ އިނުމުގެ ކުރީން ތިމާމިހުރީ އެކަމަށް އެންމެ އެކަށީގެންވާ ހާލަތުގައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމުގައި ފިރިމީހާގެ އެހީތެރިކަމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ކައިބޮއި ހަދަނީ ކޮންކޮން އެއްޗިއްސެއްތޯ ސިއްހީ ހާލަތަކީ ކޮބައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މިކަންތަކަކީ މައިމީހާގެ ހަށިގަނޑުގައި އުފެދޭ ބިހާ ފިރިމީހާގެ ހަށިގަޑުގައި އުފެދޭ ދަރިފައްޏަށް އަސަރު ކުރާ ކަންތައްތަކެވެ. ބަލިވެ އިނުމަށް ތައްޔާރުވެފައި ވަނީ ކިހާވަރަކަށްތޯ ބެލުމަށް ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.

1- ހަށިގަނޑަށް ބޭނުންވާ ވިޓަމިން ކާންފެށުން އެންމެ ރަނގަޅީ:-

ހ- ބަލިވެ އިނުމުގެ ކުރީން

ށ- ބަލިވެ އިންކަން އެނގުނުހާ އަވަހަކަށް

ނ- ބަލިވެ އިދެ ފުރަތަމަ 3 މަހަށް ފަހު

2- ބަލިވެ އިނުމުގެ ކުރީން ކޮފީބުއިން ހުއްޓާލާންޖެހޭނީ ދެމަފިރީންގެތެރެއިން ކާކު؟

ހ- ފިރިމީހާ

ށ- އަނބިމީހާ

ނ- ދެމަފިރީން

ރ- ހުއްޓާލާކަށް ނުޖެހޭ

3- ބައްޕައަކަށްވާން ބޭނުން ފިރިމީހާއަށް ދުވާލަކަށް ކިހާ ޒިންކެއް ބޭނުންވޭ؟

ހ- 5-7 މިލިގުރާމް

ށ- 8-10 މިލިގުރާމް

ނ- 12- 15 މިލިގުރާމް

ރ- ވަކިވަރެއް ބޭނުމެއް ނުވޭ

4- ދޭތެރެ ދުރުކުރާ ވަސީލަތް ބޭނުން ކުރާ މީހަކު ބަލިވެ އިންނަން ރަނގަޅުވާނީ ކިހާ ދުވަހެއް ފަހުން؟

ހ- ހުއްޓާލަ ގޮތަށް

ށ- 2-3 މަސް ފަހުން

ނ- ހަމަސް ފަހުން

ރ- އަހަރެއް ފަހުން

5- ބަލިވެ އިންނަން ބޭނުންވާމީހާ ޑޮކުޓަރަށް ދެއްކުމުން ޑޮކުޓަރު ބަލާނީ:-

ހ- ކުޑަކަމުދާ ނިޒާމުގެ ބައްޔެއް ހުރިތޯ.

ށ- ލޭމައްޗަށް ދޭތޯ (ލޭގެ ޕްރެޝަރ)

ނ- ޖިންސީގުޅުމުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ހުރިތޯ

ރ- އިސްވެ ދެންނެވުނު ހުރިހާ ކަމެއް

6- ރުބެއްލާ ވެކުސިން ޖެހުމަށްފަހު ކިހާ ދުވަހެއްވަންދެން ބަލިވެ ނުއިދެ މަޑުކުރަން ޖެހޭނެ؟

ހ- ނުޖެހޭނެ

ށ- އެއްމަސް ދުވަސް

ނ- ދެމަސް ދުވަސް

ރ- ތިންމަސް ދުވަސް

7- ބަލިވެ އިނުމުގެ ކުރީން ލޭމައްޗަށް ދާ މީހުން ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ފަރުވާ ނުހޯދައިފިނަމަ ބަލިވެ އިދެ:-

ހ- ހަކުރުބަލި ޖެހިދާނެތީ

ށ- ދުޅަވެ ފޮއްސި ވެދާނެތީ

ނ- ޕްރީއެކުލެމްޕްސިއާ ޖެހިދާނެތީ

ނ- އެކަން ރަނގަޅުވާނެތީއެވެ.

 

ޖަވާބު

1- ރަނގަޅު ޖަވާބަކީ (ހ)

ބަލިވެއިންނަން ގަސްދުކުރާ މީހާ ބަލިވެ އިނުމުގެ ކުރީން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ނެގުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ހާއްސަކޮށް ފޮލިކު އެސިޑު ދުވާލަކަށް މަދުވެގެން 400މައިކުރޯ ގުރާމު ނެގުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެއީ ބަލިވެ އިނުމުގެ އެއްމަސް ކުރީންފެށިގެން ފޮލިކު އެސިދު ނަގާނަމަ ދަރިފުޅު ބައިގެން ދިޔުން ފަދަ ކަންކަމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ.

2- ރަނގަޅު ޖަވާބަކީ (ށ)

އަންހެނުން އާއްމުކޮށް ކޮފީ ބުއިމަކީ ބަލިވެ އިނުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ.

3- ރަނގަޅު ޖަވާބަކީ (ނ)

ކުރުމުއްދަތަކަށް ނަމަވެސް ހަށިގަނޑުން ޒިންކު މަދުވުމަކީ ދަރިފަނި، މަނި އަދި ފިރިހެން ހޯމޯން ޓެސްޓިސްޓްރޯން ހަށިގަނދުން މަދުވާ ކަމެކެވެ. ވީމާ މަހުގެ ބާވަތްތައް (ކުކުޅުމަސް، ގެރިބަކަރި މަސް އަދި ކަނޑުމަސް) ބޭކެޑް ބިންސް ފަދަ ޒިންކު ގިނަ ކާނާ ކެއުން ވަރަށް މުހިއްމެވެ.

4- ރަނގަޅު ޖަވާބަކީ (ހ)

ދޭތެރެ ދުރުކުރާ ވަސީލަތް ހުއްޓާލާ ގޮތަށް ދަރިޔަކު ހޯދަން މަސައްކަތް ކުރިޔަސް ރަނގަޅުވާނެއެވެ. ނަމަވެސް ވިސްނާށެވެ ބައެއް އަންހެނުން މައްސަރުކަންތައް ދެމަސް ތިންމަސް ވަރު ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

5- ރަނގަޅު ޖަވާބަކީ (ރ)

ބަލިވެއިންނަން ބޭނުންވާ މީހާ ޑޮކުޓަރަށް ދެއްކުމުން ޑޮކުޓަރު ބަލާ ކަންތަކުގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގެ ބައްޔެއްް ހުރިތޯއާއި، ލޭމައްޗަށް (ޕްރެޝަރ) ދޭތޯއާއި، ޖިންސީ ގުޅުނުމުގެ ސަބަބުން އަރާ ބައްޔެއް ހުރިތޯއައި، އަދިވެސް އެބައްޔެއްގެ ސަބަބުން މަބަނޑު މީހުންނަށް ނުރައްކާވެދަނެ ބައްޔެއް ހުރިތޯ ބެލުން ހިމެނެއެވެ. އެއީ ބަލިވެ އިނުމަށް ފަހު ދޭންޖެހޭ ހާއްސަ ފަރުވާ ދިނުމަށް ޑޮކުޓަރަށް ފަސޭހަ ވާނެތީއެވެ. އަދި ބަލިވެ އިނުމަށް އެކަށީގެންވަނީ ކިހާވަރަކަށްތޯ ބެލުމަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަލިވެ އިނުމުގެ ކުރިން ބަލަންޖެހޭ ބައެއް ކަންތައްތައްް ބައްލަވާލައްވާސެވެ.

6- ރަނގަޅު ޖަވާބަކީ (ށ)

ރުބެއްލާ ނުވަތަ ޖާރމަން މީސަލްސް ވެކުސިން ޖަހާނަމަ އެއްމަސް ނުވަނީސް ބަލިވެ އިނުމަކީ ރައްކާތެރި ކަމެއް ނޫނަވެ. އެއީ އެފަދަ ހާލަތުގައި ދަރިފުޅުބައިގެންދިޔުން އަދި ބައިގެން ނުދާނަމަ މަންމަނުވުން، ހިތުގެ އުނިކަން އުފެދުން ސިކުޑީގެ އުނިކަން އުފެދުން ފަދަ ބަލިތައް ޖެހުމަކީ ވަރަށް ފުރުބަތު ބޮޑުކަމެކެވެ. ގިނަފަހަރަށް ޑޮކުޓަރުން ނަސޭހަތްތެރި ވެލައްވަނީ 3 މަސް ނުވަނީސް ބަލިވެ ނުއިނުމަށެވެ. އެހެނަސް މަސްދުވަހަސް ފަހު ބަލިވެ އިނުމުން އިސްވެ ދެންނެވުނު ބަލިތައް ޖެހުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. ވުމާއެކު މިހާރުގެ ފަހުގެ ހޯދުން ތަކާއެކު މަސް ދުވަސް ލަސްކުރުން ފުދޭނެއެވެ.

7- ރަނގަޅު ޖަވާބަކީ (ނ)

ބަލިވެއިނުމަށްފަހު ފައިދުޅަވެ ފޮއްސިވުމަކީ ޠަބީޢި ކަމެކެވެ. ލޭމައްޗަށްދާމީހާ ބަލިވެ އިނުމުން އެކަމުގެ ސަބަބުން ޖެހޭ ބައްޔަކީ ޕްރީއެކުލެމްޕްސިއާ ކިޔާ ބައްޔެކެވެ. މިބަލީގެ ސިފަތަކަކީ ލޭމައްޗަށް ދިއުން، ދުޅަވަ ފޮއްސިވުން ހާއްސަކޮށް ދެވަނަ ތިން މަހުގައި އަދި ކުޑަކަމުދާއެއސޗެތީގައި އާދަޔާ ޚިލާފަށް ޕްރޮޓީން ގިނަވުމެވެ. ނަމަވެސް އޭގެ މާނައަކީ ލޭމައްޗަސްދާ މީހާ ބަލިވެ ނުއިންނާށެކޭނޫނެވެ. އެކަމަކު އެފަދަ މީހާއަށް ހާއްސަ ފަރުވާ ބޭނުންވާނެއެވެ.

ނަތީޖާ

0-2 ޕޮއިންޓް

ދަރިޔަކު ހޯދުމަށް ތިބާ އަދި ތައްޔާރެއް ނުވަމުއެވެ. މަންމައަކަށް ނުވަތަ ބައްޕައަކަށް ވުމަކީ ތޯތޯ ކަމެއްނުނެވެ. ދުޅަހެޔޮ ދަރިޔަކުހޯދުމަކި ދުރާލާ ތައްޔާރުވާން ޖެހޭކަމެކެވެ. ދުޅަހެޔޮ ދަރިޔެއްގެ މަންމައަކަށް ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންތައް ބަލާ ޗެކުކުރާށެވެ. އަދި ދުޅަހެޔޮ ދަރިޔެއްގެ ބައްޕަޔަކަށް ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންތައް ބަލާށެވެ.

3-5 ޕޮއިންޓް

ދަރިޔަކު ހޯދުމަށް ތިބާ އަދި އެކަށީގެންވާވަރަށް ތައްޔާރެއް ނުވަމުއެވެ. އިތުރަށް އެގެންޖެހޭ ކަންތައްތައް އެބަހުއްޓެވެ. ވުމާއެކު ދުުޅަހެޔޮ ދަރިޔެއްގެ މަންމައަކަށް ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންތައް ބަލާ ޗެކުކުރާށެވެ. އަދި ދުޅަހެޔޮ ދަރިޔެއްގެ ބައްޕަޔަކަށް ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންތައް ބަލާށެވެ.

6-7 ޕޮއިންޓް

ތިބާ ދަރިޔަކު ހޯދުމަށް އެކަށީގެންވާވަރަށް ތައްޔާރު ވެއްޖައީމުއެވެ. ޔަގީންކޮށްލުމަށް ދުޅަހެޔޮ ދަރިޔެއްގެ މަންމައަކަށް ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންތައް ބަލާ ޗެކުކުރާށެވެ. އަދި ދުޅަހެޔޮ ދަރިޔެއްގެ ބައްޕަޔަކަށް ވުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންތައް ބަލާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.