Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިންހޯދުމަށް ޖިންސީ ގުޅުން ހިންގުމުގައި ވަގުތުގެ މުހިއްމުކަން

ދަރިންހޯދުމަށް ޖިންސީ ގުޅުން ހިންގުމުގައި ވަގުތުގެ މުހިއްމުކަން

jinsee-gulhun-vaguthu-116* ދަރިޔަކު ހޯދަން މަސައްކަތް ކުރާއިރު ޖިންސީ ގުޅުން ހިންގަން އެންމެ ރަނގަޅީ ކޮންއިރަކު؟

* އޯވަރީން ބިސް ކޮއްޓާ ވަގުތު އެގޭނީ ކިހިނެއް؟

* މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ދަރިން ހޯދުމަށް އުދަގޫވާ ކަމެއްތަ؟

* ދަރިޔަކު ހޯދަން އުޅޭއިރު މިހުރިހާ ކަމަކަށް ބަލަން ޖެހޭތަ؟

ދަރިޔަކު ހޯދަން މަސައްކަތް ކުރާއިރު ޖިންސީ ގުޅުން ހިންގަން އެންމެ ރަނގަޅީ ކޮންއިރަކު؟

ހުރިހާވެސް އެއްޗަކީ ވަގުތެވެ. ދަރިފަނި އަނބިމީހާގެ ފަރުޖަށް ދިއުމަށްފަހު ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ދިރިހުރެއެވެ. ނަމަވެސް އޯވަރީގައި ކޮއްޓާ ބިސް 12 ގަޑިއިރާ 24 ގަޑިއިރާ ދޭތެރޭ ހަލާކުވެދެއެވެ. ވުމާއެކު ބަލިވެއިނުމަށްޓަކައި ޖިމާއުވާނޭ ރަނގަޅު ދުވަހަކާއި ވަގުތު ކަޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އޯވަރީން ބިސް ކޮއްޓުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިމާއުވުމަކީ ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމެކެވެ. އެއީ އެހާލަތުގައި ބިސް ކޮއްޓާއިރު ބަލިކަމެއްނެތި ސަލާމަތުން ހުރި ދަރިފަނިތައް ބިހާބައްދަލުކޮށް ބިހަށް ވަނުމަށް މަސައްކަތް ފަށާނެއެވެ.

ތެދެކެވެ. ބިސްކޮށްޓާ ވަގުތު ސާފުސާފުކޮށް ދެނެގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އެވަގުތު ބިނާވެގެން ވަނީ މައްސަރުކަންތައްވާ ދުރުމިނެއްގެ މައްޗަށެވެ. އާއްމުގޮތެއްގައި ބިސް ކޮއްޓަނީ މައްސަރުކަންތައް ދިމާވުމުގެ 14 ދުވަސް ކުރިންނެވެ. ގިނަ މީހުން ހީކުރަނީ ބިސް ކޮއްޓަނީ ދެމައްސަރުކަންތަކު ދޭތެރެ މެދުގައެވެ. ނަމަވެއް މިގޮތަށް ދިމާވާނީ ކޮންމެ 28 ދުވަހުން މައްސަރުކަންތައް ދިމާވާ މީހަކަށެވެ. ކޮންމެ 35 ދުވަހުން މައްސަރުކަންތައް ދިމާވާ މީހެއްގެ ބިސް ކޮއްޓާނީ 21ވަނަ ދުވަހުއެވެ. 17 ވަނަ ދުވަހަކު ނޫނެވެ.

އޯވަރީން ބިސް ކޮއްޓާ ވަގުތު އެގޭނީ ކިހިނެއް؟

ބައެއް އަންހެނުންނަށް ބިސްކޮއްޓާ ވަގުތު ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ގިނަ އަންހެނުންނަށް އެވަގުތު ދެނެގަންނާކަށް ނޭގެއެވެ. ބަލިވެއިންނަން ބޭނުން ނަމަ އެވަގުތު ފާހަގަ ކުރެވޭތޯ މަސައްކަތް ކުރާށެވެ. ކޮންމެ މަހަކު ހަށިގަނޑަށް ވަމުން އަންނަ ބަދަލުތައް ފާހަގަކޮށް ނޯތު ކުރާށެވެ. އާއްމު ގޮތެއްގައި ބިސްކޮއްޓާއިރު ފެންނަ އަލާމާތް ތަކުގެ ތެރޭގައި ތިރީގައި އެވާ ކަންތައްތައް ހިމެނެއެވެ.

- އުރަމަތީގައި ރިއްސުން.

- ދަށްބަނޑަށް ކޮންމެވެސް ވަރަކަށް އުދަގޫކަމެއް އިހުސާސް ކުރެވުން.

- ކުރިމަތިފަރާތުން ދިޔައިއެއްޗެތި ފައިބާވަރު ގިނަވުން.

- ހަށިގަނޑުގެ ފިނިހޫނުމިން 0.5ޑިގުރީވަރު މަތިވުން. މިކަން ފާހަގަ ކުރެވޭނީ ތަމޯމީޓަރަކުން ހެނދުނު ތެދުވާގޮތަށް ބޭރަށް ނުނިކުމެ ބެލުމުންނެވެ. އަދި މިގޮތަށް ބަލާއިރު ރަނގަޅީ ފުރަގަސްފަރާތަށް ތަމޯމީޓަރު ލައްވައިގެން ބެލުމެވެ.

- އަދި ބައެއް އަންހެނުންގެ ކުރިމަތި ފަރާތުން ކޮންމެވެސް ވަރަކަށް ލޭއައުމަކީވެސް އެކަށީގެނވާ ކަމެކެވެ.

މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ދަރިން ހޯދުމަށް އުދަގޫވާ ކަމެއްތަ؟

މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ބަލިވެއިނުން އުދަގޫވާ ކަމެކެވެ. އެއްފަހަރު 28 ދުވަހުން ދެން 21 ދުވަހުން އަނެއްފަހަރު 35 ދުވަހުން ވުމަކީ ބިސްކޮއްޓާ ދުވަސްވެސް ފާހަގަކުރާން އުދަގޫވާނެ ކަމެކެވެ. ވީމާ މިގޮތަށް ދިމާވާ މީހަކެ އެތައްމަހެއް ވަންދެން މައްސަރު ކަންތައް ވަނީ ކިހާ ދުވަހަކުންތޯ ބައަލައި ނޯޓު ކުރުމަށްފަހު ބިސް ކޮއްޓާ ދުވަސް ފާހަގަ ކުރެވޭތޯ ބަލާށެވެ. ގާތްގަޑަކަށް ބިސްކޮއްޓާނީ 11 ދުވަހާއި 17 ދުވަހާއި ދޭތެރޭގައެވެ.

ދަރިޔަކު ހޯދަން އުޅޭއިރު މިހުރިހާ ކަމަކަށް ބަލަން ޖެހޭތަ؟

ނޫނެކެވެ. ދެދުވަހުން އެއްދުވަހު ޖިމާއުވަމުން ގެންދިއުމުން ފުދޭނެއެވެ. ނަމަވެސް މިކަންތައްތައް ބެލުމުން ބަލިވެއިންނާނެ ކަމުގެ ޔަގީންކަން އިތުރުވާނެއެވެ

Comments