Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިން ލިބުން ލަސްވާ ފިރިހެނުންނަށް ދެވޭ ބައެއްބޭސް

ދަރިން ލިބުން ލަސްވާ ފިރިހެނުންނަށް ދެވޭ ބައެއްބޭސް

firihununna-dhevey-beys-53ދަރިމައިވުން ލަސްވާތީ އަންހެނުން ބައެއްފަހަރު ބޭސް ބޭނުން ކުރާން ޖެހޭފަދައިން ފިރިހެނުންވެސް ބޭސް ބޭނުން ކުރާންޖެހޭ ހާލަތްތައް އާދެއެވެ. ހާއްސަކޮށް ހަށިގަނޑުގެ ހޯމޯން ތަކުގެ ނިޒާމުގައި ހުންނަންޖެހޭ ހަމަހަމަ ކަމަށް ބަދަލު އަންނަނަމައެވެ. މިގޮތުން ބޭނުން ކުރާ ގިނަ ބޭސް ތަކަކީ އަންހެނުންނަށްވެސް ދޭ ބިސް އުފެއްދުމަށް އެހީތެރިވެދޭ ބޭސްތަކެވެ.

އެއީ މިބޭސް ތަކަކީ ފިރިހެނުންގެ ހޯމޯންތަކުގެ ނިޒާމަށް ހަމަހަމަ ކަން ގެނެސް ދިނުމަށް އެހީތެރިވެދޭ ބޭސް ތަކެވެ.

ނަމަވެސް ފިރިހެނުންނަށް ދެވޭ މިފަދަ ބޭހުގެ އަސަރާއިމެދު ކުރެވިފައިވާ ދިރާސާތައް އަދި ވަރަށް މަދެވެ.

* ބޭހާއި ބޭސް މަސައްކަތް ކުރާގޮތް

* ހަމަ ހަގީގަތުގައިވެސް ފިރިހެނުން ބޭސް ބޭނުން ކުރަން ޖެހޭތަ؟

* ބޭސް ބޭނުން ކުރަން ޖެހެނީ ކިހާ ދުވަހެއްވަންދެން؟

* ކާމިޔާބުވާ މިންވަރު.

* އަރިމަތީ އަސަރުތައް(side effects)

ބޭހާއި ބޭސް މަސައްކަތް ކުރާގޮތް

އެންމެ އާއްމުކޮށް ބެނުންކުރާ ދެބޭހަކީ Human Menopausal Gonadotropin (HMG) އާއި clomiphene އެވެ.  HMG  ބޭނުންކުރަނީ HCG އާއި އެކުގައެވެ. މިއީ އަންހެނުންނަށް ވެސް ދޭ ދެބޭހެކެވެ. އެއީ ބިސް އުފެއްދުމަށް އެހީތެރިވެ ދިނުމަށެވެ. ފިރިހެނުންނަށް މިބޭސް ދެނީ ޖިންސީ ހޯމޯން (gonadotropin) އުފެއްދުން މަދުވާ ހާލަތް ތަކުގައެވެ. މި ހޯމޯން އުފައްދަނީ ޕިޓޫއިޓަރީ ގުލޭންޑުންނެވެ.

clomiphene   ބޭނުން ކުރަނީ ދުވާލަކު ގުޅައެކެވެ. މިއީ ޕިޓޫއިޓަރީ ގުލޭންޑުން އެލްއެޗު ހޯމޯނާއި (lutenizing hormone) އެފުއެސްއެޗު ހޯމޯން (follicle-stimulating hormone) އިތުރަށް އުފެއްދުމަށް އެހީތެރިވެދޭ ބޭހެކެވެ. މިދެހޯމޯންގެ ވަޒީފާއަކީ ދެއޮށަށް ގޮސް ފިރިހެން ހޯމޯން އިތުރަށް އުފެއްދުމަށް އެހީތެރިވެ ދިނުމެވެ. މިކަމުގެ ސަބަބުން ދަރިފަނި އުފެދޭ މިންވަރު އިތުރުވެގެން ދެއެވެ.

HCG ބޭނުން ކުރަނީ ހަފުތާއަކު ދެ އިންޖެކުޝަން ނުވަތަ ތިން އިންޖެކުޝަނުގެ ގޮތުގައެވެ. ބައެއްފަހަރު HMG އާއި އެކުގައެވެ. މިދެބޭހަކީ ސީދާ ދެ އޮށަށްގޮސް ފިރިހެން ހޯމޯން އާއި ދަރިފަނި އިތުރަށް އުފެއްދުމަށް ސީދާ ބާރުއަޅާ ދެބޭހެކެވެ.

ހަމަ ހަގީގަތުގައިވެސް ފިރިހެނުން ބޭސް ބޭނުން ކުރަން ޖެހޭތަ؟

ފިރިމީހާގެ ހަށިގަނޑުން ހޯމޯންތައް އުފެއްދުމުގައި ހަމަހަމަކަން ގެއްލިފައިވާނަމަ އެކަންތައް ރަނގަޅުކުރުމަށް ޑޮކުޓަރު ބޭސް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ހޯމޯންތައް އުފެއްދުމުގައި ހަމަހަމަކަން ގެއްލުމަކީ ދަރިފަނި އުފައްދާ އަދަދު މަދުކުރުމާއިއެކު އޭގެ ފެންވަރުދައްކޮށް އަދި ދިރުންވެސް ކުޑަކުރާކަމެކެވެ.

ބޭސް ބޭނުން ކުރަން ޖެހެނީ ކިހާ ދުވަހެއްވަންދެން؟

clomiphene ފިރިހެނުން ބޭނުން ކުރަން ޖެހެނީ ދުވާލަކު ގުޅައެއްގެ މަގުން 3-6 މަސް ދުވަހުއެވެ. ޙޗޣ ބޭނުން ކުރަން ޖެހެނީ ހަފުތާއަކު 2-3 އިންޖެކުޝަންގެ މަގުން 6 މަސްދުވަހުއެވެ.

މިބޭސްތައް މިއަށްވުރެ ގިނަ ދުވަހު ބޭނުން ކުރުމަކީ ދަރިން ލިބުމުގެ ފުރުޞަތު އިތުރުވާ ކަމެއް ނޫނެވެ. ވީމާ ތިންމަސް ދުވަސްވަންދެން ބޭސް ބޭނުން ކުރުމާއި އެކުވެސް އަނބިމީހާ ބަލިވެ ނުއިންނަނަމަ ބޭސް ނަގާ މިންވަރު އިތުރު ކުރުމަށް ޑޮކުޓަރު އިރުޝާދު ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އެހެން ފަރުވާއަކަށް ބަދަލު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހޯމޯން އުފައްދާ މިންވަރު ރަނގަޅުވަމުން ދާނަމަ 6 މަސް ދުވަސްވަންދެން ކުރިންވެސް ބޭނުން ކުރަމުން ދިޔަ ގޮތަށް ބޭސް ބޭނުން ކުރެވިދާނެއެވެ.

ކާމިޔާބުވާ މިންވަރު.

މިބޭސްތައް ބޭނުން ކުރުމަކީ ދަރިންލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމެއް ނޫނެވެ. ނަމަވެސް ފުރުޞަތު އިތުރުކޮށްދޭނެއެވެ. އެއީ މަދުން ދަރިފަނި އުފެދޭ މީހންގެ އެކަން ވަރަށް ބޮޑުތަން ރަނގަޅުކޮށް ދޭނެއެވެ. ވުމާއެކު ގާތްގަޑަކަށް ދެބައިކުޅަ އެއްބައިވަރު މީހުންނަށް ދަރިން ލިބެއެވެ.

އަރިމަތީ އަސަރުތައް( side effects)

މިބޭސްތައް ބޭނުން ކުރާ ފިރިހެނުން ނަށް ތިރީގައި އެވާ ކަންތައްތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

1- ވަގުތީގޮތުން ލޯ އަނދިރިވުން

2- އުރަމަތި ބޮޑުވުން.

3- އުރަމަތީގައި ރިއްސުން.

4- ފަލަވުން

5- ޗަސްމެޔަށް ގެއްލުންވުން (ހަމައެކަނި clomiphene ބޭނުން ކުރާމީހުންނަށް)

Comments