ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ގިނަދުވަހަށް ޖެހިފައި ހުންނަ ކޮންކޮން ބަލިތަކެއްގެ ސަބަބުން ދަރިން ލިބުމުގެ ފުރުޞަތު ކުޑަވަނީ؟ އަދި އެއީ ކީއްވެ؟

ގިނަދުވަހަށް ޖެހިފައި ހުންނަ ކޮންކޮން ބަލިތަކެއްގެ ސަބަބުން ދަރިން ލިބުމުގެ ފުރުޞަތު ކުޑަވަނީ؟ އަދި އެއީ ކީއްވެ؟

kon-kon-bayyei-128އާއްމުގޮތެއްގައި ގިނަދުވަހަށް ޖެހިފައި ހުންނަ ބަލިތަކަކީ އެބަލިތަކުގެ ސަބަބުން ނުތަނަވަސްކަން ގެނެސްދޭ ބަލިތަކެކެވެ. ހާއްސަކޮށް އެބައްޔެއްގެ ސަބަބުން އަނަރޫފަވާ ނުވަތަ ހަށިގަނޑު ހިކޭފަދަ ބަލިތަކެވެ. މިފަދަ ބަލިތަކުގެ ސަބަބުން އަންހެނާގެ އޯވަރީގައި ބިސް އުފެދުމަށް ހުރަސް އަޅައެވެ. މިސާލަކަށް ތައިރޮއިޑު ގުލޭންޑަށް ޖެހޭ ގްރޭވްސް ބަލި ހަށިމޯޓޯ ތައިރޮއިޑައިޓިސް ފަދަ ބަލިތަކަކީ ބިސް އުފެދުން ހުއްޓުވާ ބަލިތަކެކެވެ.

 ހަމައެފަދައިން ގުރުދާއަށާއި ޗަސްމެޔަށް ގިނަދުވަހު ބަލި ޖެހިފައި ހުރުމަކީ ބަލިވެއިނުމުގެ ފުރުޞަތު ކުޑަކުރާކަމެކެވެ. އެއީ މިފަދަ ބަލިތަކުގެ ސަބަބުން ޕިޓުއިޓަރީ ގުލޭންޑުގެ ވަޒީފާއަށް ހުރަސް އަޅާތީއެވެ.

މިބަލިތަކުގެ ސަބަބުން ދަރިން ލިބުމުގެ ފުރުޞަތު ކުޑަކުރާފަދައިން މިފަދަ ބަލިތަކަށް ދެވޭ ބައެއް ބޭހަކީވެސް ބަލިވެ އިނުމަށް ހުރަސް އަޅާ ބޭސް ތަކެކެވެ. އަދި ކެންސަރަށް ފަރުވާ ކުރުމަށްޓަކައި ދެވޭ ކެމިކަލް ފެރުވާ (Chemotherapy) ފަދަ ކަންކަމުންވެސް ބަލިވެ އިނުމުގެ ފުރުޞަތު ކުޑަ ކުރެއެވެ. ވީމާ ދަރިޔަކު ބޭނުން ކޮންމެ ދެމަފިރިޔަކު ޑޮކުޓަރަށް ދައްކައި މަޝްވަރާ ކުރަން ޖެހޭނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.