ހޯމަ20201012

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ފިރިހެނުންގެ އުމުރާއި ދަރިން ހޯދުމާއި ހުރިގުޅުން

ފިރިހެނުންގެ އުމުރާއި ދަރިން ހޯދުމާއި ހުރިގުޅުން

-dharin-hoadhumaa-huri-gulhun-117ފިރިހެނުން އުމުރުން ގިނަ ދުވަސް ވުމަކީ ދަރިން ލިބުމަށް ހުރަސް އަޅާ ކަމެއްތަ؟

ވަރަށް ގިނަ މީހުން ހީކުރާ ގޮތުގައި ފިރިހެނުން ކިތައްމެ ދުވަސް ވިޔަސް ދަރިން ލިބޭނެއެވެ. އުމުރުން ދުވަސް ވީމައި ދަރިން ނުލިބޭނީ ހަމައެކަނި އަންހެނުން ކަމަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ.ވަކިވަރަކަށްވުރެ އުމުރުން ދޮށި ވުމުން އަންހެނުންނަށް ދަރިން ނިލިބޭފަދައިން ފިރިހެނުންނަށް ވެސް ވަކި އުމުރަކަށް ދިއުމުން ދަރިން ނުލިބެއެވެ. އަންހެނުން ފަދައިން އުމުރުން މައްޗަށް ދާވަރަކަށް ފިރިހެނުން ނަށް ވެސް ދަރިން ލިބުމުގެ ފުރުޞަތު ކުޑަވަމުން ދެއެވެ.

ދަރިން ހޯދުމުގައި ފިރިހެނުންގެ އުމުރާއި އަންހެނުންގެ އުމުރާއި ހުރި ތަފާތަކީ ކޮބާ؟

ދަރިންހޯދުމުގައި އަންހެނުންގެ އުމުރާއި ފިރިހެނުންގެ އުމުރު ވަރަށް ތަފާތެވެ. އަންހެނުން ވަކި އުމުރަކަށް ދިއުމުން (އިއްދައިން ކެޑުމުން) އަންހެން ހޯމޯން ހަށިގަނޑުން ކުއްލިއަކަށް ދައްކޮށްލައެވެ. އަދި ބިސް އުފެއްދުން މުޅިން ހުއްޓާލައެވެ. އަދި ދެން ދުވަހަކުވެސް ޠަބީޢީ ގޮތުން އެ ހޯމޯންގެ މިންވަރު މައްޗަކަށް ނުދެއެވެ. އަދި ބިސްވެސް ދުވަހަކުވެސް ނުއުފައްދާނެއެވެ. ވުމާއެކު އެއުމުރަށް ދިއުމުން އަންހެނުންނަށް ދަރިންނެއް ނުލިބޭނެއެވެ.

ފިރިހެނުންގެ ފިރިހެން ހޯމޯން ވެސް އުމުރާއެކު ދައްވަމުން ދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުން އުމުރުން 25 އަހަރު ވުމަށް ފަހު ފިރިހެން ހޯމޯން ހުންނަވަރު ދައްވަމުން ދާން ފަށައެވެ. ނަމަވެސް އަންހެނުންނާ ހިލާފަށް ފިރިހެނުންގެ މި ހޯމޯން ދަށަށް ދަނީ ވަރަށް ލަސް ލަހުންނެވެ. އަދި އަންހެނުންގެ ބިސް އުފެއްދުން އެއްކޮށް ހުއްޓާލާހެން ފިރިހެނުންގެ ހަށިގަނޑުގައި ދަރިފަނި އުފެއްދުން އެއްކޮށެ ހުއްޓައެއް ނުލައެވެ.

ދަރިން ހޯދުމުގައި ފިރިހެނުންގެ އުމުރާއި އަންހެނުންގެ އުމުރާއި ހުރި ގުޅުމަކީ ކޮބާ؟

އުމުރުން ދުވަސްވަމުންދާ ވަރަކަށް އަންހެނުންގެ ހަށިގަނޑުގައި ބިސް މަދުވަމުން ދެއެވެ. ލޭގައި ދައުރުވާ އަންހެން ހޯމޯންގެ މިންވެރު ދަށަށް ދެއެވެ. ދަރިން ލިބުމުގެ ފުރުޞަތު ކުޑަވަމުން ދެއެވެ. އަދި ލިބޭ ދަރިންނަށް ވިރާސީ ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވަމުން ދެއެވެ.

ހަމައެފަދައިން ފިރިހެނުންވެސް އުމުރުން ދުވަސް ވަމުންދާ ވަރަކަށް ލޭގައި ދައުރުވާ ފިރިހެން ހޯމޯން ވެސް ދަށްވަމުން ދެއެވެ. ދަރިން ލިބުމުގެ ފުރުޞަތުވެއް ކުޑަވަމުން ދެއެވެ. އަދި ލިބޭ ދަރިންނަށް ވިރާސީ ބަލި ޖެހުމުގެ ފުރުޞަތު އިތުރުވަމުން ދެއެވެ.

ވީމާ ފިރިހެނުން މުޅިއުމުރަށް ދަރިފަނި އުފައްދަމުން ދިޔަކަމަށް ވިޔަސް ދުވަހެއް ދުވަހަކަށް އުފައްދާ ދަރިފަނީގެ ފެންވަރު ދަށަށް ދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 50 އަހަރުގެ ފިރިހެނުން 35 އަހަރުގެ ފިރިހެނުން ނަށްވުރެ ދަރިފަނި އުފައްދާ މިންވަރު %30 ދަށްވެއެވެ. އަދި އަނބިމީހާގެ ފަރުޖުގެތެރެއިން ލާފައި ފަލޯޕިއަން ޓިއުބަށް ކުރާ ސަތުރުގެ ބާރުމިން %37 ދަށަށް ދެއެވެ. އަދި ޠަބީޢީ ނޫން ސިފަތަކުގެ ދަރިފަނި އުފައްދާ މިންވަރު 5 ގުނަ މައްޗަށް ދެއެވެ. ދަރިފަނީގެ ސިފައަކީ ދަރިން ހޯދުމުގައި ވަރަށް މުހިންމު އެއްޗެކެވެ. ޠަބީޢީ ނޫން ސިފަތަކުގެ ދަރިފަނި އިތުރުވާ ވަރަކަށް ވިރާސީ ބަލި އުފުލާވަރު އިތުރުވާނެއެވެ.

އުމުރުން ދުވަސް ވުމަކީ ލިބޭ ދަރިންނަށް ވިރާސީ ބަލި ޖެހޭ ކަމެއްތަ؟

އުމުރުން މަތިވަމުންދާ ވަރަކަށް ލިބޭ ދަރިންނަށް ވިރާސީ ބަލި ޖެހުމުގެ ފުރުޞަތު މަތިވަމުން ދެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޑައުން ސިންޑްރޯމް (Down syndrom)، ޝިޒޯފްރެނިއާ (Schizophrenia) ފަދަ ވިރާސީ ބަލި ޖެހިފައި ތިބޭ ގިނަ ކުދިންނަކީ ބައްޕަގެ އުމުރު މަތި ކުދިންނެވެ.

ޖުމުލަކޮށް ދެމަފިރިންގެ އުމުރު 35 އަހަރަށްވުރެ މަތިވުމަކީ ވިރާސީ ކުދިން ލިބުމުގެ ފުރުޞަތު ވަރަސް ބޮޑުވާ ކަމެކެވެ. އަދި ދަމަފިރިންގެ އުމުރު 39 އަހަރަށް ވުރެ މަތިނަމަ އަނބިމީހާ ބަލިވެ އިނުމުން އެމްނިއޯސިންތިސިސް (Amniocentesis) ހެދުމަކީ އެދެވިގެންވާ ކަމެކެވެ. ދަރިފުޅަށް ޑައުން ސިންޑްރޯމް ފަދަ ވިރާސީ ބައްޔެއް ޖެހިފައި ވޭތޯ ބެލުމަށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.