ބުދަ20180919

އާކުރެވުނީ: 08:43:52

ފިރިމީހާ ޑޮކުޓަރަށް ދެއްކުން

firimeeha-doctarai-dhekkun-75ދަރިން ލިބުން ލަސްވެގެން ނުވަތަ ދަރިއަކުހޯދަން ބޭނުން ވެގެން ޑޮކުޓަރަށް ދައްކާއިރު ހަމައެކަނި ދައްކަން ޖެހެނީ އަނބިމީހާ އެކަންޏެއް ނޫނެވެ. ފިރިމީހާވެސް ދައްކަން ޖެހެއެވެ. އެއީ ދަރިން ލިބުން ލަސްވާ ސަބަބަކީ ފިރިމީހާ ކަމުގައި ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ޑޮކުޓަރަށް ދާއިރު ކުރިން އެއްވެސް ބައްޔެއްގެ ސަބަބުން ޑޮކުޓަރަށް ދައްކާފައި ވާނަމަ ދީފައިވާ ބޭސް ސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ހިފައިގެން ދިއުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އެއީ ދެވަނަ ފަހަރަށް ކުރިންހަދައިފައިވާ ޓެސްޓެއް ނުހަދައި ފުއްދިދާނެތީއެވެ.

ޑޮކުޓަރަށް ދެއްކުމުން ވަރަށް ގިނަ ސުވާލުތައް ކުރާނެއެވެ. އެއީ ދަރިން ލިބުން ލަސްވާފަދަ ކަމެއް ހުރިތޯ ބެލުމަށް އަމާޒު ކުރެވިގެން ކުރާ ސުވާލުތަކެކެވެ. މިގޮތުން އާއްމުކޮށް ކުރާ ސުވާލުތަކާއި ސަބަބުތައް ތިރީގައި ހިމަނާލާނަމެވެ. ވީމާ ކުރިން ތައްޔާރުވެލައިގެން ނޫނީ ގަޑެއްގައި ޖަވާބުތައް ނޯޓު ކޮށްލައިގެން ދިއުމަކީ ވަރަށް ފަސޭހަވާނެ ކަމެކެވެ.

* ތައާރަފު

- ނަން:

- އުފަންދުވަސް:

- އަނބިމީހާގެ ނަން:

- އަނބިމީހާގެ އުފަންދުވަސް:

- ބަރުދަން:

- އިސްކޮޅު:

- މިހާރު އެއްވެސް ބޭހެއް ބޭނުން ކުރަމުންދާ ނަމަ ބޭނުން ކުރާ ބޭހާއި ސަބަބު:

* ސިއްހީ މައުލޫމާތު.

- އުފަންވިއިރު ދެއޮށް އިނީ ތިރިއަށް ރަނގަޅަށް ފައިބައިފާތަ؟

(ގިނަދުވަހު ދެއޮށް ނުވަތަ އެއްއޮށް ނަމަވެސް ނުފައިބައި ހުރުމަކީ ދަރިފަނި އުފެއްދުމުގެ ބާރު ގެއްލިގެންދާ ކަމެކެވެ. ނުވަތަ ދައްކުރާ ކަމެކެވެ.)

- ފާއިތުވި ހައެއްކަ މަސްދުވަހުގަ ތެރޭގައި އެއްވެސް ބައްޔެއްގެ ސަބަބުން ވަރަށް ބޮޑަށް ހުންއައިތަ؟

(ވަކިވަރަކަށް ހުންއައުމަކީ ދަރިފަނި އުފެއްދުމުގެ ބާރު ވަގުތިގޮތުން ކުޑަކުރާ ކަމެކެވެ.)

- މިއިން ދުވަހެއްގައި ދެއޮށް ނުވަތަ އެއްއޮށް ދުޅަވިތަ؟ ނޫނީ ރިއްސިތަ؟ ނޫނީ އަނިޔާއެއްވިތަ؟

(މިކަންތަކަކީ ދަރިފަނީގެ ފެންވަރު ނުވަތަ ކޮލިޓީ ވަގުތީގޮތުން ދައްކުރާ ކަންތައްތަކެކެވެ.)

- އެއްވެސް އިރެއްގައި ދެއޮށުންކުރެ އޮށެއްގައި ގަޑެއް ނުވަތަ ފެންފޮޅެއްލިތަ؟

(މިއީ ގިނަފަހަރު އޮޕަރޭޝަންކޮށްގެން ރަނގަޅު ކުރެވޭ ކަންތައްތަކެވެ. މިހިސާބުގައި ކުރެވޭ ބައެއް އޮޕަރޭޝަންތަކަކީ ރަނގަޅަށް ނުކުރެވިއްޖެނަމަ ދަރިން ލިބމުގެ ފުރުޞަތު ލަސްކުރާ ކަންތަކެކެވެ.)

- އުނަގަނޑުގެ އެއްވެސް އެކްސްރޭ އެއް ނެގިންތަ؟

( އެކްސްރޭ ނެގުމަށް ބޭނުން ކުރާ ރޭޑިއޭޝަނަކީ ދަރިފަނި އުފެއްދުމަށް އަސަރުކުރާ އެއްޗެކެވެ.)

- ކުޑަކަމުދާ ނިޒާމުގައި ދުވަސްވީ ބައްޔެއް ނުވަތަ އިންފެކުޝަނެއް ހުރޭތަ؟ - ކުޑަކަމުދާ އެއްޗެތި ފުސްކުލައަކަށް ހުރޭތަ؟ - ކުޑަކަމުދާއިރު ގިނިއަރާކަހަލަ ރިއްސުމެއް ރިއްސާތަ؟

( ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ގައިންގަޔަށް އަރާ ބައެއް ބަލިތަކަކީ އަނބިމީހާއަށް ޖެހިދާނެ ބަލިތަކެކެވެ. އަދި މިކަމުގެ ސަބަބުން އަނބިމީހާގެ ފެލޯޕިއަންޓިއުބު ހަލާކު ވުމަކީ އެކަށީގެންވާ ކަމެކެވެ.

- އެއްވެސް އިރެއްގައި ކެންސަރަށް ފަރުވާ ކުރިންތަ؟

( ކެންސަރަށް ދެވޭ ގިނަފަރުވާތަކަކީ އެފަރުވާއެއްގެ ސަބަބުން ދަރިފަނި މަރުވާ ފަރުވަ ތަކެކެވެ.

- ހަކުރުބަލި ފަދަ އެއްވެސް ބައްޔެއް ހުރޭތަ؟

(މިފަދަ ބައެއް ބަލިތަކަކީ ދަރިން ލިބުން ލަސްވުމާއި ގުޅުން ހުރި ބަލިތަކެވެ.)

- އެއްވެސް ބޭހެއްނަގަންތަ؟

(ސްޓިރޮއިޑް (Steroid) އަދި ލޭމައްޗަށްދާ މީހުންނަށް ދެވޭ ބައެއް ބޭސް ފަދަ ބޭސް ތަކަކީ ދަރިން ލިބުން ލަސްވުމާއި ގުޅުން ހުރި ބޭސް ތަކެކެވެ.)

- ކޯފުއްޕި ޖެހުނުތަ؟ ޖެހުނު ނަމަ ޖެހުނީ ކިތައް އަހަރުގައިތަ؟

( ބާލިޣުވާ އުމުރަށް ދިއުމަށްފަހު ކޯފުއްޕި ޖެހުމަކީ ދަރިފަނި އުފެދުން މަދުކޮށްފާނެ ސަބަބެކެވެ.)

* ޖިންސީގުޅުން ހިންގުމާއި ބެހޭ މައުލޫމަތު

- ޖިންސީގުޅުން ހންގުމުގެ ޒަރީއްޔާއިން ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ހުރިތޯ އެއްވެސް ޓެސްޓެއް ހެއްދިންތަ؟ އެއީ ކޮން ޓެސްޓެއް؟ އަދި ނަތީޖާއަކީ ކޮބާ؟

(ކްލެމީޑިއާ، ގޮނޯރިއާ ފަދަ ބަލިތަކަކީ އެއްބައިވެރިއެއްގެ ފަރާތުން އަނެއްބައިވެރިއަކަށް ވަރަށް ފަސޭހައިން އަރާ ބަލިތަކެކެވެ. އަދި މިއީ އަނބިމީހަގެ ފެލޯޕިއަން ޓިއުބު އަދި މިނޫން ވެސް އިތުރު ޖިންސީ ގުނަވަން ތަކަށް ނުރައްކާތެރި ގެއްލުން ލިއްބައިދޭ ބަލިތަކެކެވެ.)

- ޖިންސީ ގުނަވަންތަކުގެ އެއްވެސް އޮޕަރޭޝަނެއް ކުރިންތަ؟

( ވެސިކްޓޮމީ ފަދަ ޖިންސީ ގުނަވަންތަކުގައި ކުރާ ބައެއް އޮޕަރޭޝަން ތަކަކީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަ ކުރާ އޮޕަރޭޝަން ތަކެކެވެ.)

- ޒަކަރު ކޮޅުވުމަށް ނުވަތަ ކޮޅެވެފައި ހުރުމަށް އެއްވެސްކަހަލަ އުދަގުލެއް ދިމާވޭތަ؟

- މަނިބޭރުވުމުގައި އެއްވެސް މައްސަލައެއް ހުރޭތަ؟

- ޖިންސީގުޅުން ހިންގުމުގައި އެއްވެސް އުދަގުލެއް ދިމާވޭތަ؟ ހުންނަނަމަ އެއީ ކޮން އުދަގުލެއް؟

* އާއިލީ މައުލޫމާތު

- އާއިލާގެ އެއްވެސް މެންބަރަކަށް (މަންމަ، ބައްޕަ، ދައްތަ، ބޭބޭ އަދި ކޮއްކޮ) އައިބު ކުއްޖަކު ލިބުނުތަ؟ ނޫނީ ދުވަސް ނުފުރާ ކުއްޖަކު ވިހެއިތަ؟

( ވިރާސީ ބައެއް ބަލިތަކަކީ އެބަލި ޖެހިފައިވާ މީހަކަށް ދަރިން ނުލިބޭ ނޫނީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަ ބަލިތަކެކެވެ. ނޯޓް: ވިރާސީ ހުރިހާ ބަލިތަކަކީ ބޭރަށް އެނގެން ނުވަތަ ފެންނަން ހުންނަ ބަލިތަކެއް ނޫނެވެ.)

* ދިރިއުޅުމުގެ ވައްޓަފާޅިއާއި ބެހޭ މައުލޫމާތު

- ދުންފަތުގެ އިސްތިއުމާލު ކުރަންތަ؟

( ދުންފައތުގައި ހުންނަ މާއްދާއެއް ކަމުގައިވާ ނިކޮޓިން އަކީ ދަރިފަނި އުފެއްދުން މަދުކުރާ މާއްދާ އެކެވެ.)

- މަސްތުވާ ތަކެތި ބޭނުން ކުރަންތަ؟

(މަސްތުވާ ތަކެތި ބޭނުން ކުރުމަކީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަ ކުރާ ކަމެކެވެ.)

- ހޫނު ފެނުން ފެންވަރަންތަ؟

( ދެ އޮށަށް ވަކުވަރަކަށް ހޫނު ވުމަކީ ދަރިފަނި އުފެއްދުން ވަގުތީގޮތުން މަދު ކުރާ ކަމެކެވެ.)

- ގިނައިން ބައިސްކަލް ދުއްވަންތަ؟

( ގިނަ އިރު ބައިސްކަލް ދުއްވުމަކީ ޖިންސީ ގުނަވަންތަކަށް ބާރު ބޮޑުވެ ހޫނު ގަދަވާ ކަމެކެވެ. އަދި މިއީ ވަގުތީ ގޮތުން ދަރިފަނި އުފެއްދުން މަދު ކުރާ ކަމެކެވެ.)

- މަސައްކަތް ކުރާ މާހައުލަކީ ހޫނުގަދަ މާހައުލެއްތަ؟

* މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ކާއެއްޗެއް ނުކެވޭނަމަ ހަދާނީ ކިހިނެއް؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.