Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތައް.

އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތައް.

lasvaa-sababu-92ކުރިން ކުއްޖަކު ލިބިފައިވާ ދެމަފިރިއަކަށް އިތުރު ކުއްޖަކު ލިބުން ލަސްވެދާނެތަ؟

އާއެކެވެ. ކުރިން ދަރިޔަކު ލިބިފައިވާ މީހަކަށް ނުވަތަ ދެމަފިރިޔަކަށް އިތުރު ކުއްޖަކު ލިބުމުގައި މައްސަލަތަކަކާއި ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއީ ފުދޭވަރަކަށް ގިނަ ދެމަފިރިންނަށް ދިމާވާ މައްސަލައެކެވެ.

އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތަކަކީ ކޮބާ؟ އަދި އެކަންތަކަށް ފަރުވާ ކުރާނީ ކިހިނެއް؟

އިތުރު ކުއްޖަކު ލިބުން ލަސްވާ ސަބަބުތަކަކީ ހަމަ ފުރަތަމަ ފަހަރު ކުއްޖަކު ލިބުން ލަސްވުމަށް މެދުވެރިވާ ސަބަބުތައްވެސް މެއެވެ. ކޮންމެ ސަބަބެއް ކަމުގައި ވީނަމަވެސް އެއީ ކުރިންވެސް ހުރި ނަމަވެސް އިތުރަށް ގޯސްވަމުން އައި ސަބަބެސް ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ވިހެއުމުގެތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަމުގައިވެސް ވެދާނެއެވެ. ނޫނީ އުމުރާއި ގުޅުން ހުރި ކަމަކަށް ވެސް ވެދާނެއެވެ. ދަރިން ލިބުން ލަސްވާ ސަބަބުތަކަކީ ފުރަތަމަ ފަހަރަށް ނަމަވެސް އަދި ދެވަނަފަހަރަށް ނަމަވެސް އެއީ އެއް ސަބަބު ތަކެކެވެ. އަދި ފަރުވާާ ކުރަނިވެސް ހަމަ އެއްގޮތަކަށެވެ.

Comments