ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ޑޮކުޓަރުން ބުނަނީ ކީކޭ؟

ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ޑޮކުޓަރުން ބުނަނީ ކީކޭ؟

vaki-jinsege-40* ވަކިޖިންސެއްގެ ކުއްޖެއް ހޯދިދާނެތަ؟

* ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވަކި ޖިންސެއްގެ ކުއްޖަކު ހޯދުން.

* ރަހިމުގައި ދަރި އިންދުމުގެ ކުރިން ދަރިފުޅުގެ ޖީންތަކުގެ ހާލަތު ބަލައި ދެނެގަތުން.

* މައިކްރޯސޯރޓް

* އެރިކްސަން

* ވަކިޖިންސެއްގެ ކުއްޖަކު ހޯދުމަށް ގޭގައި ކުރެވިދާނެ ކަންތައް.

* ޝަޓަލްސް މެތަޑް

* ވިލަން މެތަޑް

ވަކިޖިންސެއްގެ ކުއްޖެއް ހޯދިދާނެތަ؟

އާއެކެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވަކި ޖިންސެއްގެ ކުއްޖަކު ހޯދިދާނެއެވެ. އަދި ބަލިވެއިންނަތަނުން ދަރިފުޅުގެ ޖިންސުވެސް ބެލިބާނެއެވެ. މިކަމުގައި ތަފާތު ވަސީލަތްތައް ބޭނުންކުރެވެއެވެ. އެކި ވަސީލަތްތަކުންދޭ ޔަގީންކަން ތަފާތެވެ.

ވަކި ޖިންސެއްގެ ކުއްޖަކު ހޯދުމަށް ބޭނުން ކުރެވޭ އެންމެ ޔަގީންކަން ބޮޑު ވަސީލަތްތަކަކީ އެންމެ އަގުވެސް ބޮޑު ވަސީލަތްތަކެވެ. މިފަދަ ބައެއް ވަސީލަތްތަކުގެ އަގު އެތައް ހާސް ޑޮލަރަކަށް އަރައެވެ. އަދި މިފަދަ ގިނަ ވަސީލަތް ތަކަކީ އަދި ދުނިޔޭގެ ވަރަށް މަދު ގައުމަކުން ނޫނީ ލިބެން ނުހުންނަ ހިދުމަތްތަކެކެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވަކި ޖިންސެއްގެ ކުއްޖަކު ހޯދުން.

ރަހިމަށް އާލަތެއް ބޭނުން ކޮށްގެން ދަރިފަނި އެޅުމާއި ރަހިމުން ބޭރުގައި ދަރިފުޅު މުޑުވަށް ކުރުމަކީ ދަރިން ލިބުން ލަސްވާ މީހުންނަށް ފަރުވާ ކުރުމުގައި ބޭނުން ކުރެވޭ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރެއިން ދެ ވަސީލަތެކެވެ. މިވަސީލަތްތައް ބޭނުން ކުރުމުގެ ކުރިން ދަރިން ހޯދުމަށް ޑޮކްޓަރީބޭސް ދެވެއެވެ. އެއީ އޯވަރީގައި ބޮޑުކޮށް ފުރިހަމަކުރާ ބިސް ގިނަ ކުރުމަށްޓަކައެވެ. ޠަބީޢީ ގޮތުން އަންހެނުންގެ އޯވަރީގައި އުފައްދަނީ މަހަކު އެންމެ ބިހެކެވެ. ނަމަވެސް ބޭސްދިނުމުން މަހަކު އެތައްބިހެއް ބޮޑުކޮށް ފުރިހަމަކުރެއެވެ.

އާލަތެއް ބޭނުން ކޮށްގެން ރަހިމަށް ދަރިފަނި އަޅާއިރު ފިރިމީހާގެ ދަރިފަނިތައް ޖަމާ ކުރުމަށްފަހު އާލަތެއް ބޭނުން ކޮށްގެން ސީދާ ރަހިމަށް ދަރިފަނިތައް ފޮނުވާލައެވެ. ރަހިމުން ބޭރުގައި ދަރިފަނި މުޑުވަށް ކުރާއިރު އަނބިމީހާ ހޭނެއްތުމަށްފަހު އޯވަރީން ބިސްތައް ނަގައި ޓެސްޓު ޓިއުބެއްގައި ދަރިފަންޏާއި ބިސްތައް ގުޅުވައެވެ. ދެތިން ދުވަހަށްފަހު އެބިސްތައް މުޑުވަށްވެ ދަރި އުފެދެން ފަށައެވެ. ދެން އުފެދެން ފަށައިފައިވާ ދަރި އަލުން ރަހިމުގައި އިންދަނީއެވެ. މިގޮތުން އިންދުމުގެ ކުރިން ދަރިފުޅުގެ ޖިންސުބެލިދާނެއެވެ. އަދި އުފެދެން ފަށައިފައިވާ ދަރިންގެ ތެރެއިން ވަކި ޖިންސެއްގެ ކުދިން ރަހިމުގައި އިންދިދާނެއެވެ.

ރަހިމުގައި ދަރި އިންދުމުގެ ކުރިން ދަރިފުޅުގެ ޖީންތަކުގެ ހާލަތު ބަލައި ދެނެގަތުން.

މިއީ ރަހިމުން ބޭރުގައި ބިސް މުޑުވަށް ކުރުމަށްފަހު ރަހިމުގައި އުފެދެންފަށައިފައިވާ ދަރިފުޅު އިންދުމުގެ ކުރިން ދަރިފުޅުގެ ޖީންތަކާއި ޖިންސު ބެލުމަށް ކުރެވޭ ކަމެކެވެ.

މިކަންތައް އެންމެ ފުރަތަމަ ކުރެވެން ފެށީ 1989 ވަނައަހަރުއެވެ. މިކަންތައް އެންމެ ފުރަތަމަ ކުރެވެން ފެށީ އުފެދެންފަށައިފައިވާ ދަރިފުޅު ރަހިމުގައި އިންދުމުގެ ކުރިން ދަރިފުޅުގެ ޖީންތަކުގައި ނުވަތަ އުފެދުމުގައި ނުރައްކާތެރި ނުވަތަ ދަރިފުޅު ޠަބީޢީ ކޮށް އުޅުމަށް ހުރަސް އަޅާފަދަ ބައްޔެއް ހުރިތޯ ބަލައި ދެނެގަތުމަށެވެ. އަދި މިހާރުވެސް މިކަން ކުރެވެމުން އަންނަ މައިގަޑު ސަބަބަކީ މިއީއެވެ. ނަމަވެސް މީގެ އިތުރުން މިހާރު ވަކި ޖިންސެއްގެ ކުއްޖަކު ހޯދުމަށްވެސް މިވަސީލަތް ވަނީ ބޭނުން ކުރެވެން ފަށާފައެވެ. ބޭނުންވާ ޖިންސެއްގެ ކުއްޖެއް ހޯދުމަށް މިވަސީލަތުން %100 ޔަގީންކަން ދެއެވެ. ނަމަވެއް މިއީ އަގުބޮޑު އަދި ވަރަށް މަދު ތަނެއްގައި ނޫނީ ލިބެން ނުހުންނަ ހިދުމަތެކެވެ.

މައިކްރޯސޯރޓް

މިއީ އަންހެން ދަރިފަންޏާއި ފިރިހެން ދަރިފަނި ވަކި ތަފާތުކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. މިވަސީލަތުގައި ބޮޑު އަންހެން ދަރިފަންޏާއި ކުޑަ ފިރިހެން ދަރިފަނި ވަކިކުރުމަށް ފްލޮރިޒެންޓް ކުލައެއް ބޭނުން ކުރެވެއެވެ. މިކުލަ ބޭނުން ކުރުމުން ބޮޑު އަންހެން ދަރިފަނީގެ ތެރެއަށް ވަންނަ ކުލަ ކުޑަ ފިރިހެން ދަރިފަނީގެ ތެރެއަށް ވަންނަ ކުލައަށްވުރެ އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ދަރިފަނި ފެންނާނި ފިރިހެން ދަރިފަންޏަށްވުރެ އަލިގަދަކޮށެވެ.

ދެން ބޭނުންވާ ޖިންސެއްގެ ދަރިފަނި އާލަތެއް ބޭނުން ކޮށްގެން ރަހިމުގެ ތެރެއަށް ފޮނުވާލަނީއެވެ. ނަމަވެސް މިއީ ބޭނުންވާ ޖިންސެއްގެ ކުއްޖަކު ހޯދުމަށް %100 ޔަގީންކަން ދޭވަސީލަތެއް ނޫނެވެ. ބޭނުންވަނީ އަންހެން ކުއްޖަކު ނަމަ %90 ޔަގީންކަން ދެއެވެ. ބޭނުންވަނީ ފިރިހެން ކުއްޖަކު ނަމަ %74 ޔަގީންކަން ދެއެވެ.

އެރިކްސަން

މިއީ ބާރަށްދަތުރުކުރާ ފިރިހެން ދަރިފަންޏާއި މަދުން ދަތުރު ކުރާ އަންހެން ދަރިފަނި ވަކިކުރުމަށް ބޭނުން ކުރާ ވަސީލަތެކެވެ. އަދި ދަރިފަނި ދަތުރު ކުރާ ބާރުމިނަށްބަލައި ދެޖިންސުގެ ދަރިފަނި ވަކިކޮށް ބޭނުންވާ ޖިންސެއްގެ ދަރިފަނި އާލަތެއް ބޭނުން ކޮށްގެން ރަހިމަށް ފޮނުވައިލަނީއެވެ.

މިވަސީލަތް ބޭނުން ކުރުމުން ބޭނުންވަނީ ފިރިހެން ކުއްޖެއްނަމަ %78-%85 ޔަގީންކަން ދެއެވެ. އަދި ބޭނުންވަނީ އަންހެން ކުއްޖެއްނަމަ %73-%75 ޔަގީންކަން ދެއެވެ.

މިއީ 70ގެ އަހަރުތަކުން ފެށިގެން ބޭނުން ކުރެވެމުންދާ ވަސީލަތެކެވެ. ދެޖިންސުގެ ދަރިފަނި ވަކި ހާއްސަ ދިޔާއެއްޗެއް އަޅާފައި ހުންނަ ޓެސްޓުޓިއުބަކަށް ދަރިފަނިތައް އަޅުމަށްފަހު ދަރިފަނީގެ ހަރަކާތްތައް ބަލަމުންދަނީއެވެ. އާއްމުގޮތެއްގައި ދެޖިންސުގެ ދަރިފަނިތައްވެސް ދާނީ ޓެސްޓުޓިއުބުގެ ތިރިއަށެވެ. ނަމަވެސް ފިރިހެން ދަރިފަނި ދުވާލެއް އަވަސްވުމުން ފުރަތަމަ ތިރިއަށްދާނީ ފިރިހެން ދަރިފަނިތަކެވެ. މިއީ ނިސްބަތުން ގެއްލުން ކުޑަ އަދި އަގުވެސް ހެއު އެހެނަސް ޔަގީންކަން ކުޑަ ވަސީލަތެކެވެ.

ވަކިޖިންސެއްގެ ކުއްޖަކު ހޯދުމަށް ގޭގައި ކުރެވިދާނެ ކަންތައް.

އިސްވެދިޔަ ވަސީލަތް ތަކަކީ ވަރަށް ޒަމާނީ ތެކްނޮލޮޖީ ބޭނުންވާ ވަރަސް މަދުތަނެއްގައި ނޫނީ ނުކުރެވޭ އަގު އެހާ ބޮޑު ވަސީލަތްތަކެކެވެ. ވުމާއެކު މިފަދަ ވަސީލަތްތަކުގެ ބޭނުން ކުރެވޭ މީހުންގެ އަދަދު ވަރަށް މަދެވެ. ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ގައުމުތަކުގައި މިއީ ހަމައެކަނީ ހަބަރެއްގެ ގޮތުގައި އަޑު އިވޭ ވާހަކަތަކެކެވެ.

ނަމަވެސް މިހާރު އިލްމީގޮތުން މިދާއިރާގައި ކުރެވިފައިވާ ބައެއް ތަޖުރިބަ ތަކަކީ އެންމެ އާދައިގެ ދެމަފިރިއަކަށްވެސް ބޭނުން ކުރެވިދާނެ ތަޖުރިބާ ތަކެކެވެ. ހަމއެކަނި ބޭނުންވަނީ އަނބިމީހާގެ ހަށިގަނޑުގެ ހޫނުމިން ބެލުން ނުވަތަ ބިސްބޭރުވާ ދުވަސް ބެލުން ފަދަ ކަންތަކެވެ. އަދި މިކަން ކަމަށް ބެލުމަށްފަހު ރޭކުރާ ވަގުތު ކަޑައެޅުމެވެ. ތިރީގައި އެވަނީ ބޭނުންވާ ވަކި ޖިންސެއްގެ ކުއްޖަކު ހޯދުމަށް ގޭގައިވެސް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ޝަޓަލްސް މެތަޑް

ފިރިހެން ދަރިފަނި އަންހެން ދަރިފަންޏަށްވުރެ ދުވެި ބާރެވެ. އެހެނަސް ފިރިހެން ދަރިފަނި އަންހެން ދަރިފަންޏަށްވުރެ އަވަހަށް މަރުވެސް ވެއެވެ. ވުމާއެކު ފިރިހެން ކުއްޖަކު ބޭނުންނަމަ ބިސް ފުރިހަމަވެ އޯވަރީން ބޭރުވާ ދުވަސް ބެލުމަށްފަހު އެދުވަހާ ވީހާވެސް ގާތްކޮށް ޖިންސީ ގުޅުން ހިންގާށެވެ. އަދި އަންހެން ކުއްޖަކު ބޭނުންނަމަ ބިސް އޯވަރީން ބޭރުވުމުގެ ދެތިން ހަތަރު ދުވަސް ކުރިން ޖިންސީ ގުޅުން ހިންގާށެވެ.

ވިލަން މެތަޑް

މިއީ އިސްވެ ދެންނެވުނު ޝަޓަލް މެތަޑާއި މާބޮޑު ތަފާތެއް ހުންނަ ވަސީލަތެއް ނޫނެވެ. މީގައި ބަލަނީ ބިހަށް އަންނަ އިލެކުޓްރިކު ނުވަތަ ކެމިކަލް ބަދަލަށެވެ. އެއީ ބިހާއި ގުޅޭނެ ދަރިފަނީގެ ޖިންސު ބިނާވަނީ މިގޮތުން ބިހަށް އަންނަ ބަދަލުގެ މައްޗަށެވެ. އާއްމުގޮތެއްގައި ފިރިހެން ދަރިފަނި ބިހާއި ގުޅޭނެ ގޮތަށް ބިހުގެ ކަރަންޓު ބަދަލުވަނީ މަސްސަރު ކަންތައް ދިމާވުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އަދި އަންހެން ދަރިފަނި ބިހާއި ގުޅޭން ފަސޭހަވާގޮތަށް ބިހުގެ ކަރަންޓަށް ބަދަލު އަންނަނީ ބިސް އޯވަރީން ނިކުންނަ ތަނާއެވެ. ވީމާ އަންހެން ކުއްޖަކު ބޭނުންނަމަ ބިސް އޯވަރީން ބޭރުވުމުގެ ދެތިިން ދުވަސް ކުރިން ޖިންސީ ގުޅުން ހިންގާށެވެ. އަދި ފިރިހެން ކުއްޖަކު ބޭނުންނަމަ މައްސަރުކަންތައް ދިމާވުމުގެ ހަފުތާއެއްހައި ދުވަސް ކުރިން ޖިންސީ ގުޅުން ހިންގާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.